ގާނޫނީ ރަދީފު
"އާންމު ތަންތަން" ކަމަށް ބުނުފައި އެވަނީ، އެންމެންނަށް ވެސް ބޭނުންކުރެވޭ ގޮތަށް އަބަދުވެސް ހުޅުވައިލެވިފައިވާ މަގާއި ގޯއްޗާއި ބިމާއި އާންމު މައިދާންތަކާއި ޕާކުތަކާއި އަމިއްލަ ތަންތަން ކަމަށް ނުބެލެވޭ ބިމާއި ގޯއްޗާއި އިމާރާތަށެވެ. އާންމުކޮށް މީހުންނަށް ވަދެނިކުމެވޭ ގޮތަށް ހުޅުވިގެންވާ ފިހާރަތަކާއި ކެފޭތަކާއި ރެސްޓޯރަންޓުތަކާއި ސައިހޮޓާތަކާއި އެފަދަ ތަންތަނުގެ ތެރެއިން ތަނެއްގައި ކުށެއް ހިނގައިފިކަމަށް ނުވަތަ ކުށެއް ހިނގަމުންދާކަމަށް އެކީަށގެންވާ ސަބަބެއްގެ މައްޗަށް ިބނާކޮށް ތުހުމަތުކުރެވޭ ހިނދު، އެ ތަނަކީވެސް އާންމު ތަނެއްގެ މާނައިގައި ހިމެނިގެންވާ ތަނެކެވެ.
"އާންމު ތަންތަން" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގައި ވަކި ތަނެއްގައި ވަކިގޮތަކަށް ބަޔާން ކޮށްފައި ނުވާނަމަ، އެ ތަނެއްގައި މީހުން ހިނގާބިނގާ އުޅޭ ނުވަތަ އެއްވެސް ހުރަހެއްނެތި އެ ތަނަކަށް މީހުން އައިސް ގޮސްވާ ތަންތަނާއި، އާންމުން މަޑުކޮށްލައިގެން ތިބުމަށް ހުންނަ ތަންތަނާއި، ނުވަތަ އެހެން ބޭނުންތަކުގައި ވެސް އެއްވެ އުޅެވޭގޮތަށް ހުންނަ ތަންތަނާއި، މި ގަވާއިދުގެ ދަށުން ކައުންސިލުން ކަނޑައަޅާ އާންމު ތަންތަނަށެވެ.
"އާންމު ތަންތަން" ކަމުގައި ބުނެފައި އެވަނީ، މަގުމަގާއި، ހުސްމައިދާންތަކާއި، މީހުން އެއްވާ ތަންތަނާއި، މީހުން ދިރިނޫޅޭ އެ ނޫން ވެސް ތަންތަނަށެވެ.
"އާންމު ތަންތަން" ކަމަށް ބުނެފައި އެވަނީ، ސްޓްރާޓާ ޕްލޭންގައި ހިމެނޭ ވަކިވަކި ޔުނިޓުތަކުގެ އިމުން ބޭރުގައި ހިމެނޭ ތަންތަނަށެވެ. ނަމަވެސް، ޔުނިޓެއްގެ އިމުގެ އެތެރޭގައި އެހެން ޔުނިޓަކާ ގުޅިގެން ޑަކްޓެއް ނުވަތަ ވައިގޮޅިއެއް ހިމެނޭނަމަ، އެތަނެއް ބަލާނީ އާންމު ތަނެއްގެ ގޮތުގައެވެ. އާންމު ތަންތަނަކީ އިމާރާތުގެ ހުރިހާ މިލްކު ވެރިންގެ ހަމަހަމަ ހިއްސާ އެކުލެވިގެންވާ ތަންތަނެވެ. އެ ތަންތަނުގެ ތެރޭގައި އަންނަނިވި ތަންތަން ހިމެނެއެވެ.
(ހ) އާންމު ސަރަހައްދުތައް (އާންމު ސަރަހައްދުތަކުގެ ތެރޭގައި، ސްޓްރާޓާ ޕްލޭންގައި އާންމު ސަރަހައްދުތަކުގެ ގޮތުގައި ކަނޑައަޅާ ތަންތަނުގެ އިތުރުން، އިމާރާތުގައި ހިމެނޭ ވޯކްވޭ، ކޮރިޑޯ، ސިޑި، ލިފްޓްގޮޅި އަދި ވައިގޮޅިފަދަ ތަންތަން ހިމެނެއެވެ.)
(ށ) އާންމު ވަސީލަތްތައް. (އާންމު ވަސީލަތްތަކުގެ ތެރޭގައި، ސްޓްރާޓާ ޕްލޭންގައި ކަނޑައަޅާފައިވާ އާންމު ތަންތަނުގައި ހުންނަ، ނުވަތަ އާންމު ތަންތަނާ ގުޅިފައިވާ، އެއްމެދު އިމާރާތުގެ މިލްކުވެރިން ހިއްސާވާ ވަސީލަތްތައް ހިމެނެއެވެ.)
"އާންމު ތަސައްވުރެއް" ކަމަށް ބުނެފައި އެވަނ،ީ ކެންޑިޑޭޓަކު އޭނާ ހާސިލުކުރުމަށް ނުވަތަ ވާސިލުވާން ބޭނުންވާ އާންމު ލަނޑުދަނޑިތައް ސިފަކޮށްދޭ ބަޔާނަށެވެ.
"އާންމު ސިޔާސަތު" ކަމަށް ބުނެފައި އެވަނ،ީ ކެންޑިޑޭޓަކު އޭނާގެ އާންމު ތަސައްވުރު ހާސިލުކުރުމުގެ ބޭނުމަށްޓަކައި އެ ތަސައްވުރުގައިވާ ކަންކަމާގުޅޭ ގޮތުން އާންމުކޮށްފައިވާ ކަންކަމަށެވެ.
"އާންމު ޒަރޫރީ ބޭނުން" ކަމަށް ބުނެފައި އެވަނީ، ދުވަހުން ދުވަ ަހށް ރައްޔިތުން ކުރަންޖެހޭ މަސައްކަތުގައި ވަގުތީގޮތުން ބިމެއްގައި ކޮންމެހެން އެއްޗެއް ބަހައްޓާލަންޖެހޭ ހާލަތުގައި އެ ބޭނުމަކަށެވެ.
"އާންމުންނަށް ހިއްސާ ވިއްކުން" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނުގެ ދަށުން، ރެގިއުލޭޓްކުރެވިގެން ހިންގާ މާރކެޓެއްގައި، އާންމުންނަށް ހުޅުވާލައިގެން ހިއްސާ، ބޮންޑ،ު ޑިބެންޗަރ ނުވަތަ އެނޫންވެސް އެހެން ބާވަތެއްގެ ސެކިއުރިޓީޒް ވިއްކުމަށެވެ.