gaanoon_logo
-
ބޭބީ ނާސަރީއާއި ނާސަރީ
"ބޭބީ ނާސަރީއާއި ނާސަރީ" ކަމަށް ބުނެފައި އެވަނީ، ޕްރީސްކޫލް (LKG, UKG) ގެ ކުރިން ފުރިހަމަ ކުރާ ތައުލީމީ މަރުހަލާއަށެވެ.
ބޭބީ ނާސަރީއާއި ނާސަރީ

"ބޭބީ ނާސަރީއާއި ނާސަރީ" ކަމަށް ބުނެފައި އެވަނީ، ޕްރީސްކޫލު (އެލް.ކޭ.ޖީ. އާއި ޔޫ.ކޭ.ޖީ) ގެ ކުރިން ފުރިހަމަކުރާ ތައުލީމީ މަރުހަލާއަށެވެ.

ބޭބީ ނާސަރީއާއި ނާސަރީ

"ބޭބީ ނާސަރީއާއި ނާސަރީ" ކަމަށް ބުނެފައި އެވަނީ، ޕްރީސްކޫލް (UKG ,LKG) ގެ ކުރިން ފުރިހަމަ ކުރާ ތައުލީމީ މަރުހަލާއަށެވެ.

ބޭސިކް/އަސާސީ ތަފާސްހިސާބު
"ބޭސިކް/އަސާސީ ތަފާސްހިސާބު" އަކީ، ގައުމީ ފެންވަރުގައި އެކިދާއިރާތަކުން ސިޔާސަތު ކަނޑައެޅުމާއި ސިޔާސަތުތައް ތަންފީޒުކުރެވޭ މިންވަރު ދެނެގަތުމަށް ބޭނުންވާ އަދި ބައިނަލްއަގްވާމީ ފަރާތްތަކުން ބޭނުންވާ، އިގުތިސާދީ، އިޖުތިމާއީ، ތިމާވެށި އަދި އާބާދީއާބެހޭ ތަފާސްހިސާބެވެ.
ބޭސް
"ބޭސް" ކަމުގައި ބުނެފައިއެވަނީ، ބައްޔަކަށް ފަރުވާއެއްގެ ގޮތުގައި ޑޮކްޓަރީ އުސޫލުން ބޭނުންކުރެވޭ ކޮންމެ ބޭހަކަށެވެ.
ބޭސް
"ބޭސް" ކަމަށް ބުނެފައި އެވަނީ، ޑޮކްޓަރީ ބޭހާއި އޯލްޓަނޭޓިވް ބޭހެވެ. ޑޮކްޓަރީ ބޭސް ކަމުގައި ބުނެފައި އެވަނީ ބައްޔަކަށް ފަރުވާއެއްގެ ގޮތުގައި ޑޮކްޓަރީ އުސޫލުން ބޭނުންކުރެވޭ ކޮންމެ ބޭހަކާއި އޭގެ ބަލްކް ކެމިކަލްއެވެ. އޯލްޓަނޭޓިވް ބޭސް ކަމުގައި ބުނެފައި އެވަނީ އެ ޑިސިޕްލިނެއްގެ އުސޫލުތަކާ އެއްގޮތަށް ބައްޔަކަށް ފަރުވާއެއްގެ ގޮތުގައި ދެވޭ ކޮންމެ ބޭހެކެވެ.
ބޭސް ވިއްކާ ފަރާތް

"ބޭސް ވިއްކާ ފަރާތް" ކަމަށް ބުނެފައި އެވަނީ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ހުއްދައާއެކު ފާމަސީގައި ބޭސް ވިއްކުމަށް ތިބޭ ފަރާތްތަކަށެވެ.

