-

ލިމިޓް (ކޮންސްޓްރަކްށަނާއި ގުޅޭ)

"ލިމިޓް" ކަމަށް ބުނެފައި އެވަނީ، ނޭށަނަލް ޓެންޑަރުން ކުރިޔަށްގެންދާ އިމާރާތްކުރުމުގެ މަސައްކަތްތައް އެވޯޑް ކުރެވޭނެ އަދަދު ކަނޑައަޅާނެ  ގޮތުގެ އުސޫލުގެ ދަށުން މަސައްކަތް އެވޯޑު ކުރުމުގައި އެންމެ ގިނަވެގެން ހަވާލުކުރެވޭނެ މިންވަރު ނުވަތަ އަދަދަށެވެ. މި މިންވަރު ނުވަތަ އަދަދުކަނޑައެޅޭނީ، ނޭށަނަލް ޓެންޑަރ ބޯޑުން އެވޯޑު ކޮށްފައިވާ (ނޭށަނަލް ޓެންޑަރުން ކުރިޔަށްގެންދާ އިމާރާތްކުރުމުގެ މަސައްކަތްތައް އެވޯޑް ކުރެވޭނެ އަދަދު ކަނޑައަޅާނެ  ގޮތުގެ އުސޫލުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަސައްކަތްތައް ވެސް ހިމެނޭގޮތަށް) އެ އުސޫލުގެ 1 ވަނަ މާއްދާގައިވާ ދާއިރާތަކުގެ މަސައްކަތްތަކުގެ ތެރެއިން ނިމިފައިހުރި މަސައްކަތްތަކާއި، މަސައްކަތުގެ އެއްބަސްވުން އުވައިލެވިފައިވާ މަސައްކަތްތައް ނުހިމަނައެވެ.