ގާނޫނީ ރަދީފު
"ޕެސެންޖަރ ލައިނަރ" ކަމަށް ބުނެފައި އެވަނީ، 7 (ހަތެއް) ދުވަހަށްވުރެ ކުރު މުއްދަތަކަށް 50 (ފަންސާސް) އަށްވުރެ ގިނަ ފަތުރުވެރިން ގޮވައިގެން އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރަށެވެ.
"ޕެސްޓިސައިޑު ކޮންސެންޓްރޭޓް" ކަމަށް ބުނެފައި އެވަނީ، ފެން ފަދަ މާއްދާއަކާ އެއްކޮށްގެން ގިރުވުމުގެ ނުވަތަ ދިޔާކުރުމުގެ ކުރިން ޕެސްޓިސައިޑް ފޮމިއުލޭށަން ހުންނަ ގޮތަށެވެ.
"ޕެސްޓިސައިޑުގެ ބާވަތް" ކަމަށް ބުނެފައި އެވަނީ، ނައްތައިލަން ނުވަތަ މައިތިރިކުރަން އަމާޒުކުރާ ޕެސްޓުގެ ވައްތަރަށް ބިނާކޮށް ޕެސްޓިސައިޑް ގިންތިކޮށްފައިވާ ގޮތަށެވެ.
"ޕެސްޓިސައިޑުގެ އަސަރު ދެމިހުރުމުގެ އެންމެ މަތީ ހައްދު" ކަމަށް ބުނެފައި އެވަނީ، ޒިރާއީ އުފެއްދުންތަކުގައި ރައްކައުތެރި މިންގަނޑަށް ޕެސްޓިސައިޑުގެ އަސަރު ދެމިހުންނަ އެންމެ މަތީ މިންވަރަށް ނުވަތަ "މެކްސިމަމް ރެސިޑިއު ލިމިޓް" އަށެވެ.
"ޕެސްޓިސައިޑުގެ ލޭބަލް" ކަމަށް ބުނެފައި އެވަނީ، ޕެސްޓިސައިޑް ބަންދުކޮށްފައިވާ ކަންވާރުގައްޔާއި، ކަންވާރު ލައިފައިވާ ފޮށީގެ ބޭރުގައި ހަރުކޮށްފައިވާ ނުވަތަ ޗާޕުކޮށްފައިވާ ނުވަތަ ކުރަހައިފައިވާ ގާނޫނީ ލިޔުންކޮޅުތަކަށެވެ.
"ޕެސްޓިސައިޑުގެ ސްޕެސިފިކޭށަން" ކަމަށް ބުނެފައި އެވަނީ، އަރައްކާއާއި، ހިރާސްގެ ސިފަތަކާ ގުޅުންހުރި، ޕެސްޓިސައިޑުގައި އެކުލެވޭ ތާސީރު ހުންނަ ހާލިސް ބަޔަށާއި، ތައްޔާރުކޮށްފައި ހުންނަ ޕެސްޓިސައިޑަށް ލިބިފައިވާ ކެމިކަލްގެ ހާއްސަ ސިފަތަކަށާއި، ފިޒިކަލް ހާއްސަ ސިފަތަކާއި، ޕެސްޓިސައިޑުގެ މާއްދާ ފެންނަން ހުންނަ ގޮތް ކަނޑައެޅުމަށް ގެންގުޅޭ އިންތަކާއި މިންތަކަށެވެ. މިގޮތުން މި ސްޕެސިފިކޭށަން ހަވާލާދީފައިވާނީ، WHO/FAO އިން ވަޒަންކޮށް، މިންކޮށް އާންމުކޮށްފައިވާ ޕެސްޓިސައިޑުގެ ފެންވަރާބެހޭ ބައިނަލްއަގްވާމީ މިންގަނޑުތަކަށެވެ.
"ޕެސްޓިސައިޑް" ކަމަށް ބުނެފައި އެވަނީ، ޕެސްޓް ހުއްޓުވުމަށް ނުވަތަ ނައްތައިލުމަށް ނުވަތަ ފައްސައިލުމަށް ނުވަތަ އެއިން ލިބޭ ގެއްލުން ކުޑަކުރުމަށް ނުވަތަ ގަސްގަހާގެއްސާއި ސޫފާސޫފި ހެދިބޮޑުވުން އިންތިޒާމުކޮށްދިނުމަށް ބޭނުންކުރާ މާއްދާއަކަށް ނުވަތަ މަސްހުނި މާއްދާތަކަކަށެވެ.
"ޕެސްޓް" ކަމަށް ބުނެފައި އެވަނީ، ފަނިފަކުސައާއި ސޫފާސޫފީގެ ތެރެއިން އިންސާނުންނަށާއި، ޖަނަވާރަށާއި، ގަސްގަހާގެއްސަށާއި، ޖަނަވާރުގެ އުފެއްދުންތަކަށް ގެންލުންދޭ ދިރުންހުރި ކޮންމެ އެއްޗަކަށެވެ.
"ޕެސްޓް ކޮންޓްރޯލު ކުރުމުގެ އެކުވި ގޮތްތައް" ކަމަށް ބުނެފައި އެވަނީ، އިގްތިސާދީގޮތުން ގެއްލުން ލިބޭ ހަމައަށްވުރެ ދަށުގައި ޕެސްޓުގެ އާބާދީ ހިފެހެއްޓުމަށް ޓަކައި ޕެސްޓު ކޮންޓްރޯލު ކުރުމަށް ގެންގުޅޭ އެކަށީގެންވާ ގޮތްތަށް ބޭނުންކުރުމަށް ނުވަތަ "އިންޓަރގްރޭޓެޑް ޕެސްޓް މެނޭޖްމަންޓް" އަށެވެ.
"ޕެޓްރޯލިއަމް ނުވަތަ ޕެޓްރޯލިއަމްގެ އުފެއްދުންތައް އުފުލާ އުޅަނދު" ކަމަށް ބުނެފައި އެވަނީ، އެ އުޅަނދެއްގައި ހުންނަންވާނެކަމަށް އޮތޯރިޓީން ކަނޑައަޅާފައިވާ ހާއްސަ ށަރުތުތަކެއް އެކުލެވޭ އަދި ޕެޓްރޯލިއަމް ނުވަތަ ޕެޓްރޯލިއަމްގެ އުފެއްދުމެއް އުފުލުމަށް އޮތޯރިޓީން ދޫކުރާ ހުއްދަ ލިބިފައިވާ އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދު ފަހަރަށެވެ.