ގާނޫނީ ރަދީފު
"ބެލެނިވެރިޔާ" ކަމަށް ބުނެފައި އެވަނީ، މައިންބަފައިންނާއި، ށަރުއީ ބަލަދުވެރިންނާއި، ހަޒާނަތު ލިބިފައިވާ ފަރާތާއި ގާނޫނީ ބެލެނިވެރިންނާއި ކުއްޖާގެ ބެލެނިވެރިކަމާ އެވަގުތަކު ހަވާލުވެތިބޭ މީހުންނަށެވެ. ށަރުއީ ބަލަދުވެރިންނާއި، ހަޒާނަތު ލިބިފައިވާ ފަރާތާއި ގާނޫނީ ބެލެނިވެރިން މާނަކުރާނީ، ގާނޫނު ނަންބަރު 2000-04 (އާއިލާއާބެހޭ ގާނޫނު) އާއި އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
"ބެލެނިވެރިޔާ" ކަމަށް ބުނެފައި އެވަނީ، އުމުރުން 18 (އަށާރަ) އަހަރުން ދަށުގެ އެތުލީޓެއްގެ މަންމަ/ބައްޕަ ނުވަތަ ގާނޫނީ ބަލަދުވެރިޔާއަށެވެ.
"ބެލެނިވެރިޔާ" ކަމަށް ބުނެފައި އެވަނީ، އެ ކުއްޖެއްގެ ގާނޫނީ ބެލެނިވެރިޔާއަށެވެ.
"ބެޗެލަރ އޮފް ލޯޒް ޑިގްރީ" އެއް ކަމަށް ބުނެފައިއެވަނީ، މަތީ ތައުލީމު އުނގަންނައިދޭ މަރުކަޒަކުން "ބެޗެލަރ އޮފް ލޯޒް" ގެ ނަމުގައި، ނުވަތަ އެ ނަމަށް ނިސްބަތްވާ އެހެން ނަމެއްގައި ނަމަވެސް، ހިންގާ ގާނޫނީ ދާއިރާގެ ފުރަތަމަ ޑިގްރީ ކޯހެއް ފުރިހަމަކުރުމުން، އެ މަރުކަޒަކުން ދޭ ފާހަށެވެ.
"ބެޗް" ކަމަށް ބުނެފައި އެވަނީ، މަތީ ތައުލީމާއި ތަމްރީނުގެ ޕްރޮގްރާމެއްގެ ހަރުފަތެއް އެއްވަގުތެއްގައި ފުރިހަމަކުރަމުންދާ ދަރިވަރުންގެ ގުރޫޕަކަށެވެ.
"ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާއެއްޗެއް" ނުވަތަ "ޖަދުވަލު 2 ގައިވާ މަސްތުވާއެއްޗެއް" ކަމަށް ބުނެފައި އެވަނީ، ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާތަކެތި ކަމުގައި ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ ކޮންމެ އެއްޗެއް ނުވަތަ މާއްދާއަކާއި، އެއިން އެއްޗެއް ނުވަތަ މާއްދާއެއް ހިމެނޭ ހަމަ ކޮންމެ އެއްޗަކާއި، ވަގުތީގޮތުން ކޮންޓްރޯލްކުރެވޭ މަސްތުވާތަކެތި ކަމުގައި ޖަދުވަލު 4 ގައި ކަނޑައަޅާ އެއްޗެހީގެ ތެރެއިން ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާތަކެތި ކަމުގައި ކަނޑައެޅޭ ކޮންމެ އެއްޗަކާއި، އެއިން ބާވަތެއް ހިމެނޭ ހަމަ ކޮންމެ އެއްޗެއްވެސް ހިމެނޭގޮތުންނެވެ.
"ބޭނުންތެރި މާއްދާތައް އިއާދަކުރުން" ކަމަށް ބުނެފައި އެވަނީ، ރައްކާތެރިކަމާއެކު ކުނި މެނޭޖުކުރުމުގެ ތެރޭގައި ތަކެތި އުފެއްދުމަށް އެއިން ބޭނުންތެރި ބައިތަކާއި މާއްދާތައް ވަކިކުރުމަށާއި، ކުނިން ހަކަތަ އުފެއްދުމަށެވެ.