ގާނޫނީ ރަދީފު
"ޑޭޓާ ބޮއި" ކަމަށް ބުނެފައި އެވަނީ، މަސްވެރިކަމުގެ ބޭނުމަކަށް ނުވާ ގޮތަށް، ތިމާވެށީގެ މައުލޫމާތު އެއްކުރުމަށް ޓަކައި، ސަރުކާރުތަކުންނާއި ސައިންޓިފިކް ދިރާސާކުރާ ޖަމާއަތްތަކުން، އޮޔާދާގޮތަށް ދޫކުރާ ނުވަތަ ހަރުކޮށްފައި ހުންނަ ބޮއިތަކަށެވެ.
"ޑޭޓާ ކާސްޓިންގ" ކަމަށް ބުނެފައި އެވަނީ، ޑިޖިޓަލް ޓެލެވިޒަން ސިސްޓަމް މެދުވެރިކޮށް ޓެކްސްޓާއި ގްރެފިކްސް ފޮނުވުމަށެވެ.
"ޑޭޓާ މެސެޖު" ނުވަތަ "މެސެޖު" ކަމަށް ބުނެފައި އެވަނީ، އިލެކްޓްރޯނިކް، މެގްނެޓިކް، އޮޕްޓިކަލް ނުވަތަ އެފަދަ ވަސީލަތެއް މެދުވެރިކޮށް ޖެނެރޭޓްކޮށްފައިވާ ނުވަތަ ފޮނުވާފައިވާ ނުވަތަ ލިބިފައިވާ ނުވަތަ ރައްކާކުރެވިފައިވާ މައުލޫމާތަކަށެވެ.
"ޑޮކްޓޯރަލް ޑީގްރީ" ކަމަށް ބުނެފައި އެވަނީ، ޔުނިވަރސިޓީ ތައުލީމުގައި މާސްޓަރސް ޑިގްރީއާ ޖެހިގެން މައްޗަށް އޮންނަ ޑިގްރީއަށެވެ. މީގެ ތެރޭގައި ޑޮކްޓަރ އޮފް ފިލޯސަފީ (ޕީއެޗްޑީ) އާއި، ޕްރޮފެށަނަލް ޑޮކްޓަރޭޓް ހިމެނެއެވެ.
"ޑޯ - ވިންޑޯ ށެޑިއުލް" ކަމަށް ބުނެފައި އެވަނީ ކުޑަދޮރުތަކާއި ބޮޑުދޮރުތަކާއި ހަރުކޮށްފައި ހުންނަ ބިއްލޫރިގަނޑު ތަކުގެ އުސްމިނާއި ފުޅާމިނާއި ތަޅުމުން އުފުލިފައިވާ މިނާއި ވައިދައުރުވުމަށް ބޭނުންކުރާ ކުޑަދޮރު ނުވަތަ ބޮޑުދޮރުގެ ހުޅުވުންތަކުގެ މިންތައް އަންގައިދޭ ކުރެހުމަކަށެވެ.
"ޑްރައިވިންގ އިންސްޓްރަކްޓަރ" ކަމަށް ބުނެފައި އެވަނީ، އެއްގަމު އުޅަނދު ދުއްވަން ދަސްކޮށްދޭ މީހާއަށެވެ.