ގާނޫނީ ރަދީފު
"އާންމުކޮށް ދިވެހިރާއްޖޭގައި ވަޒަންވެރިވެ ދިރިއުޅޭ ފަރާތެއް" ކަމަށް ބުނެފައި އެވަނީ، 12 (ބާރަ) މަސްދުވަހުގެ މުއްދަތެއްގެ ތެރޭގައި، 183 (ސަތޭކަ އަށްޑިހަ ތިނެއް) ދުވަހު ނުވަތަ އެއަށްވުރެ ގިނަ ދުވަހު ދިވެހިރާއްޖޭގައި ހުންނަ މީހަކަށެވެ.
"އާންމުކޮށް ދޭ ސަޕޯޓް ހިދުމަތް" ތަކަކީ، އަންނަނިވި ށަރުތުތައް ފުރިހަމަވާ،އަދި އެ ފަރާތުގެ މައިގަނޑު ވިޔަފާރީގެ ބައެއްކަމުގައި ނުހިމެނޭ، "ސަޕޯޓިވް ނޭޗަރ" ގެ ހިދުމަތްތަކުގެ ތެރެއިން، މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ހިދުމަތްތަކެވެ (1) އެ ހިދުމަތް ފޯރުވައިދިނުމަށް ހާއްސަ މުދަލެއް ނުވަތަ އަގުހުރި އައިރު މާއްދީ މުދަލެއް ބޭނުންކުރަން ނުޖެހުން އަދި އެ ހިދުމަތުގެ ސަބަބުން އެފަދަ އައިރު މާއްދީ މުދަލެއް އުފެދިގެން ނުދިއުން؛ އަދި (2) ރައްދުވާ ފަރާތުން ސިގްނިފިކަންޓް ރިސްކެއް ނަގަންޖެހޭ ފަދަ ހާލަތެއް މެދުވެރި ނުވުން އަދި އެފަދަ ރިސްކެއް ކޮންޓްރޯލްކުރަންޖެހޭ ފަދަ ހާލަތެއް މެދުވެރި ނުވުން.
"އާއިލާ" ކަމުގައި ބުނެފައި އެވަނީ، މަންމައާއި، ބައްޕައާއި، އަނބިން ނުވަތަ ފިރިމީހާއާއި އުފަން ދަރިންގެ ތެރެއިން އުމުރުން 18 (އަށާރަ) އަހަރު ނުފުރޭ ކުދިންނާއި، ށަރުއީގޮތުން ހަޒާނަތު ހަވާލުކޮށްފައިތިބޭ އުމުރުން 18 (އަށާރަ) އަހަރު ނުފުރޭ ކުދިންނަށެވެ.