ގާނޫނީ ރަދީފު
"ޕްރޮޑަކްޓް" ކަމަށް ބުނެފައި އެވަނީ، އިމާރާތް ކުރުމުގެ ދާއިރާގައި ބޭނުންކުރާ ތަކެތީގެ ތެރެއިން އެތެރެކުރާ ތަކެތި ބޭނުންކޮށްގެން އުފައްދާ ބާވަތްތަކަށެވެ.
"ޕްރޮޖެކްޓް" ކަމަށް ބުނެފައި އެވަނީ، އިމާރާތް ކުރުމުގެ މަސައްކަތްތަކުގެ ތެރެއިން ވަކި އުސޫލެއްގެ ތެރެއިން ރޭވިގެން ހިންގޭ މަސައްކަތަށެވެ.
"ޕްރޮޖެކްޓް މުދާ" ކަމަށް ބުނެފައި އެވަނީ، ހާއްސަ މުދަލެއްގެ ގޮތުގައި ކަނޑައަޅައިފައިވާ ވަކި ހާއްސަގޮތްތަކަށް ކަނޑައަޅައިފައިވާ ބައެއްގެ ބެލުމުގެ ދަށުން ބަލަހައްޓަންޖެހޭ ގޮތަށް ކަނޑައަޅައިފައިވާ މުދަލަށެވެ.
"ޕްރޯސެސް ކުރުން" ކަމަށް ބުނެފައި އެވަނީ، މަހަށް ބަދަލެއް ގެނެސްގެން މަހުން އުފެއްދުމެއް އުފެއްދުމަށެވެ.
"ޕްލާންޓް އެންޓް އެނިމަލް ކަރަންޓީން ޔުނިޓް" ކަމުގައި ބުނެފައިއެވަނީ މިނިސްޓްރީ އޮފް ފިށަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސްގެ ދަށުން، ގަސްގަހާ ގެއްސާއި ދިރޭ ޖަނަވާރު ކަރަންޓީނު ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ސަރުކާރުގެ އިދާރާއަށެވެ.
"ޕްލާސްޓިކް ކޮތަޅު" ކަމަށް ބުނެފައި އެވަނީ، މުދާ އުފުލުމަށް ބޭނުންކުރާ، ޕްލާސްޓިކުން (އޮކްސޯޑިގްރޭޑަބަލް އަދި ސިންތަޓިކް ޕޮލިމަރއިން އުފައްދާފައިވާ، އަމިއްލަ ޒާތުގައި ނެތިފަނާވާ (ޑިގްރޭޑަބަލް) ޕްލާސްޓިކްވެސް ހިމެނޭގޮތަށް) ހަދާފައި ހުންނަ ކޮތަޅަށެވެ.
"ޕްލާސްޓިކް ކޮތަޅުގެ ފީ" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގައި ހިންގާ ވިޔަފާރި ހަރަކާތްތަކުން ޕޮއިންޓް އޮފް ސޭލްގައި ކަސްޓަމަރަށް ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅުން މި ގާނޫނުގެ ދަށުން ނަގާ އަގަށެވެ.