ގާނޫނީ ރަދީފު
"ސަސްޕެންޑްކުރުން" ކަމުގައި ބުނެފައި އެވަނީ، މުވައްޒަފާ ހަވާލުކޮށްފައިވާ ވަޒީފާގެ ޒިންމާގެ ތެރޭގައި އަދާކުރަންޖެހޭ އެއްވެސް ޒިންމާއެއް އަދި ވަޒީފާގެ ގޮތުން ކުރަންޖެހޭ އެއްވެސް މަސައްކަތެއް އަދި ދިވެހި ފުލުހުންގެ ހިދުމަތުގެ މުވައްޒަފަކަށް ނުވަތަ ފުލުހަކަށް ވީތީ އަދާކުރަންޖެހޭ އެއްވެސް ޒިންމާއެއް އަދާކުރަންނުޖެހޭ ގޮތަށް، ކަނޑައެޅޭ ވަކި މުއްދަތަކަށް ވަޒީފާގެ ނުވަތަ މަގާމުގެ އެއްވެސް ޒިންމާއެއް އަދާނުކުރެވޭނެ ގޮތަށް ހެދުމާއެކު، ވަޒީފާއަށް ނުކުތުން މަނާކުރުމަށެވެ.
"ސަސްޕެންޑްވުން' ކަމަށް ބުނެފައި އެވަނީ، ސިވިލް ސަރވިސްގެ މުވައްޒަފަކު މި ގާނޫނުގެ ދަށުން ލޯކަލް ކައުންސިލްގެ އިންތިހާބަށް ކުރިމަތިލާ ތާރީހުން ފެށިގެން އެމީހަކު ކުރިމަތިލާ އިންތިހާބު ކާމިޔާބު ނުކުރެވުނުނަމަ، ނުވަތަ އެ އިންތިހާބަކުން އެމީހެއްގެ ނަން އަނބުރާ ގެނެސްފިނަމަ، އެމީހަކު ސިވިލް ސަރވިސްގައި އަދާކުރަމުން ދިޔަ ވަޒީފާއަކަށް އެނބުރި ރުޖޫއަވުމާ ހަމައަށް، ސިވިލް ސަރވިސްގެ ވަޒީފާއަށް ނުނިކުމެ އެމީހަކު ހުންނަ މުއްދަތަށެވެ.
"ސަޕޯޓް ސްޓާފުން" ކަމަށް ބުނެފައި އެވަނީ، ސްކޫލްތަކާއި ސްކޫލްތައް ފިޔަވައި ކިޔަވައިދޭ އެނޫން ތަންތަނުގައި މަސައްކަތްކުރާ މަސައްކަތު މުވައްޒަފުންނަށެވެ.
"ސަޕްލައި" ކަމަށް ބުނެފައި އެވަނީ، އި މާރާތް ކުރުމުގެ މަސައްކަތުގައި ބޭނުންކުރާ ތަކެތި ފޯރުވައިދިނުމަށެވެ.
"ސަޕްލައިކުރާ ފަރާތް" ކަމަށް ބުނެފައި އެވަނީ، އިމާރާތް ކުރުމުގެ މަސައްކަތުގައި ބޭނުންކުރާ ތަކެތި ހޯލްސޭލްކޮށާއި ރީޓެއިލްކޮށް ވިއްކާ ފަރާތްތަކަށެވެ. މީގެ ތެރޭގައި ކޮންޓްރެކްޓަށް ނަގައިގެން ނުވަތަ އެނޫންވެސް ގޮތްގޮތުން އިމާރާތް ކުރުމަށް ބޭނުންކުރާ ތަކެތި ވިޔަފާރީގެ އުސޫލުން ސަޕްލައިކޮށްދޭ ފަރާތްތައް ހިމެނޭނެއެވެ.
"ސަޕްލިމެންޓަރީ ފަންޑިންގ" ކަމަށް ބުނެފައި އެވަނީ، މާލީ އަހަރެއްގެ ބަޖެ ްޓފާސްކުރުމަށްފަހު އެ ބަޖެޓުގެ ބައެއްގެ ގޮތުގައި ހިމެނުމަށް ރައްޔިތުންގެ މަޖިލީހުންފާސްކުރާ އަދަދަށެވެ.
"ސަޕްލިމެންޓަރީ ލޭބަލް" ކަމަށް ބުނެފައި އެވަނީ، ޕެސްޓިސައިޑް ބަންދުކޮށްފައި ހުންނަ ކުދި ކަންވާރުގެ ބޭރުގައި ދާއިމީކޮށް ތަތްކުރެވޭ ވަރަށް ނުވަތަ ޗާޕުކުރެވޭ ވަރަށް ޖާގަ ނެތުމުގެ ސަބަބުން އިތުރު މައުލޫމާތުތައް ހިމަނައިގެން ލޭބަލުގެ ބައެއްގެ ގޮތުގައި ފަށްފަށްޖަހައިގެން ހަރުކޮށްފައިވާ ލިޔުމަށެވެ. ނުވަތަ އަތްމަތީ ކަރުދާހުގެ ގޮތުގައި ގެންގުޅޭ ލިޔުމަށެވެ.
"ސަޕްލިމެންޓްރީ ބަޖެޓު" ކަމަށް ބުނެފައި އެވަނީ، މާލީ އަހަރެއްގެ ބަޖެޓު ފާސްކުރުމަށްފަހު، އެ ބަޖެޓުގެ ބައެއްގެ ގޮތުގައި ހިމެނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ އަދަދަށެވެ.
"ސާބިތުކުރުމަށް އެހީވެދޭ ނިސްބަތް" ކަމަށް ބުނެފައި އެވަނީ، ވާގިއާއެއް ވުޖޫދުގައިވާކަން ސާބިތުކުރުމަށްޓަކައި ގުޅުންހުރި ކަމަށް ފެންނަ ހެކި، އެ ވާގިއާއެއް ސާބިތުކުރުމަށް ބޭނުންތެރިވާ ނުވަތަ އެހީތެރިވާ ނިސްބަތަށެވެ.
"ސާބިތުކުރުމުގެ މިންގަނޑު" ކަމަށް ބުނެފައި އެވަނީ، މަދަނީ މައްސަލައެއްގައި ދައުވާއެއް ސާބިތުވާނެ މިންގަނޑު ކަމުގައި، ނުވަތަ ޖިނާއީ ކުށެއް ނުވަތަ އިސްލާމްދީނުގައި ހައްދު އަދި ގިސާސް ކަނޑައެޅިފައިވާ ކުށެއް ސާބިތުވާނެ މިންގަނޑު ކަމުގައި މި ގާނޫނުގައި ކަނޑައަޅާފައިވާ މިންގަނޑަށެވެ.
"ސާމްޕަލް" ކަމަށް ބުނެފައި އެވަނީ، ހަށިގަނޑުގެ ބޭރުން ނަގާ ސާމްޕަލާއި، ހަށިގަނޑުގެ ތެރެއިން ނަގާ ސާމްޕަލާއި، އިނގިލީގެ ނިށާނާއި، އަތުލިޔުމުގެ ސާމްޕަލް ފިޔަވައި، އިލެކްޓްރޯނިކް ޑިވައިސްތައް ހިމެނޭގޮތުން، ކޮމިށަނުގެ ބެލުމުގެ ދަށަށް ގެނެވޭ ތަކެއްޗާއި އެއްކުރެވޭ މައުލޫމާތު ތަހުލީލުކޮށްގެން ނަގާ ސާމްޕަލާއި، ޑާޓާއާއި، އެފަދަ އެހެނިހެން މައުލޫމާތަށެވެ.