ގާނޫނީ ރަދީފު
"ސުމެއްA" ކެޓަގަރީ: މި ކެޓަގަރީގައި ހިމެނޭނީ، 50 (ފަންސާސް) ސީސީން ފެށިގެން މަތީގެ މޮޓޯސައިކަލާއި އޮޓޯސައިކަލެވެ؛
"ސުމެއްB" ކެޓަގަރީ: މި ކެޓަގަރީގައި ހިމެނޭނީ، މީހުން އުފުލުމަށް ބޭނުންކުރާ އިށީނުމުގެ ޖާގަ 20 (ވިހި) މީހުނަށްވުރެ އިތުރަށް މީހުން އުފުލޭ އެއްގަމު އުޅަނދެވެ؛
"ސުމެއްC" ކެޓަގަރީ: މި ކެޓަގަރީގައި ހިމެނޭނީ، މުދާ އުފުލާ އުޅަނދުފަހަރު، އުފުލޭ ބަރުދަން 4000 ކިލޯ (4 ޓަނު) އިން ފެށިގެން މަތީގެ އެއްގަމު އުޅަނދެވެ؛
"ސުމެއްD" ކެޓަގަރީ: މި ކެޓަގަރީގައި ހިމެނޭނީ، އާރޓިކިއުލޭޓެޑް އުޅަނދުފަހަރު ނުވަތަ 3 އެކްސެލަށްވުރެ ގިނަ އެކްސެލް ހުންނަ އެއްގަމު އުޅަނދެވެ؛
"ސުލޫކީ ހަމަތައް" ކަމަށް ބުނެފައި އެވަނީ، އޮފީހުގެ ހުރިހާ މުވައްޒަފުން އޮފީހަށް ހިދުމަތްކުރުމުގެގޮތުން ވަޒީފާ އަދާކުރުމުގައި އުޅުމާއި އަމަލުތައް ބަހައްޓަންޖެހޭ ހަމަތަކާއި އުސޫލުތަކެވެ.
"ސުލޫކު" ކަމަށް ބުނެފައި އެވަނީ، އިންސާނުންގެ އަމަލާއި ބަހުން ފެންނަން ޖެހޭނެކަމަށް އިސްލާމީ، ދިވެހި މުޖުތަމައު ގަބޫލުކުރާ ހަރުދަނާ ރިވެތި އުޅުންތަކާއި، ގުޅުންތަކާއި، މުދައްރިސުންގެ ކިބައިގައި ހުންނަންޖެހޭ ރިވެތި ސިފަތަކަށެވެ.
"ސުޕްރިންޓެންޑެންޓް" ކަމަށް ބުނެފައި އެވަނީ، ސްކޫލްތަކުން ފޯރުކޮށްދޭ ތައުލީމުގެ ފެންވަރު ހަރުދަނާ ނިޒާމެއްގެ ދަށުން ސުޕަވައިޒްކޮށް ބެލެހެއްޓުމާއި، ޕްރިންސިޕަލުންނަށް ފަންނީ ލަފަޔާއި އިރުށާދު ދިނުމާއި، ގާނޫނާއި ގަވާއިދުތަކާއި، މިނިސްޓްރީގެ އުސޫލުތަކާ އެއްގޮތަށް ސްކޫލްތައް ހިންގަމުންދާކަން ކަށަވަރުކޮށް ސްކޫލްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޒިންމާ ހަވާލުކުރެވިފައިވާ ކޮންމެ ފަރާތަކަށެވެ.
"ސޫފާސޫފި" ކަމަށް ބުނެފައި އެވަނީ، ހުރިހާ ވައްތަރެއްގެ ޖަނަވާރަށެވެ.
"ސެނެޓު" ކަމަށް ބުނެފައިވަނީ، އެކަޑެމިކް ސެނެޓަށެވެ.
"ސެންސަރުކުރުން" ކަމަށް ބުނެފައި އެވަނީ، ފޮނުވާ އަޑު ނުވަތަ މަންޒަރު ކަނޑައިލުމަށްޓަކައި، ރީ ބްރޯޑްކާސްޓްކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2022-01) ގެ ގަވާއިދުގައި ހުއްދަކުރެވިފައިވާ އުނިއިތުރު ގެނައުމަށެވެ.
"ސެންޓްރަލް ޕޭމަންޓް ސިސްޓަމް" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ އޮފީސްތަކުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށް ވައުޗަރު ފޮނުވައިގެން ހަރަދުކުރުމަށް އެ މިނިސްޓްރީގައި ގާއިމުކޮށްފައިވާ ނިޒާމަށެވެ.