ގާނޫނީ ރަދީފު
"ފެސިލިޓީ އެއްބަސްވުން" ކަމަށް ބުނެފައި އެވަނީ، ކެމިކަލް ހަތިޔާރާއި މި ހަތިޔާރުތައް އުފައްދާ ފެސިލިޓީތަކާއި އަދި މުއާހަދާގެ ދަށުން ހުއްދަކުރެވިފައިވާ ހަރަކާތްތަކާ ގުޅިގެން ވަކި ފެސިލިޓީއަކަށް ނިސްބަތްކޮށް އޮން ސައިޓް ވެރިފިކޭށަން ހެދުމަށް އޯގަނައިޒޭށަނާއި މުއާހަދާގައި ސޮއިކޮށްފައިވާ އެހެނިހެން ގައުމުތަކާއެކު ހެދިފައިވާ އެއްބަސްވުމަށެވެ.
"ފެސިލިޓީ އެޖެންޓް" ކަމަށް ބުނެފައި އެވަނީ، ސުކޫކް ދޫކުރުމާބެހޭ ކަންކަމުގައި ހަރަކާތްތެރިވުމަށް، ސުކޫކް ދޫކުރާ ފަރާތުން އައްޔަންކުރާ ފަރާތަކަށެވެ. ސުކޫކް ދޫކުރުމެއްގައި އެއް ފެސިލިޓީ އެޖެންޓަށްވުރެ ގިނަ ފަރާތްތަކެއް ވެސް ސުކޫކް ދޫކުރާ ފަރާތަށް އައްޔަން ކުރެވިދާނެއެވެ.
"ފެޑަރޭށަން" ކަމަށް ބުނެފައި އެވަނީ، ޔޫނިއަންތަކުގެ ތެރެއިން 5 (ފަހެއް) ޔޫނިއަން ނުވަތަ އެއަށްވުރެ ގިނަ ޔޫނިއަން ގުޅިގެން އުފައްދާ ފެޑަރޭށަންތަކަށެވެ.
"ފެޑަރޭށަން ސެންޓަރ" ކަމަށް ބުނެފައި އެވަނީ، މަސައްކަތްތެރީންގެ ޔޫނިއަންތަކުންނާއި ވަޒީފާދޭ ފަރާތްތަކުގެ ޔޫނިއަން އުފައްދާ ރަޖިސްޓަރީކޮށްފައިވާ ފެޑަރޭށަންތަކުގެ މައްޗަށް އެކުލެވޭ ސެންޓަރުތަކަށެވެ.
"ފޭރުން" ކަމަށް ބުނެފައި އެވަނީ އެހެން މީހެއްގެ މިލްކު އެއްޗެއް އެމީހާގެ ރުހުމާނުލައި ގަދަކަމުން އަތުލުމެވެ.
"ފޮށި" ނުވަތަ ފުޅި، ނުވަތަ ދަޅު ނުވަތަ ޕެކެޓް ކަމަށް ބުނެފައި އެވަނީ، ކެއުމަށް ނުވަތަ ބުއިމަށް ބޭނުންކުރާ ކޮންމެ އެއްޗެއް ބަންދު ކުރުމަށް އަޅާފައި ހުންނަ ކޮންމެ އެއްޗަކަށެވެ.
(ކ) "ފޮރިން ސަރވިސްއިން ބޭރު މުވައްޒަފުން" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 20/2021 ގެ 57 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން ވަޒީފާދޭ މުވައްޒަފުންނަށެވެ.
"ފޮރިން ސަރވިސްގެ މަގާމުތަކުގައި ވަޒީފާ އަދާކުރާ ފޮރިން ސަރވިސްއިން ބޭރު މުވައްޒަފުން" އަކީ، ގާނޫނު ނަންބަރު 2021-20 (ދިވެހިރާއްޖޭގެ ފޮރިން ސަރވިސް ގާނޫނު) ގެ 57 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެ މަތިން ވަޒީފާ ދޭ މުވައްޒަފުންނެވެ.
"ފޮރިން ސަރވިސްގެ މުވައްޒަފުން" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2021/20 (ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ގާނޫނު) ގެ 34 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފޮރިން ސަރވިސްގެ އެގްޒެކެޓިވް ސަރވިސް ސްޓާފުންނާއި ޖެނެރަލް ސަރވިސް ސްޓާފުންނަށެވެ.
"ފޮރިން ސަރވިސްގެ މުވައްޒަފުން" ކަމަށް ބުނެފައި އެވަނ،ީ ގާނޫނު ނަންބަރު 2021-20 (ދިވެހިރާއްޖޭގެ ފޮރިން ސަރވިސް ގާނޫނު) ގެ 34 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފޮރިން ސަރވިސްގެ އެގްޒެކެޓިވް ސަރވިސް ސްޓާފުންނާއި ޖެނެރަލް ސަރވިސް ސްޓާފުންނަށެވެ.
"ފޮރިން ސެކްރެޓަރީ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2021/20 (ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ގާނޫނު) ގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެ މަތިން ފޮރިން ސަރވިސްގެ އެންމެހައި ކަންކަން ދުވަހުން ދުވަހަށް ހިންގުމުގައި މިނިސްޓަރަށް އެހީތެރިވެދިނުމަށްޓަކައި އެ ގާނޫނުގެ 10 ވަނަ މާއްދާގެ ދަށުން އައްޔަނުކުރާ ފަރާތަށެވެ.