ގާނޫނީ ރަދީފު
"ކުށްކުރުމަށް ބޭނުންކުރި މުދާ" ކަމަށް ބުނެފައި އެވަނީ،
- މުދާ އެތެރެކުރާ މަރުހަލާގައި ނަމަ، ކޮންސައިންމަންޓުގައި ގަވާއިދާ ހިލާފަށް ހުރި ދުންފަތުގެ ހުރިހާ ބާވަތަކަށެވެ؛
- ހޯލްސޭލްކުރާ މަރުހަލާގައި ނަމަ، ހޯލްސޭލްކޮށް ވިއްކި މުދަލުގެ ތެރޭގައި ގަވާއިދާ ހިލާފަށް ހުރި ދުންފަތުގެ ހުރިހާ ބާވަތަކަށެވެ؛
- ރީޓެއިލް މަރުހަލާގައި ނަމަ، ރީޓެއިލްކޮށް ވިއްކ،ި ގަވާއިދާ ހިލާފަށް ހުރި، ދުންފަތުގެ ހުރިހާ ބާވަ ތަކަށެވެ؛
- ނަމަވެސް، ރީޓެއިލްކޮށް ވިއްކީ 20 (ވިހި) ސިނގިރޭޓަށް ވުރެ ނުވަތަ 50 (ފަންސާސް) ބިޑިއަށް ވުރެ މަދު އަދަދެއް ނަމަ، ކުށް ކުރުމަށް ބޭނުންކުރި މުދާކަމުގައި ބެލެވޭނީ، 20 (ވިހި) ސިނގިރޭޓުގެ 1 (އެކެއް) ފޮށި ނުވަތަ 50 (ފަންސާސް) ބިޑީގެ އެއް ބޮނޑިކަމުގައެވެ.
- ދައުލަތުގެ ކަމާބެހޭ އިދާރާއަކުން ކުރާ އިންސްޕެކްށަނެއްގެ ތެރެއިން، ވިޔަފާރިކުރާ ތަނަކުން ނުވަތަ ތަކެތި ގުދަންކޮށް ރައްކައުކުރާ ތަނަކުން ނުވަތަ ތަކެތި އުފުލާ އުޅަނދަކުން މި ގަވާއިދާ ހިލާފަށް ހުރި ދުންފަތުގެ ބާވަތެއް ފެނިއްޖެ ނަމަ، އެ ތަނެއްގައި ނުވަތަ އެ އުޅަނދެއްގައި އެ ވަގުތު ހުރި މި ގަވާއިދަށް ނުފެތޭ ދުންފަތުގެ ހުރިހާ ބާވަތެއް ބެލެވޭނީ، ކުށްކުރުމަށް ބޭނުންކުރި މުދާކަމުގައެވެ.
"ކުށްވެރިން" ކަމަށް ބުނެފައިއެވަނީ، ކުށެއް ކުރިކަމުގެ ދައުވާ އުފުލިފައިވާ މީހުންނާއި، ކުށެއް ކުރިކަން ސާބިތުވެ ހުކުމްކުރެވިފައިވާ މީހުންނާއި، ކުށެއް ކުރިކަން ސާބިތުވެ ހުކުމްކުރެވި، އެހެންނަމަވެސް އަދަބު ކަނޑައެޅިފައިނުވާ މީހުން ހިމެނޭގޮތުންނެވެ.
"ކުށްވެރިޔާ އެކްސްޓްރަޑައިޓްކުރުމަށް އެދޭ ގައުމު" ކަމަށް ބުނެފައިއެވަނީ، ދިވެހިރާއްޖޭގައިވާ ބޭރު ގައުމެއްގެ ކުށްވެރިޔަކު އެކްސްޓްރަޑައިޓްކުރުމަށް އެދި އެކްސްޓްރަޑިށަންގެ ގާނޫނު (ގާނޫނު ނަންބަރު 01/2015) ގެ 15 ވަނަ މާއްދާގެ ދަށުން ހުށަހަޅާ ގައުމަށެވެ.
''ކުނި'' ކަމުގައި ބުނެފައި އެވަނީ، އުކައިލެވޭ އެންމެހައި ތަކެއްޗަށާއި، ހަލާކުވެފައި ހުންނަ ތަކެއްޗާއި، އެ ތަކެތީގެ ބައިބަޔަށާއި، ކުނިވާ ޒާތުގެ ތަކެއްޗާއި، ޕްލާސްޓިކް ކޮތަޅު ފަދަ ތިމާވެށްޓަށް ނުރައްކައުތެރި ބާވަތްތަކުގެ ތަކެތި ފަދަ އެންމެހައި ތަކެއްޗަށެވެ.
"ކުނި" ކަމަށް ބުނެފައި އެވަނީ، އުކާލާ ނުވަތަ އުކާލަން ނިންމާފައިވާ ނުވަތަ އުކާލަން ވަކި ފަރާތަކާ ހަވާލުކުރެވޭ ކޮންމެ އެއްޗަކަށެވެ.އެފަދައިން ކުނީގެ ގޮތުގައި ބަލާ އެއްޗެހީގެ ތެރޭގައި، ހަރު ތަކެއްޗާއި ދިޔާ ތަކެއްޗާއި ގޭސްވެސް ހިމެނެއެވެ.
"ކުނި" ކަމަށް ބުނެފައި އެވަނީ، ބޭނުންނެތިގެން އުކާލާ ތަކެތި ނުވަތަ އުކާލަން ގަސްތުކުރާ ތަކެތި ނުވަތަ އުކާލަންޖެހޭ ތަކެއްޗަށެވެ.
"ކުނި ނައްތާލުން" ކަމަށް ބުނެފައި އެވަނީ، ކުނި މެނޭޖުކުރުމަށް އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމަށްފަހު ބާކީވާ އެއްޗެއް ރައްކާތެރިގޮތުގައި އުކާލުމަށެވެ.