ގާނޫނީ ރަދީފު
ސައިކޯސޯށަލް ސަޕޯޓް" ކަމަށް ބުނެފައިއެވަނީ، ގެވެށި އަނިޔާގެ ޢަމަލަކާ ުގޅިގެން، ގެވެށި އަނިޔާގެ ޢަމަލުގެ ޝިކާރައަކަށް ވެފައިވާ މީހުންނަށް، ނުވަތަ އެފަދަ ޢަމަލެއްގެ އަސަރު ކޮށްފައިވާ މީހުންނަށް ހިތްވަރުދީ، ބާރުވެރިކުރުވައި، އެމީހުންނަށް ކުރިމަތިވެފައިވާ ޙާލަތުގެ ސަބަބުން ކުރިމަތިވެދާނެ ކަންކަމަށް ސަމާލުވެ ތިބެ، އެކަންކަމަށް ޙައްލު ހޯދުމު ެގ މަގުފަހިކޮށް، އެ މީހުންނަށް އާންމު ދިރިއުޅުމެއް އުޅުމަށްޓަކައި ކުރާ މަސައްކަތަށެވެ.
"ސައިޒް ލިމިޓް" ކަމުގައި ބުނެފައި އެވަނީ ދެމެހެއްޓެނިވިގޮތެއްގައި ފާނައިގެ ސްޓޮކް ދެމެހެއްޓުމަށްޓަކައި ފާނަ ބޭނުން ހުއްދަކޮށްފައިވާ ކުޑަ، ބޮޑުމިނަށެވެ.
"ސައިޓު އިންޖިނޭރު" ސައިޓު އިންޖިނޭރު ކަމަށް ބުނެފައި އެވަނީ، ބިމުން ފެން ނަގައި ފެން ބޭރުކުރުމުގެ މަސައްކަތް ކުރާ ތަނުގެ މަސައްކަތާއި ހަވާލުވެހުރި ސިވިލް އިންޖިނިއަރަށެވެ.
"ސައިޓް ޕްލޭން" ކަމަށް ބުނެފައި އެވަނީ، ޓޫރިޒަމާބެހޭ މިނިސްޓްރީން ކަނޑައަޅައިފައިވާ މިންގަނޑާ އެއްގޮތަށް، އެ މަށްރޫއަކާ ގުޅިގެން ތަރައްގީކުރާ އިމާރާތްތައް އަތުރައިލެވިފައިވާ ގޮތް ދައްކުވައިދޭ ސްކޭލަށް ކުރަހައިފައިވާ ޕްލޭނަށެވެ.
"ސަވާޖީ" ކަމަށް ބުނެފައިވަނީ، މުދާ އަރުވައި ބާލާއިރު، ނުވަތަ ބަރުއެއްޗެހި އުފުލާއިރު، އޭގައި ބެއްދުމަށް ބޭނުންކުރާ، ދެކޮޅު ގުޅުވައިފައި އޮންނަ ފަލަ ވާގަނޑަށެވެ.
"ސަފީރު" ކަމަށް ބުނެފައި އެވަނީ، ޑިޕްލޮމެޓިކް މިށަންތަކުގެ "ހެޑް އޮފް މިށަން" ބޭރު ގައުމެއްގައި، ނުވަތަ ބައިނަލްއަގްވާމީ ޖަމްއިއްޔާއެއްގައި ދިވެހިރާއްޖެ ތަމްސީލުކުރުމަށް އެ ގައުމަކަށް ނުވަތަ ޖަމްއިއްޔާއަކަށް، ކޮންމެ ނަމެއްގައި ވިޔަސް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ފަރާތަކަށެވެ.
"ސަލާމަތީ ހިދުމަތް ދޭ އިދާރާ ނުވަތަ އިދާރާތައް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ސިފައިންނާއި ފުލުހުންގެ އިދާރާއަށެވެ.
"ސަލާމަތީ ކަންކަން ބަލަހައްޓާ ފަރާތްތަކުން ހިންގާ ކޮލެޖް" ކަމަށް ބުނެފައި އެވަނީ، ދިވެހި ސިފައިންނާއި ފުލުހުންގެ ހިދުމަތުން މިނިސްޓްރީގައި ރަޖިސްޓަރީކޮށްގެން ހިންގަމުންގެންދާ ކޮލެޖުތަކަށެވެ.
"ސަލާމަތްތެރިކަމާއެކު ނުގެންދެވޭނެ މީހަކު" މި ބަސް ބޭނުންކޮށްފައި އެވަނީ، އެ މީހެއްގެ ކިބައިގައި ހުރި ނަފްސާނީ ނުވަތަ ޖިސްމާނީ ބައްޔެއްގެ ސަބަބުން އެ މީހަކަށް ސަލާމަތްތެރިކަމާއެކު ފަސިންޖަރެއްގެ ގޮތުގައި އިށީނދެގެންނީނދެވޭނެ ފަދަ މީހުންގެ މާނައިގައެވެ. މިސާލު: ފުޓްރެސްޓާ ހަމަ ޔަށް ފައި ނުފޯރާ މީހުން، މަސްތުގެ ހާލަތުގައި ތިބި މީހުން.
"ސަސްޕެންޑްކުރުން" ކަމުގައި ބުނެފައި އެވަނީ، މުވައްޒަފާ ހަވާލުކޮށްފައިވާ ވަޒީފާގެ ޒިންމާގެ ތެރޭގައި އަދާކުރަންޖެހޭ އެއްވެސް ޒިންމާއެއް އަދާނުކުރެވޭ ގޮތަށް އަދި ވަޒީފާގެ ގޮތުން ކުރަންޖެހޭ އެއްވެސް މަސައްކަތެއް ނުކުރެވޭ ގޮތަށް، ކަނޑައެޅޭ ވަކި މުއްދަތަކަށް ވަޒީފާއަށް ނުކުތުން މަނާކުރުމަށެވެ.