ގާނޫނީ ރަދީފު
"މަނީ ލޯންޑްރިންގގެ ކުށާ ގުޅިފައިވާ ކުށް" ކަމަށް ބުނެފައިއެވަނީ، މި ގާނޫނުގައި ކުށް ކޮށްގެން ހޯދާ މުދާ ކަމުގައި ބަޔާންކޮށްފައިވާ މުދަލެއް ކުށް ކުރާ ފަރާތަށް ލިބިގަނެވިދާނެ އަންނަނިވި ކުށްތަކުގެ ތެރެއިން ކުށަކަށެވެ. އޭގެ ތެރޭގައި ދިވެހިރާއްޖެއިން ބޭރުގައި ކުރާ ކުށްތައްވެސް ހިމެނެއެވެ. އެހެންނަމަވެސް، ދިވެހިރާއްޖެއިން ބޭރުގައި ހިނގާ ކުށަކީ މަނީ ލޯންޑްރިންގގެ ކުށާ ގުޅިފައިވާ ކުށެއް ކަމުގައި މި ގާނޫނުގެ ބޭނުމަށްޓަކައި ބެލޭނީ، އެ އަމަލަކީ، އެ އަމަލު ހިންގި ގައުމުގެ ގާނޫނުގެ ދަށުން ކުށެއް ކަމުގައި ބެލެވޭ އަމަލެއް ކަމުގައިވުމުގެ އިތުރުން، އެއީ އެ އަމަލު ދިވެހިރާއްޖޭގައި ހިނގައިފިނަމަ ދިވެހިރާއްޖޭގެ ގާނޫނުގެ ދަށުންވެސް ކުށެއް ކަމުގައި ބެލެވޭ އަމަލެއް ކަމުގައިވާނަމައެވެ.
(ހ) ޓެރަރިޒަމްގެ ކުށް؛
(ށ) ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ ކުށް؛
(ނ) މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށް؛
(ރ) މީހުން ޓްރެފިކްކުރުމުގެ ކުށް؛
(ބ) ހަތިޔާރު ޓްރެފިކްކުރުމުގެ ކުށް؛
(ޅ) ކޮއިން ނުވަތަ ނޫޓު ކައުންޓަރފީޓްކުރުމުގެ ކުށް؛
(ކ) އިންސައިޑަރ ޓްރޭޑިންގގެ ކުށް؛
(އ) ކޮރަޕްށަންގެ ކުށް؛
(ވ) އޯގަނައިޒްޑް ކްރިމިނަލް ގްރޫޕްތައް މެދުވެރިކޮށް ހިންގޭ އެންމެހައި ކުށް؛
(މ) މި މާއްދާގެ (ހ) އިން ފެށިގެން (ވ) ގެ ނިޔަލަށް ހުރި އަކުރުތަކުގައި ބަޔާންކޮށްފައިވާ ކުށްތަކުގެ އިތުރުން، ޖިނާއީ ބޮޑު ކުށެއް ކަމުގައި އެހެން ގާނޫނެއްގައި ކަނޑައަޅާފައިވާ ކޮންމެ ކުށެއް.
(ފ) މި މާއްދާގެ (ހ) އިން ފެށިގެން (މ) ގެ ނިޔަލަށް ހުރި އަކުރުތަކުގައި ބަޔާންކޮށްފައިވާ ކުށްތަކުގެ ތެރެއިން ކުށެއް ކުރުމުގައި ބައިވެރިވުމުގެ ކުށް ނުވަތަ އެއިން ކުށެއް ކުރުމުގައި އެހީތެރިވެދިނުމުގެ ކުށް.
"މަންފާ" ކަމަށް ބުނެފައި އެވަނީ، ހަދިޔާއަކަށް ނުވަތަ އަގެއް އަދާކުރުމަކުން، ނުވަތަ ފައިސާގެ އަގެއް އެކުލެވިގެން ވިޔަސް އަދި ނުވިޔަސް، މާއްދީ ނުވަތަ އައިރު މާއްދީ ކޮންމެ ބަދަލަކަށެވެ.
