ގާނޫނީ ރަދީފު
”ފިލިންގ ޕޮއިންޓް“ ކަމުގައި ބުނެފައި އެވަނީ، ތެލުގެ ވިޔަފާރިކުރާ ތަންތަނުގައި ހުންނަ ތެޔޮ އަޅާ ކޮންޓެއިނަރަށް ތެލުގެ ބާވަތްތައް އެޅުމަށްޓަކައި ކޮންޓެއިނަރާއި ދާއިމީކޮށް ގުޅާފައި ހުންނަ ގުޅުމަށެވެ.
"ފިލްމު" ކަމަށް ބުނެފައި އެވަނީ، ފިލްމެއް ނުވަތަ ވީޑިއޯ ރެކޯޑިންގއެއް ނުވަތަ ފަހުން ދެއްކުމަށްޓަކައި ރެކޯޑުކުރެވިފައިވާ ވިށުއަލް މޫވިންގ އިމޭޖްތަކެއްގެ މައްޗަށް އެކުލެވޭ އެނޫންވެސް ރެކޯޑިންގއަށެވެ. އޭގެ ތެރޭގައި، ފިލްމެއްގެ ބައެއް ނުވަތަ ފިލްމެއްގެ ކޮޕީއެއް ނުވަތަ ފިލްމެއްގެ ބައެއްގެ ކޮޕީވެސް ހިމެނެއެވެ.
"ފިސްކަލް އަހަރު" ކަމުގައި ބުނެފައި އެވަނީ، އެމް.އެން.އީ ގުރޫޕުގެ އަލްޓިމޭޓް ޕޭރެންޓް އެންޓިޓީން އެ ފަރާތުގެ މާލީ ހިސާބުތައް ތައްޔާރުކުރާ ހިސާބުކުރާ މުއްދަތަށެވެ.
"ފިޔަވަޅު" ކަމަށް ބުނެފައި އެވަނީ، އިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ހުއްދަދެވިފައިވާ ފަރާތަކާ ބެހޭގޮތުން ކޮށްފައިވާ ށަކުވާއަކާ ގުޅިގެން ބެލޭ ބެލުމަކުން ނުވަތަ އެއިން ފަރާތެއްގެ އަމަލުތަކާމެދު ބެލޭ ބެލުމަކުން ނިންމޭ ނިންމުމަކަށެވެ.
"ފިޔަވަޅު ރިކޯޑު ކުރުން'' ކަމުގައި ބުނެފައި އެވަނީ، އެޅި ފިޔަވަޅެއް ލިޔުމުން ނުވަތަ އޯޑިއޯ ނުވަތަ އޯޑިއޯވީޑިއޯ ވަކި ނިޒާމެއްގެ ދަށުން ރައްކައުކުރުމަށް ނުވަތަ އާކައިވް ކުރުމަށެވެ.