ގާނޫނީ ރަދީފު
"މެނޭޖްމަންޓް ކޯޕަރޭށަން" ކަމަށް ބުނެފައި އެވަނީ، އެއްމެދު އިމާރާތުގެ ގާނޫނު (ގާނޫނު ނަންބަރު 2021-33) 95 ވަނަ މާއްދާގެ ދަށުން އެއްމެދު އިމާރާތެއްގެ އާންމު ތަންތަނާއި އާންމު ވަސީލަތްތައް ބެލެހެއްޓުމަށް، އެ އިމާރާތެއްގެ ހުރިހާ ޔުނިޓުތަކުގެ މިލްކުވެރިންގެ މެދުގައި އުފައްދާ ކޯޕަރޭށަނަކަށެވެ.
”މެއިންޓަނަންސް ކުރުން“ ކަމުގައި ބުނެފައި އެވަނީ، އަލިފާންނިވީގެ ފުރިހަމަ ޓެސްޓެއް ހެދުމެވެ. އެއީ ބަހައްޓާފައިވާ އަލިފާންނިވިއަކީ ފުރިހަމައަށް މަސައްކަތްކުރާ ރައްކާތެރި އެއްޗެއްކަން ޔަގީންކޮށް ދިނުމަށެވެ.
"މެއިންޓެނެންސް ފަންޑު" ކަމަށް ބުނެފައި އެވަނީ، އެއްމެދު އިމާރާތް ނުވަތަ އިމާރާތްތަކުގެ ޔުނިޓުތަކުގެ ވެރިފަރާތްތަކުން އިމާރާތް ބޭނުންކުރުމަށާއި ބެލެހެއްޓުމަށް ހިނގާ ރިކަރަންޓް ހަރަދުތައް ބެލެހެއްޓުމަށް އުފައްދާ ފަންޑަށެވެ.
"މެދު މިންވަރަކަށް ބައިވެރިވި މީހާ" ކަމަށް ބުނެފައި އެވަނީ ކުށުގެ އަމަލު ކާމިޔާބުކަމާއެކު ފުރިހަމަކުރުމުގައި، މާބޮޑު ބޭނުމެއް ނުހިފޭ ބާވަތުގެ ނުވަތަ ވަރަށްވެސް ކުޑަ މިންވަރެއްގެ އެހީތެރިކަމެއް ފޯރުކޮށްދޭ މީހާއަށެވެ.
"މެދު މިންވަރަކަށް ބައިވެރިވި މީހާ" ކަމަށް ބުނެފައި އެވަނީ، އެ ކުށްކުރުމުގައި އެހީތެރިވި މީހާގެ ދައުރަކީ އިންތިޒާމުކުރި މީހާ ނުވަތަ އިސްކޮށް ހަރަކާތްތެރިވި މީހާގެ ދައުރަށްވުރެ ކުޑަ، އެހެން ނަމަވެސް ނިސްބަތުން ކުޑަ މިންވަރަކަށް ބައިވެރިވި މީހާގެ ދައުރަށްވުރެ ބޮޑު ދައުރެއް އޮވެގެން އެކަމުގައި ހަރަކާތްތެރިވާ މީހާއަށެވެ.
"މެދު ދިޔައިގައި ހިކިފަސް ސަރަހައްދު" ނުވަތަ "މީންޓައިޑް ލައިން" ކަމުގައި ބުނެފައި އެވަނީ، ހިކި ދިޔައިގައި ހިކިފަސް ހުންނަ ހިސާބާއި ބޮޑު ދިޔައިގައި ހިކިފަސް ހުންނަ ހިސާބު ސީދާ ދެބައިކުރުމުން ދަމައިލެވޭ އިމަކަށެވެ.
"މެދުރާސްތާ" ކަމަށް ބުނެފައި އެ ވަނީ، ވިދިވިދިގެން އަންނަ 3 (ތިނެއް) އަހަރުދުވަހުގެ މުއްދަތަށެވެ.
"މެދުވެރިއެއް" ކަމަށް ބުނެފައި އެވަނީ، ވަކި ޑޭޓާ މެސެޖަކާ ގުޅޭ ގޮތުން، އެއްވެސް ފަރާތަކުން އެހެން ފަރާތެއްގެ ބަދަލުގައި، ޑޭޓާ މެސެޖު ފޮނުވައި، ލިބިގަނެ، ނުވަތަ ރައްކާކޮށް ނުވަތަ އެ ޑޭޓާ މެސެޖާގުޅޭ އެހެނިހެން ހިދުމަތްތައް ފޯރުކޮށްދ ފަރާތަކަށެވެ.