ގާނޫނީ ރަދީފު
"އިންމާރސެޓް ޓާރމިނަލް އޮޕަރޭޓިންގ ލައިސަންސް" ކަމުގައި ބުނެފައި އެވަނީ، އިންމާރސެޓް ސެޓްލައިޓް ހިިދުމަތް ބޭނުންކުރުމަށް ދެވޭ ހުއްދައަށެވެ.
"އިންފާރު" ކަމަށް ބުނެފައި އެވަނީ، ސްޓްރާޓާ ޕްލޭނެއްގައި ހިމެނޭ، އަންނަނިވި އިންތައް ވަކިކުރާ ފާރަށެވެ.
(ހ) ޔުނިޓެއްގެ ވެރިފަރާތަށް ހައްގު އޮންނަ އެ ޔުނިޓުގެ ބައި ކަނޑައަޅާ އިން؛
(ށ) އެއް ޔުނިޓާއި އަނެއް ޔުނިޓު ވަކިކުރާ އިން؛
(ނ) ޔުނިޓުތަކާއި އާންމު ތަންތަން ވަކިކުރާ އިން.
"އިންފޮމޭށަން ކޮމިށަނަރު" ކަމަށް ބުނެފައި އެ ވަނީ، ގާނޫނު ނަންބަރު 1/2014 (މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު) ގެ ދަށުން އައްޔަންކުރާ އިންފޮމޭށަން ކޮމިށަނަރަށެވެ. ނުވަތަ އޭނާގެ މަސްއޫލިއްޔަތު ހަވާލުކުރާ މުއައްސަސާ ނުވަތަ ފަރާތަށެވެ.
"އިންފޮމޭށަން ކޮމިށަނަރު" ކަމަށް ބުނެފައި އެ ވަނީ، ގާނޫނު ނަންބަރު 2014-01 (މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު) ގެ ދަށުން އައްޔަންކުރާ އިންފޮމޭށަން ކޮމިށަނަރަށެވެ. ނުވަތަ އޭނާގެ މަސްއޫލިއްޔަތު ހަވާލުކުރާ މުއައްސަސާ ނުވަތަ ފަރާތަށެވެ.
"އިންފޮމޭށަން އޮފިސަރު" ކަމަށް ބުނެފައިއެވަނީ، ދައުލަތުގެ އެކި އިދާރާތަކުގައި ވަޒީފާ އަދާކުރާ ވެރީން ފެންވަރުގެ މަގާމުތައް ނޫން މަގާމުތަކުގައި ތިބޭ މުވައްޒަފުންގެ ތެރެއިން މައުލޫމާތު ހޯދައިލިބިގަތުމުގެ ހައްގުގެ ގަވާއިދު (ގަވާއިދު ނަންބަރު 5/2016) ގެ 36 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެ މަތީން އެ މަސްއޫލިއްޔަތުތައް ދައުލަތުގެ އެއިދާރާއެއްގެ ފެންވަރުގައި އަދާކުރާން ދައުލަތުގެ އެ އިދާރާއެއްގެ އިސްވެރިޔާ ހަވާލުކުރާ، އެ އިދާރާގެ މުވައްޒަފަށެވެ. ނުވަތަ މުވައްޒަފުންނަށެވެ.
"އިންފޮމޭށަން އޮފިސަރު" ކަމަށް ބުނެފައިއެވަނީ، ދައުލަތުގެ އެކި އިދާރާތަކުގައި ވަޒީފާ އަދާކުރާ ވެރީން ފެންވަރުގެ މަގާމުތައް ނޫން މަގާމުތަކުގައި ތިބޭ މުވައްޒިފުންގެ ތެރެއިން މި ގަވާއިދުގެ 36 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެ މަތީން އެ މަސްއޫލިއްޔަތުތައް އަދާކުރާން ދައުލަތުގެ އެ އިދާރާއެއްގެ އިސްވެރިޔާ ހަވާލުކުރާ، އެ އިދާރާގެ މުވައްޒިފަށެވެ. ނުވަތަ މުވައްޒިފުންނަށެވެ.
"އިންފޮމޭށަން ސިސްޓަމް" ކަމަށް ބުނެފައި އެވަނީ، ޑޭޓާ މެސެޖު ޖެނެރޭޓްކުރުމަށް، ނުވަތަ ފޮނުވުމަށް، ނުވަތަ ލިބުމަށް، ނުވަތަ ރައްކާކުރުމަށް، ނުވަތަ ޕްރޮސެސްކުރުމަށް ބޭނުންކުރާ ސިސްޓަމަށެވެ.
"އިންފޯކޮމިއުނިކޭށަން" ކަމަށް ބުނެފައި އެވަނީ، އިންފޮމޭށަން ޓެކްނޮލޮޖީއާއި ޓެލެކޮމިއުނިކޭށަންގެ ވަސީލަތްތައް ބޭނުންކޮށްގެން ހިިދުމަތްތައް ފޯރުވައިދެވޭ ތަފާތު ޓެކްނޮލޮޖީތަކަށާއި ހިިދުމަތްތަކަށެވެ.
"އިންފޯމޭށަން މެމޮރެންޑަމް" ކަމަށް ބުނެފައި އެވަނީ، ސުކޫކްއާ ބެހޭ މައުލޫމާތު ހާމަކުރުމަށް ނެރޭ ބަޔާނެވެ. ނުވަތަ ސުކޫކް ދޫކުރުމަށް ހަދާ ޕްރޮޕޯޒަލް ނުވަތަ ޕްރޮސްޕެކްޓަސްއަށެވެ.