-

އާންމު ތަންތަން (އެއްމެދު އިމާރާތާއި ގުޅޭ)

"އާންމު ތަންތަން" ކަމަށް ބުނެފައި އެވަނީ، ސްޓްރާޓާ ޕްލޭންގައި ހިމެނޭ ވަކިވަކި ޔުނިޓުތަކުގެ އިމުން ބޭރުގައި ހިމެނޭ ތަންތަނަށެވެ. ނަމަވެސް، ޔުނިޓެއްގެ އިމުގެ އެތެރޭގައި އެހެން ޔުނިޓަކާ ގުޅިގެން ޑަކްޓެއް ނުވަތަ ވައިގޮޅިއެއް ހިމެނޭނަމަ، އެތަނެއް ބަލާނީ އާންމު ތަނެއްގެ ގޮތުގައެވެ. އާންމު ތަންތަނަކީ އިމާރާތުގެ ހުރިހާ މިލްކު ވެރިންގެ ހަމަހަމަ ހިއްސާ އެކުލެވިގެންވާ ތަންތަނެވެ. އެ ތަންތަނުގެ ތެރޭގައި އަންނަނިވި ތަންތަން ހިމެނެއެވެ.

(ހ) އާންމު ސަރަހައްދުތައް (އާންމު ސަރަހައްދުތަކުގެ ތެރޭގައި، ސްޓްރާޓާ ޕްލޭންގައި އާންމު ސަރަހައްދުތަކުގެ ގޮތުގައި ކަނޑައަޅާ ތަންތަނުގެ އިތުރުން، އިމާރާތުގައި ހިމެނޭ ވޯކްވޭ، ކޮރިޑޯ، ސިޑި، ލިފްޓްގޮޅި އަދި ވައިގޮޅިފަދަ ތަންތަން ހިމެނެއެވެ.)

(ށ) އާންމު ވަސީލަތްތައް. (އާންމު ވަސީލަތްތަކުގެ ތެރޭގައި، ސްޓްރާޓާ ޕްލޭންގައި ކަނޑައަޅާފައިވާ އާންމު ތަންތަނުގައި ހުންނަ، ނުވަތަ އާންމު ތަންތަނާ ގުޅިފައިވާ، އެއްމެދު އިމާރާތުގެ މިލްކުވެރިން ހިއްސާވާ ވަސީލަތްތައް ހިމެނެއެވެ.)