ގާނޫނީ ރަދީފު
"ޓޫރިސްޓް ރިޒޯޓް" ކަމަށް ބަޔާންކޮށްފައިވާ ކޮންމެ ތަނެއްގައި، އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓް، ރިޒޯޓު ހޮޓެލް، ހޮޓެލް، ޔޮޓް ބަނދަރު ހިމެނޭނެއެވެ.
"ޓޫރިސްޓް ބެޑްކެޕެސިޓީ" ކަމަށް ބުނެފައި އެވަނީ، ޓޫރިސްޓުންނަށް ތިބެވޭ ޖުމްލަ އެނދުގެ އަދަދަށެވެ.
"ޓޫރިސްޓް ވިޔަފާރި" ކަމަށް ބުނެފައި އެވަނީ، ޓޫރިސްޓް ރިޒޯޓް، ގެސްޓް ހައުސް، ޓޫރިސްޓް ހޮޓާ، އަދި ޔޮޓް މެރިނާ އަށެވެ.
"ޓޫރިސްޓް ގެސްޓްހައުސް" ނުވަތަ "ގެސްޓްހައުސް" ކަމަށް ބުނެފައި އެވަނީ، މިނިސްޓީ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރއިން ކަނޑައަޅާ ފެންވަރަކަށް، ނިދުމާއި، ކެއުން ނުވަތަ ނިދުން ހަމަޖެހޭގޮތަށް ތައްޔާރުކޮށްފައިވާ، އަދި އެތަނެއްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް ވަކި ރޭޓަކުން ގައު ދައްކާގޮތަށް ޓޫރިސްޓުން ބައިތިއްބުމަށް ތައްޔާރުކޮށްފައިވާ، ޓޫރިސްޓް ރިސޯޓާއި ޓޫރިސްޓް ހޮޓާ ނޫން ތަންތަނެވެ.
"ޓޫރިޒަމާގުޅުންހުރި ދަތުރުރާވައި ހިންގުމުގެ ހިދުމަތް" ކަމަށް ބުނެފައިއެވަނީ, ހައްޖާއި އުމްރާވުމަށް ރާއްޖެއިން ބޭރަށްދާ ދިވެހިންގެންދާ ދަތުރުތައް ފިޔަވައި, ޓްރެވަލް އެޖެންސީތަކުންނާއި ޓުއަރ އޮޕަރޭޓަރުންނާއި, އަދި މިނޫންވެސް ރާއްޖެއަށް އަންނަ މީހުންނާއި ރާއްޖެއިން ބޭރަށްދާ މީހުންގެ ދަތުރު, ވިޔަފާރީގެ އުސޫލުން ރާވައި ހިންގާ ފަރާތްތަކުން ދޭ ދަތުރުގެ ހިދުމަތްތަކަށެވެ.