"މަންފާ" ކަމަށް ބުނެފައި އެވަނީ، ކޮރަޕްށަންގެ އަމަލަކާ ގުޅޭގޮތުން ނުވަތަ ކޮރަޕްށަންގެ ކުށަކާ ގުޅޭގޮތުން، ހޯދައިގަނެވޭ، ނުވަތަ ބަލައިގަނެވޭ، ނުވަތަ ދިނުމަށް ހުށަހަޅާ ނުވަތަ ދޭ ނުވަތަ ދިނުމަށް ބުނާ ނުވަތަ އަމުރުކުރާ، ނުވަތަ ބަލައިގަންނަ ނުވަތަ ބަލައިގަތުމަށް އެދޭ ނުވަތަ ބަލައިގަތުމަށް ހުށަހަޅާ ނުވަތަ ބަލައިގަތުމަށް އެއްބަސްވާ، އަންނަނިވި ކަންކަމުގެ ތެރެއިން ކަމަކަށް، ނުވަތަ އެއްޗެހީގެ ތެރެއިން އެއްޗަކަށެވެ.
- ހަދިޔާ؛
- ލޯނު؛
- ފީ؛
- އުޖޫރަ؛
- ޑިސްކައުންޓް؛
- ކޮމިށަން؛
- ފައިސާ ނުވަތަ ފައިސާއިން އަގުކުރެވޭ މުދާ؛
- ފައިސާއަކާ ގުޅޭގޮތުން ނުވަތަ މުދަލަކާ ގުޅޭގޮތުން އުފައްދައިދޭ ހައްގު ނުވަތަ މަސްލަހަތު؛
- ހުއްދަ އާމްދަނީ ފިޔަވައި އެހެން އެއްވެސް އެއްޗެއް؛
- މަގާމެއް ނުވަތަ ވަޒީފާއެއް ނުވަތަ ކޮންޓްރެކްޓެއް؛
- ތަނަކަށް އުފުލަންޖެހޭ މުދަލެއް އުފުލައިދިނުން؛
- ތަނަކަށް ދައްކަންޖެހޭ މާލީ ޒިންމާއަކުން ބަރީއަކޮށްދިނުން؛
- ދަރަނީގެ ޒިންމާއެއް ނިމުމަކަށް ގެނެސްދިނުން؛
- ލޯނެއް އަދާކޮށްދިނުން؛
- ތިމާ އަދާކުރަންޖެހޭ ވާޖިބެއް އަދާކޮށްދިނުން؛
- ތިމާ އަދާކުރަންޖެހޭ ދަރަންޏެއް އަދާކޮށްދިނުން ނުވަތަ އެއިން ބައެއް އަދާކޮށްދިނުން؛
- ތިމާ ހޯދާ މުދަލަކަށް ނުވަތަ ހިދުމަތަކަށް ދައްކަންޖެހޭ އަގު ނޫން ކުޑަ އަގެއް ދައްކަންޖެހުން؛
- ބޭނުންކުރެވެން އޮތް ހައްގެއް ބޭނުންނުކޮށް ދޫކޮށްލުން؛
- ބޭނުންކުރެވެން އޮތް ބާރެއް ބޭނުންނުކޮށް ދޫކޮށްލުން؛
- އެނޫންވެސް މަންފާ، ނުވަތަ ހިދުމަތް ނުވަތަ އެހީ.

