ގާނޫނީ ރަދީފު
"މަކަރާ ހީލަތް" ކަމަށް ބުނެފައި އެވަނީ ޓެކުކަމަށް ނުހިމެނޭގޮތުން އަނެކާއަށް ހަގީގަތް އޮޅުވާލައިގެން ކަމަކުން ނުވަތަ އެއްޗަކުން ތިމާއަށް ފައިދާއެއް ހޯދުމަށްޓަކައި އަނެކަކަށް ގެއްލުމެއް ލިބޭގޮތަށް ކުރާ ކޮންމެ ކަމެކެވެ.
"މައާނަވީ ބަދަލު" ކަމަށް ބުނެފައި އެވަނީ، ފަރުމާއަށް ގެންނަ ބަދަލެއްގެ ސަބަބުން އޭގެ ޒާތަށާއި ބޭނުންކުރެވޭ ގޮތަށް ބަދަލު އަތުވެދާނެ ކޮންމެ ބަދަލަކަށެވެ.
"މައިންބަފައިން" ކަމަށް ބުނެފައި އެވަނީ، ކުއްޖާގެ މަންމައާއި ބައްޕައަށެވެ.
"މައިގަނޑު ލައިސަންސް" ކަމުގައި ބުނެފައި އެވަނީ، ފިކްސްޑް ލައިންގެ ހިިދުމަތް، ނުވަތަ މޯބައިލް ފޯނުގެ ހިިދުމަތް، ނުވަތަ އިންޓަރނެޓުގެ ހިިދުމަތް، އެ ކުންފުންޏަކުން މުޅި ރާއްޖެއަށް ދިނުމަށް އޮތޯރިޓީން ދޫކޮށްފައިވާ ލައިސަންސަށެވެ.
"މައުނަވީ ތަރިކަ" ކަމުގައި ބުނެފައި އެވަނީ، ކާބަފައިންގެ ފަރާތުން ވާރުތަވެފައިވ،ާ ތާރީހީގޮތުންނާއި ސަގާފީގޮތުންނާއި އެ ނޫން ވެސް ގޮތްގޮތުން ރައްކައުތެރިކޮށް ބަލަހައްޓަންޖެހޭ އިމާރާތްތަކާއި، އާސާރުތަކާއި، ތަންތަނާއި އެއްޗިއްސަށެވެ.
"މައުލޫމާތު" ކަމަށް ބުނެފައި އެ ވަނީ، ކޮންމެ ބާވަތެއްގެ މައުލޫމާތެއް ކަމުގައިވީ ނަމަވެސް ނުވަތަ ކޮންމެ ތާރީހެއްގައި އުފައްދައިފައިވާ މައުލޫމާތެއް ކަމުގައިވީ ނަމަވެސް ނުވަތަ ކޮންމެ ފަރާތަކުން އުފައްދައިފައިވާ މައުލޫމާތެއް ކަމުގައިވީނަމަވެސް، ނުވަތަ ކޮންމެ ވަސީލަތެއްގައި ރައްކާތެރި ކުރެވިފައިވާ މައުލޫމާތެއް ކަމުގައިވީ ނަމަވެސް ދައުލަތުގެ އިދާރާއަކުން ގެންގުޅޭ ނުވަތަ ބަލަހައްޓާ މައުލޫމާތުގެ ތެރެއިން ތިން ވަނަ ފަރާތެއްގެ މިލްކަކަށްނުވާ ހަމަ ކޮންމެ މައުލޫމާތަކަށެވެ.