ގާނޫނީ ރަދީފު
"ޕޮލިސް ރިޕޯޓު" ކަމަށް ބުނެފައި އެވަނީ، މީހަކާ ބެހޭގޮތުން އެއްވެސް މައްސަލައެއް އޮތްކަން ނުވަތަ ނެތްކަން ހާމަކޮށްދިނުމުގެ ގޮތުން ދިވެހިރާއްޖޭގެ ފުލުހުންގެ ހިދުމަތުން ދޫކުރާ ލިޔުމަކަށެވެ.
"ޕޮލިސް ކޮންސޯލް" ކަމުގައި ބުނެފައި އެވަނީ، ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މާއްދީހެކި ވައިގެމަގުން އެއްތަނުން އަނެއްތަނަށް ގެންދިޔުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 106/2020) ގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާގޮތަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތަހުގީގުކުރާ، މައްސަލަތަކުގައި ހިމެނޭ މާއްދީހެކި، ލިޔެކިޔުން އަދި އެހެނިހެން ތަކެތީގެ ތެރެއިން ހެކީގެގޮތުގައި ބެލެވޭ އެންމެހައި ތަކެއްޗާއި، އެއާގުޅޭ އެންމެހައި ލިޔެކިޔުންތަކެވެ.
"ޕޮލިސް އެކަޑަމީ" ކަމަށް ބުނެފައިއެވަނީ ފުލުހުންނަށް ދޭ ތަމްރީން ރާވާހިންގާ ބަލަހައްޓާ ފަރާތަށެވެ.
"ޕޯސްޓިންގ" ކަމަށް ބުނެފައި އެވަނީ، ޑިޕްލޮމެޓިކް މިށަންތަކަށާއި، ކޮންސިއުލާ ޕޯސްޓުތަކުގެ ވަޒީފާއަދާކުރުމަށް ދާ ދިއުމަށެވެ.
"ޕޯސްޓުގެ ހިދްމަތް" ކަމަށް ބުނެފައި އެވަނީ، ޕޯސްޓާއި ކުރިއަރ ހިދްމަތްވެސް ހިމެނޭ ގޮތަށެވެ.
"ޕޯސްޓުގެ ހިދްމަތް ދޭ ފަރާތް" ކަމަށް ބުނެފައި އެވަނީ، ޕޯސްޓާއި ކުރިއަރ ހިދްމަތް ދޭ ސަރުކާރުގެ ފަރާތްތަކާއި އަމިއްލަ ފަރާތްތައްވެސް ހިމެނޭގޮތަށެވެ.

(ހކ) "ޕޯޓްފޯލިއޯ" ކަމަށް ބުނެފައި އެވަނީ، މުދައްރިސުން ފުރިހަމަކުރުމަށް ޓީޗަރސް ރަޖިސްޓްރޭށަން ބޯޑުން ކަނޑައަޅައިފައި ވާ ކަންތައްތައް ފުރިހަމަކޮށް ރިކޯޑުކުރަން ބޭނުންކުރާ ލިޔެކިޔުންތަކަށެވެ.