gaanoon_logo
-
ދިވެހިރާއްޖޭގައި މަސައްކަތްކުރާ މެޑިކަލް ޕްރެކްޓިށަނަރުން

"ދިވެހިރާއްޖޭގައި މަސައްކަތްކުރާ މެޑިކަލް ޕްރެކްޓިށަނަރުން" ކަމަށް ބުނެފައި އެވަނީ، ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން މެޑިކަލް ޕްރެކްޓިށަނަރުންގެ ގޮތުގައި ރަޖިސްޓަރީވެފައިވާ މީހުންނާއި، ގާނޫނާއި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގެ ދަށުން އަލަށް ރަޖިސްޓަރީވާ މެޑިކަލް ޕްރެކްޓިށަނަރުން ހިމެނޭ ގޮތުންނެވެ. 

ދިވެހިރާއްޖޭގައި މަސައްކަތްކުރާ ޑެންޓަލް ޕްރެކްޓިށަނަރުން

"ދިވެހިރާއްޖޭގައި މަސައްކަތްކުރާ ޑެންޓަލް ޕްރެކްޓިށަނަރުން" ކަމަށް ބުނެފައި އެވަނީ، ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ޑެންޓަލް ޕްރެކްޓިށަނަރުންގެ ގޮތުގައި ރަޖިސްޓަރީވެފައިވާ މީހުންނާއި، ގާނޫނާއި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގެ ދަށުން އަލަށް ރަޖިސްޓަރީވާ ޑެންޓަލް ޕްރެކްޓިށަނަރުން ހިމެނޭ ގޮތުންނެވެ.

ދިވެހިރާއްޖޭގައި ދިރިއުޅެމުން ދިއުން
"ދިވެހިރާއްޖޭގައި ދިރިއުޅެމުން ދިއުން" ކަމަށް ބުނެފައި އެވަނީ، ވަގުތީގޮތުން އެހެން ތަނެއްގައި އުޅުނު ނަމަވެސް، ދިވެހިރާއްޖެއަށް ޒިޔާރަތް ކުރުމުގެ ގޮތުން ނޫން ގޮތަކަށް ދިވެހިރާއްޖޭގައި ދާއިމީގޮތެއްގައި ދިވެހިރާއްޖޭގައި ދިރިއުޅޭ ދިރިއުޅުމަށެވެ.
ދިވެހިރާއްޖޭގައި ދިރިއުޅެމުން ދިއުން

"ދިވެހިރާއްޖޭގައި ދިރިއުޅެމުން ދިއުން" ކަމަށް ބުނެފައި އެވަނީ، ވަގުތީ ގޮތުން އެހެން ތަނެއްގައި އުޅުނު ނަމަވެސް، ދިވެހިރާއްޖެއަށް ޒިޔާރަތް ކުރުމުގެ ގޮތުން ނޫންގޮތަކަށް، ދާއިމީ ގޮތެއްގައި ދިވެހިރާއްޖޭގައި ދިރިއުޅޭ ދިރިއުޅުމަށެވެ.

ދިވެހިރާއްޖޭގައިވާ ބޭރު ގައުމުތަކުގެ ކުށްވެރިން

"ދިވެހިރާއްޖޭގައިވާ ބޭރު ގައުމުތަކުގެ ކުށްވެރިން" ކަމަށް ބުނެފައިއެވަނީ، ބޭރު ގައުމެއްގެ ގާނޫނުގެ ދަށުން ކުށް ކޮށްފައިވާ، އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއްގައިވާ ކުށްވެރިންގެ ތެރެއިން ދިވެހިރާއްޖޭގައިވާ، އަންނަނިވި ބޭނުންތަކަށްޓަކައި އެ ގައުމަށް ގެންދިޔުމަށް ބޭނުންވާ މީހުންނަށެވެ:

  1. އެ ގައުމުގެ ގާނޫނުގެ ދަށުން ކުށެއް ކުރިކަމުގެ ދައުވާ އުފުލިފައިވާ މީހުންގެ މައްޗަށް އެ ގައުމުގައި ށަރީއަތް ހިންގުމަށްޓަކައި؛ ނުވަތަ
  2. އެ ގައުމުގެ ގާނޫނުގެ ދަށުން ކުށެއް ކުރިކަމަށް ށަރީއަތަށް ސާބިތުވެ ހުކުމްކޮށް، އެހެންނަމަވެސް އަދަބު ކަނޑައެޅިފައިނުވާ މީހުންގެ މައްޗަށް އެ ގައުމުގައި އަދަބު ކަނޑައެޅުމަށްޓަކައި؛ ނުވަތަ
  3. އެ ގައުމުގެ ގާނޫނުގެ ދަށުން ކުށެއް ކުރިކަމަށް ށަރީއަތަށް ސާބިތުވެ އަދަބު ކަނޑައެޅިފައިވާ މީހުންގެ ހުކުމް، އެ ގައުމުގައި ތަންފީޒުކުރުމަށްޓަކައި.
ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދު
'ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދު' ކަމަށް ބުނެފައި އެވަނީ، އާކިޕެލަޖިކް ބޭސްލައިންތަކުން ފެށިގެން ބޭރުގައިވާ 200 ނޯޓިކަލްމޭލުގެ ފުޅާ ކަނޑުގެ ސަރަހައްދުގެ ތެރެއިން، ދިވެހިރާއްޖޭގެ ސަރަހައްދީ ކަނޑުގެ ބޭރަށް އޮންނަ ސަރަހައްދާއި، އެސަރަހައްދުގެ ކަނޑުގެ އަޑީގައިވާ ފަސްގަނޑެވެ.
ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަޙައްދު

"ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަޙައްދު" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދާ އިންވެގެން އޮންނަ އަދި ކަނޑުގެ ސަރަޙައްދު ގުނަން ފަށާ ހިސާބުން ފެށިގެން 200 ނޯޓިކަލް މޭލާ ހަމައަށް އެ ފުޅާމިނުގައި އޮންނަ ކަނޑުގެ ސަރަޙައްދަށެވެ. އަދި އެ ސަރަޙައްދުގެ ތެރޭގައިވާ ކަނޑުއަޑީގެ ބިމާއި، ދިރުންހުރި އެއްޗެއްސާއި ދިރުންނެތް އެއްޗެއްސާއި އިޤްތިޞާދީ ވަސީލަތްތަކާއި ކަނޑާ ގުޅުންހުރި އެކިއެކި ސައިންޓިފިކް ތަޙުލީލުތައް ކުރުމާއ ޕޮލިއުޝަން ހިފެހެއްޓުމާއި މިކަންކަން ކުރުމުގެ ބާރު ދިވެހިރާއްޖެއަށް ލިބިގެންވާ ސަރަޙައްދަށެވެ

ދިވެހިރާއްޖޭގެ ހާއްސާ އިގްތިސާދީ ސަރަހައްދު
"ދިވެހިރާއްޖޭގެ ހާއްސާ އިގްތިސާދީ ސަރަހައްދު" ކަމަށް ބުނެފައި އެވަނީ، އާކިޕެލަޖިކް ބޭސްލައިންތަކުން ފެށިގެން ބޭރުގައިވާ 200 ނޯޓިކަލްމޭލުގެ ފުޅާ ކަނޑުގެ ސަރަހައްދުގެ ތެރެއިން، ދިވެހިރާއްޖޭގެ ސަރަހައްދީ ކަނޑުގެ ބޭރަށް އޮންނަ ސަރަހައްދާއި، އެސަރަހައްދުގެ ކަނޑުގެ އަޑީގައިވާ ފަސްގަނޑެވެ.
ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންށަން
"ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންށަން" ކަމަށް ބުނެފައިއެވަނީ، މި ގާނޫނުގެ ދަށުން ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުގެ ތެރެއިން އެނުއިޓީގެ ގޮތުގައި ދެވޭ ފައިސާއަށާއި ނުވަތަ މިފަދަ އެހެން ފައިސާ ދެއްކުމުގެ ނިޒާމަކުން ޕެންށަންގެ ބައިވެރިންނަށް އުމުރު ދުވަހަށް ލިބިދެވޭ ޕެންށަނަށެވެ.
ދިވެހިރާއްޖޭގެ ކަނޑުމަހުގެ މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭން

"ދިވެހިރާއްޖޭގެ ކަނޑުމަހުގެ މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭން" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2019-14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) ގެ ތިންވަނަ ބާބާ ގުޅިގެން ކަނޑުމަހުގެ ބާވަތްތަކަށް އަމާޒުކޮށް ކުރާ އެންމެހައި ބާވަތެއްގެ މަސްވެރިކަން ރާވައި، ހިންގައި ބަލަހައްޓައި، ތަރައްގީކުރުމާ ގުޅޭ ޕްލ ނަށެވެ.

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދު
"ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދު" ކަމަށް ބުނެފައި ވަނީ، ރަށްރަށުގެ ފަޅާއި، ފަރު، ހާ، ގިރި، ހިމެނޭ ގޮތުން ދިވެހިރާއްޖޭގެ އެތެރޭ ކަނޑާއި، އާކިޕެލަޖިކް ކަނޑާއި، ސަރަހައްދީ ކަނޑާއި، ހާއްސަ އިގްތިސާދީ ސަރަހައްދު ހިމެނޭ ގޮތަށެވެ.
ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދު
"ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 6/1996 (ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާބެހޭ ގާނޫނު) ގައި ބަޔާންކޮށްފައިވާ ދިވެހިރާއްޖޭގެ އެތެރޭގެ ކަނޑާއި އާކިޕެލެޖިކް ކަނޑާއި، ސަރަހައްދީ ކަނޑާއި، އިގުތިސާާދީ ހްާއްސް ކަނޑަށެވެ.
ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދު
"ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 6/1996 (ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާބެހޭ ގާނޫނު) ގައި ބަޔާންކޮށްފައިވާ ދިވެހިރާއްޖޭގެ އެތެރޭގެ ކަނޑާއި އާކިޕެލެޖިކް ކަނޑާއި ސަރަހައްދީ ކަނޑު އަދި ހާއްސަ އިގުތިސާދީ ކަނޑަށެވެ.
ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދު

"ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދު" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ސަރަހައްދުގައިވާ ރަށްރަށުގެ ބަނދަރާއި އެ ތަންތަނުގައި ދަތުރުކުރުމަށް ހުންނަ މަގުތަކާއި ފަޅާއި، ވިލާއި، ފަރާއި، ހާހަލާއި، ގިރި ހިމެނޭގޮތުން، ދިވެހިރާއްޖޭގެ އެތެރޭ ކަނޑާއި، އާކިޕެލަޖިކް ކަނޑާއި، ސަރަހައްދީ ކަނޑާއި، ހާއްޞަ އިގުތިޞާދީ ސަރަހައްދު ހިމެނޭގޮތަށް ވާ ސަރަހައްދުތަކަށެވެ.

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދު

"ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 1996-06 (ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުތަކާބެހޭ ގާނޫނު) ގައި ބަޔާންކޮށްފައިވާ ދިވެހިރާއްޖޭގެ އެތެރޭގެ ކަނޑާއި އާކިޕެލެޖިކް ކަނޑާއި ސަރަޙައްދީ ކަނޑު އަދި ހާއްސަ އިގުތިސާދީ ކަނޑަށެވެ.