ގާނޫނީ ރަދީފު
"ޕެޓްރޯލިއަމްގެ އުފެއްދުން" ކަމަށް ބުނެފައި އެވަނީ، އެ އުފެއްދުމަކީ އެ އުފެއްދުމަކުން އަލި ނުވަތަ ހޫނު ނުވަތަ ހަކަތަ އުފައްދަން ބޭނުންކުރެވޭ ނުވަތަ ޕެޓްރޯލިއަމްއިން ކުރެވޭ އެހެންވެސް ބޭނުމެއް ކުރެވޭ، ޕެޓްރޯލިއަމްއިން އުފައްދާފައިވާ ނުވަތަ އެ އުފެއްދުމެއްގައި ޕެޓްރޯލިއަމްގެ ކޮންމެވެސް މިންވަރެއް އެކުލެވޭ ކޮންމެ އުފެއްދުމަކަށެވެ.
"ޕޭއީ" ކަމަށް ބުނެފައި އެވަނީ، ޕޭމަންޓް މުއާމަލާތެއްގައި ހިމެނޭ ފައިސާ ލިބެންޖެހޭ ފަރާތަށެވެ.
"ޕޭމަންޓް އެކައުންޓް" ކަމަށް ބުނެފައި އެވަނީ، އެއް ފަރާތެއްގެ ނަމުގައިވާ ނުވަތަ އެއް ފަރާތަށް ވުރެ ގިނަ ފަރާތްތަކެއްގެ ނަމުގައިވާ، ޕޭމަންޓް މުއާމަލާތެއް ތަންފީޒުކުރުމަށް ބޭނުންކުރާ އެކައުންޓަކަށެވެ. މިފަދަ އެކައުންޓެއް ފިޒިކަލްކޮށް ނުވަތަ އިލެކްޓްރޯނިކްކޮށް ހުރި ނަމަވެސް ބެލެވޭނީ، ޕޭމަންޓް އެކައުންޓެއްގެ ގޮތުގައެވެ. ޕޭމަންޓް އެކައުންޓްގެ ގޮތުގައި، އިލެކްޓްރޯނިކް މަނީ އެކައުންޓާއި، ބޭންކު އެކައުންޓާއި، ޑެބިޓް ކާޑާއި، ކްރެޑިޓް ކާޑު ވެސް ހިމެނޭނެއެވެ.
"ޕޭމަންޓް އެކައުންޓް ހިދުމަތްދޭ ފަރާތް" ކަމަށް ބުނެފައި އެވަނީ، ކަސްޓަމަރަކަށް ޕޭމަންޓް އެކައުންޓެއް ހުޅުވައިދީ ބަހައްޓައިދޭ ބޭންކަކަށް ނުވަތަ ޕޭމަންޓް ހިދުމަތްދޭ ފަރާތަކަށެވެ.
"ޕޭމަންޓް މުއާމަލާތް" ކަމަށް ބުނެފައި އެވަނީ، ފައިސާ ލުމަށް، ނުވަތަ ފައިސާ ޓްރާންސްފަރކުރުމަށް ނުވަތަ ފައިސާ ނެގުމަށެވެ. ފައިސާގެ ތެރޭގައި، އިލެކްޓްރޯނިކް މަނީ ހިމެނޭނެއެވެ.
"ޕޭޔަރ" ކަމަށް ބުނެފައި އެވަނީ، ފައިސާ ޓްރާންސްފަރ ކުރުމަށް ޓަކައި އަންގާ އެންގުމެއް، އިނީށީއޭޓްކުރާ ފަރާތަށް ނުވަތަ އިނީށިއޭޓް ކުރުމަށް ހުއްދަ ދޭ ފަރާތަށެވެ.
"ޕޮއިންޓް އޮފް ސޭލް" ކަމަށް ބުނެފައި އެވަނީ، މުދާ ގަނެވިއްކުމުގެ މުއާމަލާތު ހިނގާ ތަނަށެވެ.
"ޕޮލިއުޓަރ ޕޭޕްރިންސިޕަލް" ކަމަށް ބުނެފައި އެވަނީ، އެއްވެސް ފަރާތަކުން ކުރާ ކަމެއްގެ ސަބަބުން ތިމާވެށި ތަގައްޔަރުވެއްޖެނަމަ ނުވަތަ އެ ކުރިކަމަކީ ތިމާވެށި ތަގައްޔަރުވެދާނެ ކަމެއްކަމަށް ވާނަމަ އެފަ ާރތެއް އެކަމަކަށް ޒިންމާކުރުވުމުގެ އުސޫލަށެވެ.