ގާނޫނީ ރަދީފު
"ޓްރީމަންޓް ސިސްޓަމް" ކަމަށް ބުނެފައި އެވަނީ، ފެނުގައި އެކުލެވޭ ރައްކައުތެރި ނޫން މާއްދާތައް، ކަނޑައަޅާ ވަކި ބޭނުމަކަށް ނުވަތަ ބޭނުންތަކަކަށް އެކަށީގެންވާ މިންވަރަށް ސާފުކުރާ ނިޒާމަށެވެ.
"ޓްރީޓްކުރުން" ކަމަށް ބުނެފައި އެވަނީ، ކުނީގެ ގޮތުގައި އުފެދޭ ތަކެތިން ތިމާވެއްޓަށް ނުވަތަ އާންމު ސިއްހަތަށް ލިބޭ ނުވަތަ ލިބިދާނެ ގެއްލުން ކުޑަކުރުމަށްޓަކައި، އެ ތަކެތި ފަނާކުރުވާފަދަ ގޮތްތަކެއް ހިޔާރުކޮށްގެން ނުވަތަ އެނޫންވެސް ގޮތެއް ބޭނުންކޮށްގެން ކުނީގައި އެކުލެވޭ ނުރައްކާތެރި ސިފަތައް ނައްތާލުމަށް ނުވަތަ ކުނީގެ މިންވަރު މަދުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށެވެ.
"ޓްރެންޑް އެނެލިސިސް" ކަމަށް ބުނެފައި އެވަނީ، މަސްތުވާތަކެތި އެތެރެކުރަން އުޅޭ ފަރާތްތަކާ ގުޅޭގޮތުން ލިބިފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް، ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށްފާނެކަމަށް ބެލެވޭ ފަރާތްތައް އިތުރަށް ބަލައި ވަޒަންކުރުމުގެ ގޮތުން ކުރެވޭ ދިރާސާއަށެވެ.
"ޓްރެއިންގ ލޮގު" ކަމަށް ބުނެފައި އެވަނީ، އެއްގަމު އުޅަނދު ދުއްވަން ދަސްކުރުމަށް ޓަކައި ހޭދަކޮށްފައިވާ ވަގުތާއި ތާރީހު އަންގައިދޭ ށީޓަށެވެ.