-

ގެވެށި ގުޅުން

"ގެވެށި ގުޅުން" ކަމަށް ބުނެފައިއެވަނީ، އަންނަނިވި ހާލަތްތަކުގައިވާ މީހުންގެ މެދުގައި އުފެދިފައިވާ ގުޅުންތަކަށެވެ.

  1. ކައިވެނިކޮށްގެންއުޅޭ ނުވަތަ އިނދެ ވަރިކޮށްފައިވާ މީހުން.
  2. އެއް ގެއެއްގައި އެކުގައި ދިރިއުޅެން ދިމާވެފައިވާ މީހުން، ނުވަތަ އެގޮތަށް ވަރަށް ފަހަކާޖެހެންދެން އުޅެފައިވާ މީހުން.
  3. މައިންބަފައިން ކަމުގައިވުން، ނުވަތަ ކުއްޖެއްގެ ބެލެނިވެރިއެއްގެގޮތުން ނުވަތަ ބަލަދުވެރިއެއްގެގޮތުން ކުއްޖަކު ބަލާބޮޑުކުރުމުގެ ޒިންމާއާ ހަވާލުވެފައިވާ މީހެއް ކަމުގައިވުން.
  4. ނަސަބުގެގޮތުން، ނުވަތަ ގާތްތިމާގެކަމުގެގޮތުން، ނުވަތަ ކައިވެނީގެގޮތުން އާއިލީ ގުޅުމަކުން ގުޅިފައިވާ މީހުން.
  5. ގޭގައި ދަރިންބެލުމަށް، ނުވަތަ ގޭތެރޭގެ މަސައްކަތުގައި އެހީތެރިވުމަށްއުޅޭ މީހުން.
  6. ޒާތީ ގުޅުމެއްއޮތް މީހުން.