ގާނޫނީ ރަދީފު
"ފެނުގެ ދިރުން" ކަމަށް ބުނެފައި އެވަނީ، ފެނުގެ މާހައުލުތަކުގައި ދިރިއުޅޭ ދިރުމުގެ ވައްތަރުތަކަށެވެ.
"ފެން" ކަމަށް ބުނެފައި އެވަނީ، ލޮނުގެ އަސަރު އެއްވެސް މިންވަރަކަށް ނެތް ފެނަށާއި، އެކި މިންވަރަށް ލޮނުގެ އަސަރު ހުންނަ ފެނަށެވެ.
"ފެންފަށަލަ" ކަމަށް ބުނެފައި އެވަނީ، ގުދުރަތީ ގޮތުން ރަށުގެ ބިމުގެ އަޑީގައި އުފެދިފައިވާ ފެނަށެވެ. ބިމުގެ ފެންފަށަލައިގެ ސަރަހައްދުގެ ގޮތުގައި ބަލާނީ ބިމުގެ އަޑިން ފެން ހިލޭ ހިސާބުން ފެށިގެން، މޫދު ލޮނުގައި ލޮނުގެ މިންވަރު ނުވަތަ އިލެކްޓްރިކަލް ކޮންޑަކްޓިވިޓީ ހުންނަ މިންވަރަށް ވާސިލުވާ ހިސާބަށެވެ.
"ފެންފަށަލަ" ކަމަށް ބުނެފައި އެވަނީ، ގުުދުރަތީގޮތުން ރަށުގެ ބިމުގެ އަޑީގައި އެފެދިފައިވާ ފެން ފަށަލައަށެވެ. ބިމުގެ ފެންފަށަލައިގެ ސަރަހައްދުގެ ގޮތުގައި ބަލާނީ، ބިމުގެ އަޑިން ފެން ހިލޭ ހިސާބުން ފެށިގެން، މޫދު ލޮނުގައި ލޮނުގެ މިންވަރު ނުވަތަ އިލެކްޓްރިކަލް ކޮންޑަކްޓިވިޓީ ހުންނަ މިންވަރަށް ވާސިލުވާ ހިސާބަށެވެ.
"ފެކްޓަރީ" ކަމަށް ބުނެފައި އެވަނީ، އަންނަނިވި ކަންކަން ކުރުމަށް ވަޒީފާގައި މީހުން ގެންގުޅޭ ތަންތަނަށެވެ.
- އެއްވެސް މުދަލެއް ނުވަތަ އެއްޗެއް، ގެންގުޅުން، ތަރުތީބުކުރުން،ބަންދުކުރުން، ރައްކާކުރުން، ބަދަލުގެނައުން، މަރާމާތުކުރުން، އުފައްދާުން ނުވަތަ ޕްރޮސެސްކުރުން؛
- އެއްވެސް ނުރައްކާތެރި މާއްދާއެއް ގެންގުޅުން، ތަރުތީބުކުރުން، ބަންދުކުރުން، ރައްކާކުރުން، ޕްރޮސެސްކުރުން، އުފައްދާުން ނުވަތަ ގެންގުޅުން؛
- އުޅަނދުފަހަރު އުފައްދައި، ބަނދެ ނުވަތަ މަރާމާތުކުރުން؛
- އިމާރާތެއް ހިންގުން (އޮޕަރޭޓް ކުރުން) ނުވަތަކޮންސްޓްރަކްށަން އިންޖިނިއަރިންގްގެ މަސައްކަތްކުރުން؛ އަދި
- އެއްވެސް އާންމު ހިދުމަތެއްދޭ ތަނެއް ނުވަތަ ނިޒާމެއް (ސިސްޓަމެއް) ހިންގައި ބެލެހެއްޓުން.
"ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރ" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަކުގެ ތެރެއިން ކޮންމެ ދާއިރާއެއްގައި މިނިސްޓްރީގެ ފަރާތުން އިޖުތިމާއީ އެހީތެރިކަމާއި ރައްކައުތެރިކަން ފޯރުކޮށްދިނުމަށް ޓަކައި ގާއިމްކޮށްފައިވާ މިނިސްޓްރީގެ އިދާރާއަށެވެ.
"ފެސިލިޓީ" ކަމަށް ބުނެފައި އެވަނީ، ކެމިކަލް އުފައްދާ ކާރުހާނާތަކާއި، އެތަކެތި ގެންގުޅެ ބަލަހައްޓާ ލެބޯޓަރީތަކާއި ގުދަންކުރާ ތަންތަނާއި އަދި މިކަންކަމުގެ އިދާރީ ރެކޯޑު ބަލަހައްޓާ ތަންތަނަށެވެ.