ގާނޫނީ ރަދީފު
"ލިއޭޒަން އޮފިސަރު" ކަމުގައި ބުނެފައި އެވަނީ، ސްކޫލުތަކުގައި ކަނޑައަޅައިފައިވާ މަގާމަކަށެވެ.
"ލިމިޓެޑް ކޮމަން ޕްރޮޕަރޓީ" ކަމަށް ބުނެފައި އެވަނީ، އެއްމެދު އިމާރާތުގައި ހިމެނޭ ވަކިވަކި ޔުނިޓުތަކަށް ހާއްސަކުރެވޭ އާންމު ތަންތަނަށެވެ. އެ ތަންތަން ހިންގާ ބަލަހައްޓާނީ ، މެނޭޖްމަންޓް ކޯޕަރޭށަންގެބެލުމުގެ ދަށުން، އެ ތަނަކަށް ކަނޑައެޅިފައިވާ ޔުނިޓުތަކެއްގެ ވެރިފަރާތްތަކުންނެވެ.
"ލިމިޓް" ކަމަށް ބުނެފައި އެވަނީ، ނޭށަނަލް ޓެންޑަރުން ކުރިޔަށްގެންދާ އިމާރާތްކުރުމުގެ މަސައްކަތްތައް އެވޯޑް ކުރެވޭނެ އަދަދު ކަނޑައަޅާނެ ގޮތުގެ އުސޫލުގެ ދަށުން މަސައްކަތް އެވޯޑު ކުރުމުގައި އެންމެ ގިނަވެގެން ހަވާލުކުރެވޭނެ މިންވަރު ނުވަތަ އަދަދަށެވެ. މި މިންވަރު ނުވަތަ އަދަދުކަނޑައެޅޭނީ، ނޭށަނަލް ޓެންޑަރ ބޯޑުން އެވޯޑު ކޮށްފައިވާ (ނޭށަނަލް ޓެންޑަރުން ކުރިޔަށްގެންދާ އިމާރާތްކުރުމުގެ މަސައްކަތްތައް އެވޯޑް ކުރެވޭނެ އަދަދު ކަނޑައަޅާނެ ގޮތުގެ އުސޫލުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަސައްކަތްތައް ވެސް ހިމެނޭގޮތަށް) އެ އުސޫލުގެ 1 ވަނަ މާއްދާގައިވާ ދާއިރާތަކުގެ މަސައްކަތްތަކުގެ ތެރެއިން ނިމިފައިހުރި މަސައްކަތްތަކާއި، މަސައްކަތުގެ އެއްބަސްވުން އުވައިލެވިފައިވާ މަސައްކަތްތައް ނުހިމަނައެވެ.
"ލިފްޓް" ކަމަށް ބުނެފައި އެވަނީ، މުދަލާއެކު ނުވަތަ އެނޫން ގޮތަކަށް ނަމަވެސް، މީހުން އުފުލުމަށް (މައްޗަށް/ތިރިއަށް) ބޭނުންކުރެވޭ މެށިން ނުވަތަ އެއްޗަކަށެވެ.
"ލިސްޓަޑް އިވެންޓް" ކަމަށް ބުނެފައި އެވަނީ، ދިވެހި ރައްޔިތުންގެ ހާއްސަ ށައުގުވެރިކަން ހުރި ނުވަތަ ހުރެދާނެ ބައިނަލްއަގްވާމީ އިވެންޓްތަކާއި، އެފަދަ ކުޅިވަރު މުބާރާތްތަކާއި، ހަރާކާތްތަކަށެވެ.
"ލިސްޓަޑް އިވެންޓް" ކަމަށް ބުނެފައި އެވަނީ، ދިވެހި ރައްޔިތުންގެ ހާއްސަ ށައުގުވެރިކަމެއް ހުރި ނުވަތަ ހުރެދާނެ ބައިނަލްއަގްވާމީ އިވެންޓުތަކަށާއި ،އެފަދަ ކުޅިވަރު މުބާރާތްތަކަށާއި، ހަރަކާތްތަކަށެވެ.
"ލިސްޓިންގ ރޫލްސް" ކަމަށް ބުނެފައި އެވަނީ، ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީން ފާސްކޮށްފައިވާ ސްޓޮކް އެކްސްޗޭންޖުގެ ލިސްޓިންގ ރޫލްސްއަށެވެ.