ގާނޫނީ ރަދީފު
"ޕްރޮމޯޓަރ" ކަމަށް ބުނެފައި އެ ވަނީ؛
- ޕްރޮމޯޓަރެއް ކަމުގައި ޕްރޮސްޕެކްޓަސްގައި ބަޔާންކޮށްފައިވާ ކޮންމެ ފަރާތަކަށެވެ. ނުވަތަ
- ކުންފުނީގެ ހިންގުމުގެ މައްޗަށް ސީދާގޮތުންކަމަށް ވިޔަސް ނުވަތަ ނުސީދާގޮތުންކަމަށް ވިޔަސް، ނުފޫޒު ފޯރުވުމުގެ ބާރު އޮތް ހިއްސާދާރެއް ނުވަތަ ބޯޑު ޑިރެކްޓަރެއް ނުވަތަ އެނޫން ވެސް ފަރާތަކަށެވެ؛ ނުވަތަ
- އެ ފަރާތެއްގެ ލަފަޔާއި އިރުށާދަށް ނުވަތަ އަމުރަށް، ކުންފުނީގެ ބޯޑު ޑިރެކްޓަރުން ތަބާވަމުން އަންނަ ކޮންމެ ފަރާތަކަށެވެ. ނަމަވެސް، ޕްރޮޕެށަނަލް ހައިސިއްޔަތުން މަސްއޫލިއްޔަތު އަދާކުރަމުން އަންނަ އެއްވެސް ފަރާތެއް ނުހިމެނޭނެއެވެ.
"ޕްރޮފެށަނަލް ލައިސަންސް" ކަމަށް ބުނެފައި އެވަނީ، ލައިސަންސް ނުވަތަ ހުއްދަ ލިބިގެން މަސައްކަތްކުރަންޖެހޭ ދާއިރާތަކުގައި އެފަދަ މަސައްކަތްތައް ފަންނީ ގޮތެއްގައި ކުރުމަށް ލައިސަންސް ނުވަތަ ހުއްދަ ލިބޭ ފެންވަރުގެ ސަނަދުތަކަށެވެ.
"ޕްރޮގްރާމަށް ނުވަތަ ޑޭޓާއަށް އެކްސެސްވުން" ކަމަށް ބުނެފައި އެވަނީ، އަންނަނިވި ކަންކަން ހިމެނޭ ގޮތުންނެވެ.
- ކޮމްޕިއުޓަރ ސިސްޓަމަކުން ވަކި ފަންކްށަނެއް ހިންގައިގެން އަންނަނިވި ގޮތަކުންކުރެ ގޮތަކަށް އެ ސިސްޓަމްގައި ހުރި އެއްވެސް ޕްރޮގްރާމަކަށް ނުވަތަ ޑޭޓާއަކަށް އެކްސެސްވާ ވުމަށެވެ.
- ޕްރޮގްރާމް ނުވަތަ ޑޭޓާ ބޭނުންކުރުން؛
- ޕްރޮގްރާމް ނުވަތަ ޑޭޓާ ނުވަތަ އެއާ ގުޅުންހުރި އެއްވެސް އެއްޗެއް އޮލްޓަރކުރުން ނުވަތަ މޮޑިފައިކުރުން ނުވަތަ ޑިލީޓްކުރުން ނުވަތަ ފޮހެލުން؛
- ޕްރޮގްރާމް ނުވަތަ ޑޭޓާ ކޮޕީކުރުން ނުވަތަ ފޮޓޯނެގުން ނުވަތަ އަންނަނިވި ފަދައިން ޓްރާންސްފަރކުރުން:
(ހހ) އެ ޕްރޮގްރާމް ނުވަތަ ޑޭޓާ ހުރި ކޮމްޕިއުޓަރ ސިސްޓަމް ނުވަތަ ޑިވައިސް ނުވަތަ ސްޓޯރޭޖް މީޑިއަމް ނޫން އެފަދަ އެހެން އެއްޗަކަށް ޓްރާންސްފަރކުރުން؛
(ށށ) އެ ޕްރޮގްރާމް ނުވަތަ ޑޭޓާ ހުރި ކޮމްޕިއުޓަރ ސިސްޓަމް ނުވަތަ ޑިވައިސް ނުވަތަ ސްޓޯރޭޖް މީޑިއަމްގައިވާ ލޮކޭށަން ނޫން އެހެން ލޮކޭށަނަކަށް ޓްރާންސްފަރކުރުން. - ޑިސްޕްލޭކޮށްގެން ނުވަތަ އެނޫންވެސް ގޮތަކަށް އެ ޕްރޮގްރާމް ނުވަތަ ޑޭޓާ އެކުލެވޭ ކޮމްޕިއުޓަރ ސިސްޓަމުން އެ ޑޭޓާ ނުވަތަ ޕްރޮގްރާމް އައުޓްޕުޓްކުރުން.
"ޕްރޮގްރާމް" ކަމަށް ބުނެފައި އެ ވަނ،ީ ފުރަތަމަ ޑިގްރީ ހާސިލުކުރުމަށް ކިޔަވާ މޮޑިއުލްތައް ހިމެނޭ ޕްރޮގްރާމަށެވެ.
"ޕްރޮގްރާމް" ކަމަށް ބުނެފައިއެވަނީ، މަށްރޫއުތަކާއި، ޕްރޮޖެކްޓްތަކާއި، ފަރުވާގެ ފިޔަވަހިތަކާއި، ގެވެށި އަނިޔާގެ އަމަލުތައް ހުއްޓުވުމަށްޓަކައި ހިންގޭ އެކިއެކި ކަންކަން ހިމެނޭގޮތުންނެވެ.
"ޕްރޮގްރާމް ނުވަތަ ކޮމްޕިއުޓަރ ޕްރޮގްރާމް" ކަމަށް ބުނެފައި އެވަނީ، ވަކި އިރުށާދުތަކެއް ނުވަތަ ބަޔާންތަކެއް ރަމްޒުކޮށްދޭ ޑޭޓާއެއް ކޮމްޕިއުޓަރ ސިސްޓަމަކުން އެގްޒެކިއުޓްކޮށްފިނަމަ، އެ ސިސްޓަމަކުން ވަކި ފަންކްށަނެއް ކުރުވައިދޭ ޑޭޓާއަށެވެ.
"ޕްރޮސެސިންގ ލައިސަންސް" ކަމަށް ބުނެފައި އެވަނީ، ގަވާއިދުތަކުގެ ދަށުން މަހާއި މަހުގެ އުފެއްދުންތައް އުފައްދާ ތަންތަނުން ނަގަންޖެހޭ ލައިސަންސަށެވެ.