ގާނޫނީ ރަދީފު
"އިންޑިކެޓިވް މާޖިން" ކަމަށް ބުނެފައި އެވަނީ، ގުޅުންހުރި ފަރާތްތަކުގެ މެދުގައި ކުރެވޭ ލޯނުގެ މުއާމަލާތްތަކުގެ އިންޓްރެސްޓް ކަނޑައެޅުމުގައި ބޭނުންކުރުމަށް، މީރާގެ ވެބްސައިޓުގައި ށާއިއުކޮށްފައިވާ އިންޑިކެޓިވް މާޖިންއަށެވެ.
"އިންޑިކޭޓިވް އެސެސްމަންޓް" ކަމަށް ބުނެފައި އެވަނީ، މީހަކު މަސްތުވާތަކެއްޗަށް ދެވިހިފާފައިވޭތޯ ބަލައި، ދެވިހިފާފައިވާނަމަ، އޭނާގެ ގައިގައި އެކަން އަށަގެންފައިވާ ނިސްބަތް ދެނެގަނެ، އެކަމަށް ބިނާކޮށް އޭނާއަށް ދޭންޖެހޭ ފަރުވާ ކަނޑައެޅުމުގެ ގޮތުން ޑްރަގް ކޯޓުގެ އެންގުމަށް ހަދާ އެސެސްމަންޓަށެވެ.
"އިންޑިވިޖުއަލް ލައިސަންސް" ކަމަށް ބުނެފައި އެވަނީ، ކަނޑައެޅޭ ވަކި މީހަކަށް، ކަނޑައަޅާފައިވާ ވަކި ހަރަކާތެއް ހިންގުމަށް ދޫކުރެވޭ އިންޑިވިޖުއަލް ލައިސަންސަކަށެވެ. މިގޮތުން ދޫކުރެވޭ ލައިސަންސްގައި ވަކި ހަރަކާތެއް ހިންގުމަށް ކަނޑައަޅާ ށަރުތުތަކެއް ހިމެނިދާނެއެވެ. އަދި ވަކި ގޮތަކަށް ކަނޑައެޅެންދެން، މީގެ ތެރޭގައި "ކެރިއަރ ލައިސަންސް" އާއި "ސަރވިސް ޕްރޮވައިޑަރ ލައިސަންސް" ވެސް ހިމެނެއެވެ.
"އިންޑިޕެންޑެންޓް ވެލުއަރ" ކަމަށް ބުނެފައި އެވަނީ؛
- ވެލުއޭށަންގެ ހިދުމަތްދޭ ފަރާތުގެ ނުވަތަ އެ ފަރާތުގެ އެއްވެސް ޕާޓްނަރަކީ ނުވަތަ މެޖޯރިޓީ ހިއްސާދާރަކީ ނުވަތަ ޑިރެކްޓަރަކީ، ވެލުއޭށަންގެ ހިދުމަތް ލިބިގަންނަ ސެކިއުރިޓީޒް ދޫކުރާ ކުންފުނީގެ ޑިރެކްޓަރެއް ކަމުގައި ނުވާ ނުވަތަ މުވައްޒަފެއް ކަމުގައި ނުވާ ފަރާތަށެވެ.
- ސެކިއުރިޓީޒް ދޫކުރާ ކުންފުނީގެ މެޓީރިއަލް މާލީ މަސްލަހަތެއް، ވެލުއޭށަން ހިދުމަތް ފޯރުކޮށްދޭ ފަރމްގައި ނެތް ފަރާތަށެވެ.
"އިންޑިޕެންޑެންޓް ޑިރެކްޓަރ" ކަމަށް ބުނެފައި އެވަނީ، އޮތޯރިޓީން ފާސްކޮށްފައިވާ ކޯޕަރޭޓް ގަވަރނަންސް ކޯޑުގައި ކަނޑައަޅައިފައިވާ މާނައިގައެވެ.
"އިންޑެމްނިޓީ" ކަމަށް ބުނެފައި އެވަނީ، ގެއްލުމުގެ ބަދަލު ދިނުމަށް ނުވަތަ ދެފަރާތެއްގެ ދެމެދު ކުރެވިފައިވާ އެއްބަސްވުމެއްގެ ސަބަބުން ދެފަރާތުންކުރެ ފަރާތަކަށް ލިބިދާނެ ގެއްލުމަކަށް ބަދަލު ދިނުމަށް އެއްބަސްވެ، އެއްފަރާތުން އަނެއް ފަރާތަށް ދީފައިވާ ގެރެންޓީއެއް ނުވަތަ ޔަގީންކަމަކަށެވެ.
"އިންޑެމްނިޓީ" ކަމަށް ބުނެފައި އެވަނީ، ގެއްލުމުގެ ބަދަލު ދިނުމަށް ނުވަތަ ދެފަރާތެއްގެ ދެމެދުގައި ވެފައިވާ އެއްބަސްވުމެއްގެ ސަބަބުން ދެފަރާތުންކުރެ ފަރާތަކަށް ލިބިދާނެ ގެއްލުމަކަށް ބަދަލު ދިނުމަށް އެއްބަސްވެ، އެއް ފަރާތުން އަނެއް ފަރާތަށް ދީފައިވާ ގެރެންޓީއަކަށް ނުވަތަ ޔަގީންކަމަކަށެވެ.
"އިންޒާރުގެ ނޯޓިސް" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ ދަށުން ދުންފަތުގެ ބާވަތްތަކުގެ ބޭރުގައި ނުވަތަ ދުންފަތުގެ ބާވަތްތައް ވިއްކާ ތަންތަނުގައި ހުރުން ލާޒިމުކުރ،ާ ސިއްހަތުގެ އިންޒާރުގެ އިބާރާތް ނުވަތަ ކުރެހުން ނުވަތަ ނިށާން ނުވަތަ ފޮޓޯ ނުވަތަ ކުލައަށެވެ.