ގާނޫނީ ރަދީފު
"ގެސްޓް ރެޖިސްޓްރީ" ކަމަށް ބުނެފައި އެވަނީ ޓޫރިސްޓުންނާބެހޭ މައުލޫމާތު ނޯޓުކުރުމަށް މިނިސްޓްރީ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރއިން ފާސްކުރައްވާފައިވާ ނަމޫނާއާއި އެއްގޮތަށް ކަރުދާހުގައި ލިޔެ ރެކޯޑް ކުރެވޭގޮތަށް ކަރުދާހުން ހަދާފައިވާ އޮންނަ ފޮތް ނުވަތަ ފައިލަށެވެ.
"ގެސްޓްހައުސް" ނުވަތަ "ޓޫރިސްޓް ގެސްޓްހައުސް" ކަމަށް ބުނެފައި އެވަނީ، މިނިސްޓީ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރއިން ކަނޑައަޅާ ފެންވަރަކަށް، ނިދުމާއި، ކެއުން ނުވަތަ ނިދުން ހަމަޖެހޭގޮތަށް ތައްޔާރުކޮށްފައިވާ، އަދި އެތަނެއްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް ވަކި ރޭޓަކުން ގައު ދައްކާގޮތަށް ޓޫރިސްޓުން ބައިތިއްބުމަށް ތައްޔާރުކޮށްފައިވާ، ޓޫރިސްޓް ރިސޯޓާއި ޓޫރިސްޓް ހޮޓާ ނޫން ތަންތަނެވެ.
"ގޭބިސީ" ކަމަށް ބުނެފައި އެވަނީ، ގެއެއްގައި ނުވަތަ އިމާރާތެއްގައި ވަކިން ދިރިއުޅޭ މީހުންނަށެވެ.
"ގޭބިސީ" ކަމުގައި ބުނެފައި އެވަނީ، އެއްކޮށް ކައްކައި ކައިބޮއި ނިދައި، ހަރަދު ހިއްސާކުރާ އެންމެންނަށެވެ. (ގޭބީސީގެ މެންބަރުންނާ ވަކިން ކުލި ދައްކައި، ޔޫޓިލިޓީޒްއާއި ކެއިންބުއިން ފަދަ އެންމެހައި ހަރަދުތައް އަމިއްލަޔަށް ބަލަހައްޓާނަމަ، އެއީ ހަރަދު ހިއްސާކުރާ ފަރާތެއް ކަމުގައެއް ނުބެލެވޭނެއެވެ.)
"ގޭބީސީ" ކަމަށް ބުނެފައި އެވަނީ، އެއްތަނެއްގައި ކައްކައި ކައިބޮއި ނިދައި ހަދާ ތަންތަނަށެވެ. އަދި އެ ތަންތަނުގައި ދިރިއުޅޭ އެންމެންނަށެވެ.
'ގޭތެރޭގެ މަސައްކަތް" ނުވަތަ "ގެވެށި މަސައްކަތް" ކަމަށް ބުނެފައި އެވަނީ، ބިދޭސީއަކު ކުރާ މަސައްކަތުން އެ ގެއަކަށް އާމްދަނީ ނުލިބޭގޮތަށް ކުރާ މަސައްކަތަށެވެ.
”ގޭސް ފްރީ ކުރުން“ ކަމުގައި ބުނެފައި އެވަނީ، ތެލުގެ އެއްވެސް ބާވަތެއް އަޅާފައިވާ ތާނގީއެއްގައި ޕެޓްރޯލިއަމްގެ އެއްވެސް ބާވަތެއް ނެތްކަމުގައި ވިޔަސް އަލިފާން ރޯވާ ޒާތުގެ އާވި ހުންނާނެތީ އެ އާވިތައް އެއްކޮށް ބޭރުކުރުމަށެވެ.