ގާނޫނީ ރަދީފު
އެއްމެ ފަހުގެ
ޓެކްސް ބަޔާން
"ޓެކްސް ބަޔާން" ކަމަށް ބުނެފައި އެވަނީ، ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގާނޫނު (ގާނޫނު ނަންބަރ 5/2011) 17 ވަނަ މާއްދާ ނުވަތަ 18 ވަނަ މާއްދާގެ ދަށުން ތައްޔާރުކޮށް ހުށަހެޅޭ ރިޓަރން އަދި މީގެ ތެރޭގައި ވަގުތު ފާއިތުވާ ފަހުން ހުށަހެޅޭ ނުވަތަ މި ގާނޫނުގެ 3 ވަނަ ބާބުގައިވާގޮތަށް އިސްލާހުކުރެވިފައިވާ ރިޓަރން ހިމެނޭގޮތަށެވެ.

"ޓެކްސް ބަޔާން" ކަމަށް ބުނެފައި އެވަނީ، ޓެކްސް ގާނޫނެއްގެ ދަށުން ހުށަހަޅަންޖެހޭ ބަޔާނާއި އެ ބަޔާނާއެކީ ހުށަހަޅަންޖެހޭ ލިޔެކިޔުންތަކަށެވެ.
ޓެކްސް ބިނާކުރެވުނުކަން އަންގާ އެންގުން
"ޓެކްސް ބިނާކުރެވުނުކަން އަންގާ އެންގުން" ކަމަށް ބުނެފައި އެވަނީ، ފައިދާއިން ޓެކްސް ނެގުމުގެ ގާނޫނު (ގާނޫނު ނަންބަރ 5/2011) ގެ 21 ވަނަ މާއްދާގެ ދަށުން އަންގާ އެންގުމަށެވެ.
ޓެކްސް ބިނާކުރެވޭ އާމްދަނީ
"ޓެކްސް ބިނާކުރެވޭ އާމްދަނީ" ކަމަށް ބުނެފައި އެވަނީ، ކޮންމެ ފަރާތަކަށްވެސް ހިސާބުކުރާ މުއްދަތެއްގެ ތެރޭގައި ލިބޭ ޖުމްލަ އާމްދަނީން އުނިކުރުމަށް ގާނޫނު ނަންބަރު 25/2019 (އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނު) ހުއްދަކުރާ އުނިކުރުންތަކާއި އެ ގާނޫނުގެ 33 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން ގެއްލުން އުނިކުރުމުން އޮންނަ އާމްދަނީއަށެވެ.
ޓެކްސް ބިނާކުރެވޭ ފައިދާ
"ޓެކްސް ބިނާކުރެވޭ ފައިދާ" ކަމަށް ބުނެފައި އެވަނީ، ޓެކްސް ނެގުމަށް ހެދިފައިވާ ގާނޫނުތަކުގައި ކަނޑައެޅިފައިވާގޮތަށް ހިސާބުކުރެވިފައިވާ އެފަދަ ފައިދާއަށެވެ.
ޓެކްސް ކްރެޑިޓް
"ޓެކްސް ކްރެޑިޓް" ކަމަށް ބުނެފައިއެވަނީ، ޒޯނެއްގައި ހިންގާ އިގްތިސާދީ މަސައްކަތަކާ ގުޅިގެން އާންމު އުސޫލުން ދައްކަންޖެހޭ ޓެކުހުގެ މިންވަރުން އަޅާކެނޑުމަށް އެ ޑިވެލޮޕަރަށް ނުވަތަ އިންވެސްޓަރަށް ލިބިދެވޭ ފުރުސަތަށެވެ. ނުވަތަ އިނާޔަތަށެވެ.
ޓެކްސް އަހަރު
"ޓެކްސް އަހަރު" ކަމަށް ބުނެފައި އެވަނީ، މީލާދީ އަހަރުގެ 1 ޖަނަވަރީ އިން 31 ޑިސެންބަރަށެވެ.
ޓެކްސް އަހަރު
"ޓެކްސް އަހަރު" ކަމަށް ބުނެފައި އެވަނީ، ކޮންމެ އަހަރެއްގެ 1 ޖެނުއަރީން ފެށިގެން 12 (ބާރަ) މަސްދުވަހުގެ މުއްދަތެވެ. މިސާލަކަށް ޓެކްސް އަހަރު 2012 ގެ މާނައަކީ، 1 ޖެނުއަރީ 2012 ން ފެށިގެން 31 ޑިސެމްބަރު 2012 އަށެވެ.

ޓެކްސް އިންވޮއިސް
"ޓެކްސް އިންވޮއިސް" ކަމަށް ބުނެފައި އެވަނީ، ރަޖިސްޓަރީކޮށްފައިވާ ފަރާތަކުން ޖީ.އެސް.ޓީ ދައްކާ އެހެން ފަރާތަކަށް މުދަލެއް ވިއްކުމަށްފަހު ނުވަތަ ހިދުމަތެއް ފޯރުކޮށްދިނުމަށްފަހު، އެ މުދަލެއް ގަތް ނުވަތަ ހިދުމަތެއް ލިބިގަތް ފަރާތަށް މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު (ގާނޫނު ނަންބަރު 10/2011) ގެ 41 ވަނަ މާއްދާގެ ދަށުން ދޫކުރާ ލިޔުމަށެވެ.
ޓެކްސް ފިޔަވައި އެހެނިހެން ފައިސާ
"ޓެކްސް ފިޔަވައި އެހެނިހެން ފައިސާ" ކަމަށް ބުނެފައި އެވަނީ، ގާނޫނެއްގެ ދަށުން ނުވަތަ ގަވާއިދެއްގެ ދަށުން ނުވަތަ އެއްބަސްވުމެއްގެ ދަށުން، ފަރުދެއްގެ އަތުން ނުވަތަ ގާނޫނީ ށަހްސަކުން ސަރުކާރަށް ނުވަތަ ދައުލަތަށް ނަގާ ޓެކުހަށް ނުވާ، އަގެއް ނުވަތަ ފީއެއް ނުވަތަ ކުއްޔެއް ނުވަތަ ޖޫރިމަނާއަށެވެ.
ޓެކްސް ދައްކަންޖެހޭ މިންވަރު ބަލާކަން އަންގާ އެންގުން
"ޓެކްސް ދައްކަންޖެހޭ މިންވަރު ބަލާކަން އަންގާ އެންގުން" ކަމަށް ބުނެފައި އެވަނީ ޓެކްސްއާބެހޭ އެއްވެސް ގާނޫނެއްގެ ދަށުން ޓެކްސް ދައްކަންޖެހޭ މިންވަރު ބަލާކަން އަންގާ އެންގުމަށެވެ.

"ޓެކްސް ދައްކަންޖެހޭ މިންވަރު ބަލާކަން އަންގާ އެންގުން" ކަމަށް ބުނެފައި އެވަނީ، ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގާނޫނު (ގާނޫނު ނަންބަރ 5/2011) ގެ 20 ވަނަ މާއްދާގެ ދަށުން އަންގާ އެންގުމަށެވެ.
ޓެކްސް ދައްކާ ފަރާތް
"ޓެކްސް ދައްކާ ފަރާތް" ކަމަށް ބުނެފައި އެވަނީ، ޓެކްސް ގާނޫނެއްގެ ދަށުން ރަޖިސްޓަރީކުރަންޖެހޭ ފަރާތަށެވެ.