-

ވަގުތީ މަރުކަޒުތައް ނުވަތަ އެފަދަ އެހެން މަރުކަޒުތައް

"ވަގުތީ މަރުކަޒުތައް ނުވަތަ އެފަދަ އެހެން މަރުކަޒުތައް" ކަމަށް ބުނެފައިއެވަނީ، ގެވެށި އަނިޔާގެ ޢަމަލުގެ ޝިކާރައަކަށް ވެފައިވާ މީހުންނާއި އެފަދަ ޢަމަލެއްގެ އަސަރު ކޮށްފައިވާ މީހުންނަށް ރައްކައުތެރިކަމާއި ސަލާމަތްތެރިކަން ހޯދައިދިނުމުގެގޮތުން، އެ މީހުންގެ ބޭނުންތަކަށް ރިޢާޔަތްކޮށް، ކަނޑައެޅޭ އުސޫލުތަކެއްގެ ދަށުން އެފަދަ މީހުން ތިބުމަށް ނުވަތަ ބޭތިއްބުމަށް ޤާއިމުކޮށްފައިވާ ވަގުތީ މަރުކަޒުތަކަށާއި، އެ މީހުން ތިބި ތަން ސިއްރުކުރާ ރައްކައުތެރި ގޯތިތަކަށާއި، އެނޫންވެސް އެފަދަ ޚިދުމަތްދޭ އެހެނިހެން މަރުކަޒުތަކަށެވެ.