ގާނޫނީ ރަދީފު
"" ކަމަށް ބުނެފައި އެވަނީ، މީހަކު ބުނާ ބަހަކުން ނުވަތަ ކުރާ އަމަލަކުންވިޔަސް އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕަކަށް ތާއީދު އޮތްކަން ދެއްކުމުގެ ގޮތުން އެއްވެސް އަމަލެއް ކުރުމަށެވެ.
"އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއް" ކަމަށް ބުނެފައި އެވަނީ، ޖިނާއީ ބޮޑު ކުށެއް ނުވަތަ އެފަދަ އެއް ކުށަށްވުރެ ގިނަ ކުށް ކުރުމަށް، ނުވަތަ އެނޫންވެސް ޖިނާއީ ކުށް ކޮށްގެން ސީދާ ގޮތެއްގައިވިޔަސް ނުވަތަ ނުސީދާ ގޮތެއްގައިވިޔަސް މާލީ ނުވަތަ އެނޫންވެސް މާއްދީ މަންފާއެއް ހޯދުމަށް، ގުޅިގެން މަސައްކަތްކުރާ، ތިން މީހުން ނުވަތަ އެއަށްވުރެ ގިނަ މީހުންގެ މައްޗަށް އެކުލެވޭ އިންތިޒާމުވެފައިވާ ގްރޫޕަކަށެވެ. މި މާނައިގެ ތެރޭގައި، ގޭންގު، ކްރިމިނަލް އެންޓަޕްރައިސް، ކްރިމިނަލް ސިންޑިކޭޓް އަދި އެނޫންވެސް ގްރޫޕުތައް ހިމެނެއެވެ.
"އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއް ހިންގުން" ކަމަށް ބުނެފައި އެވަނީ، އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއް އުފެއްދުމާއި ހިންގުމާއި އެފަދަ ގްރޫޕަކަށް މީހުން ހޯދުމާއި އެފަދަ ގްރޫޕެއްގެ ހަރަކާތްތައް ހިންގުމާއި އެފަދަ ގްރޫޕުތަކަށް ފައިނޭންސްކުރުމާއި އެފަދަ ގްރޫޕުތަކަށް ނިސްބަތްވާ ފަރާތްތަކަށް އިރުށާދުދިނުމާއި އެންގުންތައް އެންގުން ހިމެނޭގޮތުން، އެފަދަ ގްރޫޕެއްގެ ހަރަކާތްތައް ހިންގުމުގައި އެއްވެސް މަސްއޫލިއްޔަތެއް އަދާކުރުމަށެވެ.
"އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއްގައި ބައިވެރިވުން" ކަމަށް ބުނެފައި އެވަނީ، އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއްގެ މެންބަރެއްގެ ގޮތުގައި އެ ގްރޫޕާ ގުޅުމަށް ނުވަތަ އެފަދަ ގްރޫޕެއްގެ މެންބަރެއްގެ ދައުރު އަދާކުރުމަށް ނުވަތަ އެފަދަ ގްރޫޕެއްގެ ހަރަކާތްތަކުގަ އި ބައިވެރިވުމަށެވެ.
"އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއްގެ ހަރަކާތް" ކަމަށް ބުނެފައި އެވަނީ، އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕަކުން ނުވަތަ އެފަދަ ގްރޫޕެއްގެ މެންބަރަކު ހިންގާ ނުވަތަ އިންތިޒާމުކުރާ ގާނޫނާ ހިލާފު ހަރަކާތަކަށެވެ.
"އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއްގެ ނިށާން" ކަމަށް ބުނެފައި އެވަނީ، އިންތިޒާމުވެފައިވާ ކުށްކުރާ ވަކި ގްރޫޕަކަށް ނިސްބަތްވާކަން ނުވަތަ އެއިން ގްރޫޕަކާ ގުޅިފައިވާކަން ނުވަތަ އެއިން ގްރޫޕަކަށް ތާއީދުކުރާކަން ދައްކުވައިދިނުމަށް ބޭނުންކުރާ، އަދި އެއިން ކަމެއް ރަމްޒުކޮށްދޭ ކޮންމެ ނިށާނަކަށެވެ. އޭގެ ތެރޭގައި ނަމާއި ކުރެހުމާއި ލިޔުމާއި ލޯގޯއާއި ސިއްކައާއި ށިއާރު ހިމެނެއެވެ.
"އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއްގެ ނިށާން ހާމަކޮށްގެންއުޅުން" ކަމަށް ބުނެފައި އެވަނީ، އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށް އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއްގެ ނިށާނެއް އާންމު ތަނެއްގައި ހާމަކުރާ ކުރުމަށެވެ.
(ހ) ހަށިގަނޑުގައި ނުވަތަ އަންނައުނުގައި ހަރުކޮށްގެން ނުވަތަ އެއިން ތަނެއްގައި ނުވަތަ އެއްޗެއްގައި އެނޫންވެސް ގޮތަކަށް ހާމަކޮށްގެން؛ ނުވަތަ
(ށ) އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއްގެ މެންބަރުން އެއްވާ ނުވަތަ ހަރަކާތްތެރިވާ ތަންތަނުގައި ނުވަތަ އެއިން މެންބަރަކު ދުއްވާ އުޅަނދެއްގައި ނުވަތަ އެއިން މެންބަރަކު ބޭނުންކުރާ އެއްވެސް އެއްޗެއްގައި ހަރުކޮށްގެން ނުވަތަ އެނޫންވެސް ގޮތަކަށް ހާމަކޮށްގެން.
"އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއްގެ މެންބަރެއް" ކަމަށް ބުނެފައި އެވަނީ، އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއްގައި ވަކި މަގާމެއް ނުވަތަ މަސްއޫލިއްޔަތެއް ކަނޑައެޅިފައިވާ ކޮންމެ މީހަކާއި އެފަދަ މަގާމެއް ނުވަތަ މަސްއޫލިއްޔަތެއް ކަނޑައެޅިފައިނުވިނަމަވެސް އެފަދަ ގްރޫޕެއްގެ މެންބަރެއްގެ ދައުރު އަދާކުރާ ނުވަތަ އެފަދަ ގްރޫޕަކަށް ނިސްބަތްވާ ކޮންމެ މީހަކަށެވެ.
"އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއްގެ މެންބަރެއް ކަމަށް ދެއްކުން" ކަމަށް ބުނެފައި އެވަނީ، މީހަކު ބުނާ ބަހަކުން ނުވަތަ ކުރާ އަމަލަކުން ނުވަތަ ހާމަކުރާ އިބާރާތަކުން ނުވަތަ އެނޫންވެސް ގޮތަކަށް އެމީހަކީ އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއްގެ މެންބަރެއްކަން ދެއްކުމަށެވެ. އޭގެ ތެރޭގައި އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއްގެ ނިށާން ހާމަކޮށްގެންއުޅުން ހިމެނެއެވެ.
"އިންތިޒާމުވެފައިވާ ގްރޫޕެއް" ކަމަށް ބުނެފައި އެވަނީ، ހަމައެކަނި ވަކި ކުށެއް ކުރުމަށް އެހިނދަށް އެކުވާ ބަޔަކު ކަމުގައިނުވާ، އެއް ފަހަރަށްވުރެ ގިނަ ފަހަރު އިންތިޒާމުވެގެން، ޖިނާއީ ކުށް ކުރުމަށް ގުޅިގެން މަސައްކަތްކުރާ ގްރޫޕަކަށެވެ.
"އިންތިޒާމުވެގެން ކުރާ ބޮޑެތި ކުށް" ކަމަށް ބުނެފައި އެވަނީ، އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕަކުން ކުރާ، އަންނަނިވި ކުށްތަކުގެ ތެރެއިން ކުށަކަށެވެ.
- މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށް؛
- މީހުން ޓްރެފިކްކުރުމުގެ ކުށް؛
- ދިވެހިރާއްޖެއަށް ގެނައުން މަނާ ތަކެތިން ވިޔަފާރިކުރުމުގެ ކުށް؛
- އަގުހުރި އެއްޗެހި ނަކަލުކޮށް އަސްލުގެ ގޮތުގައި ދެއްކުމުގެ ކުށް؛
- ނުރައްކާތެރި ކުށް؛
- އަނިޔާވެރި ކުށްތަކުގެ ތެރެއިން ކުށުގެ އަދަބުގެ ގޮތުގައި 10 (ދިހައެއް) އަހަރު ދުވަހުގެ މުއްދަތަށްވުރެ ދިގު މުއްދަތަކަށް ޖަލުގައި ބަންދުކުރުމުގެ އަދަބު ކަނޑައެޅިފައިވާ އެންމެހައި ކުށްތައް.