(1) ހަދިޔާ؛ (2) ލޯނު؛ (3) ފީ؛ (4). އުޖޫރަ؛ (5) ޑިސްކައުންޓް؛ (6) ކޮމިށަން؛ (7) ފައިސާ ނުވަތަ ފައިސާއިން އަގުކުރެވޭ މުދާ؛ (8) ފައިސާއަކާ ގުޅޭގޮތުން ނުވަތަ މުދަލަކާ ގުޅޭގޮތުން އުފައްދައިދޭ ހައްގު ނުވަތަ މަސްލަހަތު؛ (9) ހުއްދަ އާމްދަނީ ފިޔަވައި އެހެން އެއްވެސް އެއްޗެއް؛ (10) މަގާމެއް ނުވަތަ ވަޒީފާއެއް ނުވަތަ ކޮންޓްރެކްޓެއް؛ (11) ތަނަކަށް އުފުލަންޖެހޭ މުދަލެއް އުފުލައިދިނުން؛ (12) ތަނަކަށް ދައްކަންޖެހޭ މާލީ ޒިންމާއަކުން ބަރީއަކޮށްދިނުން؛ (13) ދަރަނީގެ ޒިންމާއެއް ނިމުމަކަށް ގެނެސްދިނުން؛ (14) ލޯނެއް އަދާކޮށްދިނުން؛ (15) ތިމާ އަދާކުރަންޖެހޭ ވާޖިބެއް އަދާކޮށްދިނުން؛ (16) ތިމާ އަދާކުރަންޖެހޭ ދަރަންޏެއް އަދާކޮށްދިނުން ނުވަތަ އެއިން ބައެއް އަދާކޮށްދިނުން؛ (17) ތިމާ ހޯދާ މުދަލަކަށް ނުވަތަ ހިދުމަތަކަށް ދައްކަންޖެހޭ އަގު ނޫން ކުޑަ އަގެއް ދައްކަންޖެހުން؛ (18) ބޭނުންކުރެވެން އޮތް ހައްގެއް ބޭނުންނުކޮށް ދޫކޮށްލުން؛ (19) ބޭނުންކުރެވެން އޮތް ބާރެއް ބޭނުންނުކޮށް ދޫކޮށްލުން؛ 20 އެނޫންވެސް މަންފާ، ނުވަތަ ހިދުމަތް ނުވަތަ އެހީ.
"މަންފާ" ކަމަށް ބުނެފައި އެވަނީ، އެ މީހަކު ނުވަތަ އެ ފަރާތަކުން އަދާކުރަންޖެހޭ ފައިސާއެއް ނުވަތަ މާލީ އިލްތިޒާމެއް ނުވަތަ މާލީ ކަމަކާ ގުޅޭ އިލްތިޒާމަކާ ގުޅިގެން ހޯދައިދެވޭ މާލީ ފައިދާއަށެވެ.
"މަރު ރަޖިސްޓަރީކުރުން" ނުވަތަ "މަރުވުން ރަޖިސްޓަރީކުރުން" ކަމަށް ބުނެފައި އެވަނީ، މީހަކު މަރުވުމާ ގުޅިގެން، އެ މީހާގެ މަރު ސާބިތުކުރުމަށްފަހު އެ މީހާގެ މަރުގެ މައުލޫމާތު މި ގާނޫނުގެ ފަސްވަނަ ބާބުގައިވާ ގޮތުގެމަތިން ރިކޯޑުކުރުމަށެވެ.
"މަރު ސާބިތުކުރިކަމުގެ ލިޔުން" ކަމަށް ބުނެފައި އެވަނީ،ދިވެހިރާއްޖޭގައި މީހަކު މަރުވުމުން، އެ މީހާ މަރުވި ގޮތާއި ސަބަބު ބަޔާންކޮށް ކަމާބެހޭ ސިއްހީ ހިދުމަތްދޭ މަރުކަޒަކުން ދޫކުރާ ލިޔުމަށެވެ.
"މަރުކަޒީ ބޭންކް" ކަމަށް ބުނެފައި އެވަނީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށެވެ.
"މަރުކަޒު" ކަމަށް ބުނެފައި އެވަނީ، މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތަކަށެވެ.
"މަރުކަޒު" ކަމަށް ބުނެފައި އެވަނީ، މަތީ ތައުލީމާއި ތަމްރީނު ދިނުމަށް މިނިސްޓްރީގައި ރަޖިސްޓަރީކޮށްގެން ހިންގާ، ބޭރު ފަރާތަކުން ދިވެހިރާއްޖޭގައި އަލަށް ހުޅުވާ އިންސްޓިޓިއުޓާއި، ބޭރު ގައުމެއްގައި ހިންގާ އިންސްޓިޓިއުޓެއްގެ ކެމްޕަހާއި، ބޭރު ގައުމެއްގައި ހިންގާ ކޮލެޖެއްގެ ކެމްޕަހާއި، ބޭރު ގައުމެއްގައި ހިންގާ ޔުނިވަރސިޓީއެއްގެ ކެމްޕަސްތަކަށެވެ.