ގާނޫނީ ރަދީފު
"ލޭށިން" ކަމަށް ބުނެފައި އެވަނީ، އުޅަނދުން އުފުލާ މުދާ ވާވެލާވެލިން އައްސައި ނުގުޑާނެގޮތަށް ރައްކާތެރިކަމާއެކު ބެއްޓުމަށެވެ.
"ލޭން މީޓަރ" ކަމަށް ބުނެފައި އެވަނީ، ޕާކުކުރުމަށް ނުވަތަ އުޅަނދުގެ މޫވްމެންޓަށް މަގެއްގެ ލޭނުގެ ދިގުމިނުން ޖާގަ ހިސާބުކުރުމަށް ބޭނުންކުރެވޭ ޔުނިޓަކަށެވެ.
"ލޭންޑް އޭރިޔާ" ކަމަށް ބުނެފައި އެވަނީ، ރަށެއް ނަމަ، ހިކިފަސްތަން ހިމެނޭ ހިސާބުކަމަށް ޓޫރިޒަމާބެހޭ މިނިސްޓްރީން ކަނޑައަޅައިފައިވާ "މީން ޓައިޑްލައިން" އިން ފެށިގެން އެތެރޭގައިވާ ސަރަހައްދަށެވެ. އަދި ރަށެއްގެ ބައެއް ނަމަ ނުވަތަ ބިމެއް ނަމަ، އެ ބިމެއްގެ ކަނޑައަޅައިފައިވާ އިމުން ފެށިގެން އެތެރޭގެ ސަރަހައްދަށެވެ.
"ލޭންޑް އޭރިޔާ" ކަމަށް ބުނެފައި އެވަނީ، ރަށެއްގެ ހިކިފަސްހިމެނޭ ހިސާބުކަމަށް ޓޫރިޒަމާ ބެހޭ މިނިސްޓްރީން ކަނޑައަޅައިފައިވާ "މީން ޓައިޑް ލައިން" އިން ފެށިގެން އެތެރޭގައިވާ ސަރަހައްދެވެ.
"ލޭންޑް ފިލްކުރުން" ކަމަށް ބުނެފައި އެވަނީ، ކުނި ނައްތާލުމުގެ ގޮތުން ބިމުގައި ނުވަތަ މޫދުގައި ކުނި ވަޅުލުމަށެވެ.
"ލޭންޑްފިލް" ކަމަށް ބުނެފައި އެވަނީ، ކުނި މެނޭޖުކުރުމަށް ވަކި ހާއްސަ ސިފަތަކެއްގެ މައްޗަށް ބިނާކޮށް ކުނި އެޅުމަށް މޫދުގައި ނުވަތަ އެއްގަމުގައި ހަދާ ތަންތަނަށެވެ.
"ލޭންޔާރޑް" ކަމަށް ބުނެފައި އެވަނީ، އެއްޗެއް ހިފެހެއްޓުމަށްޓަކައި ބޭނުންކުރާ ވާގަނޑަށެވެ.
"ލޭބަލުގެ އަސާސީ ބަހާތައް" ކަމަށް ބުނެފައި އެވަނީ، ރައްކައުތެރިކަމާއެކު ނަތީޖާ ނެރެވޭނެހެން ޕެސްޓިސައިޑް ބޭނުންކުރުމަށް އިރުށާދު ދިނުމަށް ލޭބަލުގައި ހިމަނަންޖެހޭ މުހިންމު މައުލޫމާތުތަކަށެވެ.
"ލޭބަލް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2022-13 (ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭތަކެތީގެ ބައިނަލްއަގްވާމީ ވިޔަފާރި ކޮންޓްރޯލްކުރުމުގެ ގާނޫނު) ގެ ތިން ވަނަ ބާބުގެ ދަށުން އުފައްދާ މެނޭޖްމަންޓް އޮތޯރިޓީން ނުވަތަ މެނޭޖްމަންޓް އޮތޯރިޓީން ކަނޑައަޅާ ފަރާތަކުން ދޫކުރާ ފާހަގައަށެވެ.
"ލޮގް ބުކްސް" ކަމުގައި ބުނެފައި އެވަނީ، ލައިސަންސް ދީފައިވާ އުޅނދުފަހަރުން ފުރިހަމަ ކުރަންޖެހޭ މަސްވެރިކަމުގެ މައުލޫމާތު ފުރިހަމަކުރާ ފޮތަށެވެ.
"ލޮގް ފޮތް" ކަމުގައި ބުނެފައި އެވަނީ، ލައިސަންސް ލިބިފައިވާ އުޅަނދުފަހަރުން ފުރިހަމަކުރަންޖެހޭ ދުވަހު މަސްވެރިކަމުގެ ރެކޯޑް ފުރިހަމަކުރާ ފޮތަށެވެ.