ގާނޫނީ ރަދީފު
"އިންށުއަރެންސް" ކަމަށް ބުނެފައި އެވަނީ އިންށުއަރެންސް ޕްރީމިއަމް ލިބޭގޮތަށް އަދި އިންށުއަރެންސް ޕްރީމިއަމްއިންނާއި އިންށުއަރެންސް ވިޔަފާރިން ލިބޭ އާމްދަނީ އިންވެސްޓް ކުރުމުގެ މަސައްކަތާއެކު ލައިފް އިންށުއަރެންސް އާއި ޖެނެރަލް އިންށުއަރެންސް ގެ ވިޔަފާރި ހިންގުމަށެވެ.
"އިންށުއަރެންސް ބްރޯކަރ" ކަމަށް ބުނެފައި އެވަނީ، ޕޮލިސީހޯލްޑަރ ނުވަތަ އިންށުއަރެންސް ޕޮލިސީ ނެގުމަށް އެދޭ ފަރާތުގެ ފަރާތުން، އިންށުއަރެންސް ޕޮލިސީ ނެގުމާއި އިންށުއަރެންސް ޕޮލިސީއާ ގުޅިގެން ދޭންޖެހޭ އެހެނިހެން ހިދުމަތްތައް ދިނުމުގެ ވިޔަފާރި ހިންގާ ފަރާތަކަށެވެ.
"އިންށުއަރެންސް ކުންފުނި" ކަމުގައި ބުނެފައި އެވަނީ، ދިވެހިރާއްޖޭގައި އިންށުއަރެންސް ވިޔަފާރިކުރުމަށް އޮތޯރިޓީން ދޫކުރާ ލައިސަންސް ލިބިފައިވާ ކުންފުންޏަކަށެވެ.
"އިންށުއަރެންސް ކުންފުނި" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ ދަށުން އިންށުއަރެންސް ވިޔަފާރިކުރުމަށް ދޫކުރާ ލައިސަންސް ލިބިފައިވާ ފަރާތަކަށެވެ.
"އިންށުއަރެންސް އިންޓަރމީޑިއަރީ" ކަމަށް ބުނެފައި އެވަނީ، އިންށުއަރެންސް އޭޖެންޓުންނާއި އިންށުއަރެންސް ބްރޯކަރުންނަށެވެ.
"އިންށުއަރެންސް އޭޖެންޓު" ކަމަށް ބުނެފައި އެވަނީ، އިންށުއަރެންސް ކުންފުންޏެއްގެ ފަރާތުން، އިންށުއަރެންސް ޕޮލިސީ ވިއްކުމާއި އިންށުއަރެންސް ކޮންޓްރެކްޓްތައް ހެދުމާއި އެ ކޮންޓްރެކްޓްތަކަށް ބަދަލުގެނައުމާއި އެ ކޮންޓްރެކްޓް އުވާލުމާއި އިންށުއަރެންސް މުއާމަލާތްތައް ހިންގުމުގެ ވިޔަފާރިކުރާ ނުވަތަ ސޮލިސިޓްކުރާ ފަރާތަކަށެވެ.
"އިންށުއަރެންސް ވިޔަފާރި" ކަމަށް ބުނެފައި އެވަނީ، ދެފަރާތުން އެއްބަސްވެފައިވާ އިންށުއަރެންސް ކޮންޓްރެކްޓްގައި ކަނޑައަޅާފައިވާ ވަކި ކަމެއް ހިނގައިފިނަމަ އެކަމެއްގެ ސަބަބުން ގެއްލުމެއް ލިބުމުން، އެ ގެއްލުމުގެ ބަދަލުދިނުމުގެ ޒިންމާ އުފުލުން ހިމެނޭގޮތުން، ގެއްލުމަށް ބަދަލުދިނުމަށް އެއްބަސްވެފައިވާ އިންށުއަރެންސް ކޮންޓްރެކްޓްގެ ދަށުން، ގެއްލުމުގެ ބަދަލުދިނުމުގެ ޒިންމާ އުފުލުމުގެ ވިޔަފާރިއަށެވެ. މި މާނައިގައި ރީއިންށުއަރެންސް ވިޔަފާރިއާއި ތަކާފުލް ވިޔަފާރިއާއި ރީތަކާފުލް ވިޔަފާރި ހިމެނޭނެއެވެ.
"އިންށުއަރެންސް ޕޮލިސީ" ކަމަށް ބުނެފައި އެވަނީ، އިންށުއަރެންސް ކޮންޓްރެކްޓަށެވެ. މީގެ ތެރޭގައި ތަކާފުލް ސެޓްފިކެޓް ހިމެނޭނެއެވެ.
"އިންކޯޓަރމްސް" ކަމަށް ބަޔާންކޮށްފައި އެވަނީ، އެއްތަނުން އަނެއްތަނަށް މުދާ އުފުލުމުގައި ހިދުމަތް ދޭ ފަރާތާއި ހިދުމަތް ލިބިގަންނަ ފަރާތުގެ ޒިންމާތައް ކަނޑައަޅާ "އިންޓަރނޭށަނަލް ޗެމްބަރ އޮފް ކޮމާރސް" އިން ށާއިއުކުރާ އުސޫލުތަކަށެވެ.
"އިންވެންޓްރީ ލިސްޓު" ކަމަށް ބުނެފައި އެވަނީ، ލީސް އެއްބަސްވުމާ އެއްގޮތަށް މިނިސްޓްރީއަށް ހުށަހަޅައި، މިނިސްޓްރީން ޗެކުކޮށް ސޮއިކޮށްފައިވާ، އަދި ކުއްޔަށް ހިފައިގެން އުޅުނު ފަރާތުން އަދާހަމަކުރަމުން ގެންގޮސްފައިވާ، ތަނުގައި ހިންގަމުންދިޔަ ވިޔަފާރީގެ ހިދުމަތް ދިނުމާ ސީދާ ގުޅުންހުރި، އުފުލޭ މުދަލަށާއި ނޫފުލޭ މުދަލުގެ ލިސްޓަށެވެ.
"އިންވެންޓްރީގައި ނުހިމެނޭ މުދާ" ކަމަށް ބުނެފައި ވަނީ، ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ތަނުގައި ހިންގި ވިޔަފާރީގެ ހިދުމަތް ދިނުމާ ސީދާ ގުޅުމެއް ނެތް، އަދި ލީސް އެއްބަސްވުމުގެ ދަށުން ތައްޔާރުކުރާ އިންވެންޓްރީ ލިސްޓުގައި ނުހިމެނޭ މުދަލަށެވެ.