ގާނޫނީ ރަދީފު
"ސެކިއުރިޓީޒް ދޫކުރާ ފަރާތް" ކަމުގައި ބުނެފައި އެވަނީ، ސަރުކާރު ސެކިއުރިޓީޒް ދޫކުރުމަށް ސަރުކާރުން ކަނޑައަޅައިފައިވާ މުއައްސަސާ އަށް ނުވަތަ މުއައްސަސާތަކަށެވެ.
"ސެކިޔުރިޓީސް" ކަމަށް ބުނެފައިވަނީ، ސެކިއުރިޓީ އެކްސްޗޭންޖްގައި ނުވަތަ މާރކެޓްގައި ނުވަތަ އެކަމަށް އާންމުގޮތެއްގައި ގަބޫލުކުރެވޭ ދާއިރާއެއްގެ ތެރޭގައި ބޭނުންކުރުމަށް އެ ގެންގުޅޭ މީހަކަށް، ނުވަތަ ރަޖިސްޓަރީ ކުރެވިފައިވާ ފަރާތަކަށް، އިންވެސްޓްމަންޓަކަށް ބޭނުންކުރެވޭ އެއްޗެއްގެ ގޮތުގައި، ބިލް އޮފް އެކްސްޗޭންޖް ނުހިމެނޭ ގޮތަށް، ދޫކުރެވޭ ލިޔުމަށެވެ.
"ސެލްފް އެމްޕްލޯއިޑް" ނުވަތަ "އަމިއްލަ ވަޒީފާގައި އުޅޭ ފަރާތް" ކަމަށް ބުނެފައި އެވަނީ، ވަޒީފާއާބެހޭ ގާނޫނުގައިވާ ފަދައިން އެއްވެސް ފަރާތެއްގެ މުވައްޒަފަކު ކަމުގައި ނުވާނެހެން އަދި ވަޒީފާދޭ ފަރާތެއްގެ ބާރު ނުފޯރާނެހެން ނުވަތަ ވަޒީފާދޭ ފަރާތެއްގެ ބެލުމުގެ ދަށުން ކުރާކަމަކަށް ނުވާނޭ ގޮތަށް، މުދާ ވިއްކައިގެން ނުވަތަ ހިދުމަތެއް ދީގެން ނުވަތަ މަސައްކަތެއްކޮށްގެން އާމްދަނީ ހޯދާ ފަރާތްތަކަށެވެ.
"ސެލްފް ޑިވަލޮޕްމަންޓް" ކަމަށް ބުނެފައި އެވަނ، އަމިއްލަ މަސައްކަތުގެ ފެންވަރު ރަނގަޅުކުރުމަށް ޓަކައި، މަސައްކަތުގެ ހޭލުންތެރިކަމާއި ގާބިލުކަމާއި ހުނަރު އިތުރުކޮށް ކުރިއެރުވުމަށް ކުރާ ކަންކަމަށެވެ.
"ސެލްފް-އިންކުއަރީ ރިޕޯޓް" ކަމަށް ބުނެފައި އެވަނީ، އެއްވެސް ފަރާތަކުން އެދުމުން، ސިސްޓަމުން ނަގާ އެ ފަރާތުގެ ޒާތީ މައުލޫމާތާއި ކްރެޑިޓްއާބެހޭ މައުލޫމާތު ހިމެނޭ ރިޕޯޓަކަށެވެ.
"ސެޓިފައިޑް ލެބޯޓަރީ" ކަމަށް ބުނެފައި އެވަނީ، ސަރުކާރުން ލައިސަންސް ދީފައިވާ ނުވަތަ ސަރުކާރުން ގަބޫލުކުރާ ލެބޯޓްރީއަކަށެވެ.
"ސެޓިފިކެޓު" ކަމަށް ބުނެފައި އެވަނީ، ސޮއިކުރާ ފަރާތާއި ސޮއިގެ ކްރިއޭށަން ޑޭޓާއާ ދެމެދު އޮންނަ ގުޅުން ކަށަވަރުކޮށްދ ޑޭޓާ މެސެޖެއް ނުވަތަ އެނޫން ރިކޯޑަކަށެވެ.