ގާނޫނީ ރަދީފު
"ވަގުތީ އަމުރު" ކަމަށް ބުނެފައި އެވަނީ، މަދަނީ މައްސަލަތައް ބެލުމުގެ އިހްތިސާސް ލިބިގެންވާ ކޯޓެއްގައި ބަލަމުންދާ މައްސަލައަކާ ގުޅިގެން، ނުވަތަ އެފަދަ ކޯޓަކަށް ހުށަހެޅިދާނެ މައްސަލައަކާ ގުޅިގެން، ރައްކާތެރިކަމުގެ ވަގުތީ ފިޔަވަޅެއް އަޅައިދިނުމަށް އެދި މައްސަލައިގެ ހަސްމަކު ނުވަތަ މައްސަލައިގައި މަސްލަހަތު އޮތް އެހެން ފަރާތަކުން ކޯޓުގައި އެދ ހާލަތުގައި ކޯޓުން ކުރާ ވަގުތީ އަމުރަށެވެ.
"ވަގުތީ މަރުކަޒުތައް ނުވަތަ އެފަދަ އެހެން މަރުކަޒުތައް" ކަމަށް ބުނެފައިއެވަނީ، ގެވެށި އަނިޔާގެ ޢަމަލުގެ ޝިކާރައަކަށް ވެފައިވާ މީހުންނާއި އެފަދަ ޢަމަލެއްގެ އަސަރު ކޮށްފައިވާ މީހުންނަށް ރައްކައުތެރިކަމާއި ސަލާމަތްތެރިކަން ހޯދައިދިނުމުގެގޮތުން، އެ މީހުންގެ ބޭނުންތަކަށް ރިޢާޔަތްކޮށް، ކަނޑައެޅޭ އުސޫލުތަކެއްގެ ދަށުން އެފަދަ މީހުން ތިބުމަށް ނުވަތަ ބޭތިއްބުމަށް ޤާއިމުކޮށްފައިވާ ވަގުތީ މަރުކަޒުތަކަށާއި، އެ މީހުން ތިބި ތަން ސިއްރުކުރާ ރައްކައުތެރި ގޯތިތަކަށާއި، އެނޫންވެސް އެފަދަ ޚިދުމަތްދޭ އެހެނިހެން މަރުކަޒުތަކަށެވެ.
"ވަގުތީ މުވައްޒަފުން" ކަމުގައި ބުނެފައި އެވަނީ، ދިވެހި ފުލުހުންގެ ހިދުމަތުގެ ދާއިމީ އާންމު މުވައްޒަފުންގެ ގޮތުގައި ނުހިމެނޭ، ވަކި މަސައްކަތެއް ނުވަތަ ވަކި މަށްރޫއެއް ހިންގުމަށް އެއްބަސްވުމެއްގެ ދަށުން ވަކި މުއްދަތަކަށް، އައްޔަނުކުރާ ވަގުތީ މުވައްޒަފުންނަށެވެ.
"ވަގުތީ މުދައްރިސުން" ކަމަށް ބުނެފައި އެވަނީ، އެއްވެސް ސަބަބަކާހުރެ ވަގުތީގޮތުން ސްކޫލެއްގައި ނުވަތަ ސްކޫލްތައް ފިޔަވައި ކިޔަވައިދޭ އެނޫން ތަނެއްގައި މުދައްރިސެއްގެ ވަޒީފާ އަދާކުރާ ފަރާތްތަކަށެވެ.
"ވަގުތީ ލައިސަންސް" ކަމަށް ބުނެފައި އެވަނީ، ދާއިމީ ލައިސަންސް ދޫކުރުމުގެ ކުރިން ދޫކުރެވޭ ކޮންމެ ލައިސަންސް އަކަށެވެ.
"ވަގުތީގޮތުން މަރުކަޒުން ދޫކުރުން" ކަމަށް ބުނެފައި އެވަނީ، ކުޑަކުދިންގެ ކަރެކްށަނަލް މަރުކަޒުތަކުގެ ގަވާއިދު (ގަވާއިދު ނަންބަރު 2025-64) ގެ 21 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި ވަގުތީގޮތުން ކުދިން މަރުކަޒުން ދޫކުރާ ދޫކުރުމަށެވެ.
"ވަގުތުން ފިޔަވަޅު އަޅަންޖެހޭ ޒާތުގެ މައްސަލަ" ކަމަށް ބުނެފައި އެވަނީ، މައްސަލަ ބެލުން ލަސްވެއްޖެނަމަ އިއާދަނުކުރެވޭވަރުގެ ގެއްލުމެއް ކުރިމަތިވެދާނެ ނުވަތަ މައްސަލަ ބެލުމުގެ މަގުސަދު ހާސިލުނުވެދާނެ ނުވަތަ ހެކި ނުލިބިދާނެކަމަށް ބެލެވޭ މައްސަލަތަކަށެވެ.