ބޭސްކުރުމުގެ ހުއްދަ ލިބިފައިވާ ޑޮކްޓަރުން
"ބޭސްކުރުމުގެ ހުއްދަ ލިބިފައިވާ ޑޮކްޓަރުން" ކަމަށް ބުނެފައިއެވަނީ، ދިވެހިރާއްޖޭގައި ނަމަ، މިނިސްޓްރީން ހުއްދަ ދީފައިވާ މެޑިކަލް ޑޮކްޓަރުންނާއި، ޖަދުވަލު 2 ގައިވާ ބޭސްތައް ދޫކުރުމުގެ ހުއްދަ ދީފައިވާ މީހުންނަށެވެ. އަދި ދިވެހިރާއްޖެއިން ބޭރުގައިނަމަ އެ ގައުމެއްގެ ކަމާބެހޭ ރަސްމީ ފަރާތްތަކުން ބޭސްކުރުމުގެ ހުއްދަ ދީފައިވާ މެޑިކަލް ޑޮކްޓަރުންނަށެވެ.
ބޭސްލައިން ޔުނިޓް ކޮސްޓް

"ބޭސްލައިން ޔުނިޓް ކޮސްޓް" ކަމަށް ބުނެފައި އެވަނީ، ޔުނިޓަކަށް ދާ ހަރަދުގެ ގޮތުގައި ކަނޑައަޅައިފައިވާ އަގަށެވެ.

ބޭސްލައިން ޔުނިޓް ކޮސްޓް

"ބޭސްލައިން ޔުނިޓް ކޮސްޓް" ކަމަށް ބުނެފައި އެވަނީ، ޔުނިޓަކަށް ދާ ހަރަދުގެ ގޮތުގައި ކަނޑައަޅައިފައިވާ އަގަށެވެ.

ބޭސްލައިން ޔުނިޓް ކޯސްޓް (ކަރަންޓާއި ގުޅޭ)

"ބޭސްލައިން ޔުނިޓް ކޯސްޓް" ކަމަށް ބުނެފައި އެވަނ،ީ ކަރަންޓުގެ ޔުނިޓަކަށް ދާ ހަރަދުގެ ގޮތެއްގައި ކަނޑައަޅައިފައިވާ އަގަކަށެވެ.

ބޮންޑެޑް ވެއަރހައުސް
"ބޮންޑެޑް ވެއަރހައުސް" ކަމަށް ބުނެފައި އެވަނީ، އެކްސްޕޯޓް އިމްޕޯޓް މުދާ، ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށުން ދޫކޮށް ނިމެންދެން ބެހެއްޓުމަށް ހުއްދަދޭ ތަންތަނަށެވެ.
ބޮޑު ގަހެއް

"ބޮޑު ގަހެއް" ކަމުގައި ބުނެފައި އެވަނީ، ކަމާބެހޭ އިދާރާއިން ރުއްގަސް ކެނޑުމާއި އުފުރުމާއި، ކޮނެގެން ނެގުން އަދި އެއްރަށުން އަނެއް ރަށަށް ގެންދިޔުމާބެހޭ ގޮތުން އެކުލަވައިލައިފައިވާ ގަވާއިދުގައި "ބޮޑު ގަހެއް" ކަމުގައި ބަލާ މިންގަނޑަށް ފެތޭ ގަސްގަހަށެވެ.

ބޮޑު ގަހެއް

"ބޮޑު ގަހެއް" ކަމުގައި ބުނެފައި އެވަނީ، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓ،ް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީން 4 ޖޫން 2022 ގައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކޮށްފައިވާ ގަވާއިދު ނަންބަރު 2022-92 (ދިވެހިރާއްޖޭގެ ރަށްތަކުގެ ފެހިކަމާއި ގަސްކަރަ ހިމާޔަތްކޮށް ބެލެހެއްޓުމާބެހޭ ގަވާއިދު) ގައި "ބޮޑު ގަހެއް" ކަމުގައި ބަލާ މިންގަނޑަށް ފެތޭ ގަސްގަހަށެވެ.

ބޮޑެތި މައްސަލަތަކުގެ ޓްރެކް

"ބޮޑެތި މައްސަލަތަކުގެ ޓްރެކް" ކަމަށް ބުނެފައި އެވަނީ، އާންމު އުސޫލުން 1،00،000 (އެއްމިލިއަން) ރުފިޔާއަށްވުރެ މަތީ އަދަދެއްގެ ފައިސާ ހިމެނޭ ، ކުދި މައްސަލަތަކުގެ ޓްރެކާއި އަވަސްނިޔާ މައްސަލަތަކުގެ ޓްރެކުން ނުބެލ ނެ އެންމެހައި މައްސަލަތައް ބަލާ ޓްރެކަށެވެ.