ގާނޫނީ ރަދީފު
"މީޓަރު ކުރުން" ކަމަށް ބުނެފައި އެވަނީ، ހިދުމަތެއް ބޭނުންކުރާ މިންވަރު އަންގައިދޭ އާލާތެއް ބޭނުންކޮށްގެން، ބޭނުންކުރާވަރު "ލޮގު" ކުރުމަށެވެ.
(ނ) "މުނިސިޕަލް ގަވާއިދު" ކަމަށް ބަޔާންކޮށްފައި އެވަނީ، ގާނޫނު ނަންބަރު 2010-07 (ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަޒުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ ދަށުން ކައުންސިލްތަކުން އެކުލަވައިލައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކޮށްފައިވާ ގަވާއިދުތަކަށެވެ.
"މުރާޖައާ ކޮމިޓީ" ކަމަށް ބުނެފައި އެ ވަނީ، އިންފޮމޭށަން އޮފިސަރު ނިންމާ ނިންމުން މުރާޖައާކޮށްދިނުން އެދި ހުށަހެޅުމުން އެ ކަން ބެލުމަށް ދައުލަތުގެ އިދާރާތަކުގައި ވެރިންގެ ފެންވަރުގައި ތިބި މީހުންގެ މަދުވެގެން 3 މީހުންގެ މައްޗަށް މައުލޫމާތު ހޯދައިލިބިގަތުމުގެ ހައްގުގެ ގަވާއިދު (ގަވާއިދު ނަންބަރު 5/2016) ގަވާއިދުގެ 42 ވަނަ މާއްދާގެ (ހ) އާއި (ށ) އާއި (ނ) ގައިވާ ގޮތުގެމަތިން އެކުލަވައިލެވޭ ކޮމިޓީއަށެވެ.
"މުރާޖައާ ކޮމިޓީ" ކަމަށް ބުނެފައި އެ ވަނީ، އިންފޮމޭށަން އޮފިސަރު ނިންމާ ނިންމުން މުރާޖައާކޮށްދިނުން އެދި ހުށަހެޅުމުން އެ ކަން ބެލުމަށް ދައުލަތުގެ އިދާރާތަކުގައި ވެރިންގެ ފެންވަރުގައި ތިބި މީހުންގެ މަދުވެގެން 3 މީހުންގެ މައްޗަށް މައުލޫމާތު ހޯދައި ލިބިގަތުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2014-384) ގެ 42 ވަނަ މާއްދާގެ (ހ) އާއި (ށ) އާއި (ނ) ގައިވާ ގޮތުގެމަތިން އެކުލަވައިލެވޭ ކޮމިޓީއަށެވެ.
"މުރާޖިރު" ނުވަތަ މުރާޖިއު ކަމަށް ބުނެފައި ވަނީ ތިމާވެށްޓާ ބެހޭ މިނިސްޓްރީން ކަނޑައަޅާފައި އޮންނަ، ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު މުރާޖައާކުރަން ހަވާލުކުރެވޭ މީހުންނަނެވެ.
"މުރުތައްދުވުން" ކަމަށް ބުނެފައި އެވަނީ، އަހްލުއްސުއްނަތި ވަލް ޖަމާއަތުގެ ދީނީ އިލްމުވެރިންގެ މެދުގައި އެ އަމަލަކީ މުރުތައްދުވުމުގެ އަމަލެއްކަމާމެދު ހިލާފެއް ނެތް އަމަލެއް މުސްލިމަކު ކޮށްފިކަމުގައި ކަނޑައެޅުމަށް، އިސްލާމީ ށަރީއަތުގައި އޮންނަ އުސޫލުން ކަމާބެހޭ ށަރުއީ ކޯޓަކުން އެކަން ސާބިތުކޮށް އެގޮތަށް ކަނޑައަޅާ ހާލަތުގައެވެ.
"މުޅި އާއިލާ" ކަމަށް ބަލާނީ، އިމީޑިއަޓް ފެމިލީ (މަންމައާއި، ބައްޕައާއި، ދަރިން) އެވެ.
"މުއާހަދާ" ކަމަށް ބުނެފައި އެވަނީ، "ދަ ކޮންވެންށަން އޮން ދަ ޕްރޮހިބިށަން އޮފް ދަ ޑިވެލޮޕްމަންޓް، ޕްރޮޑަކްށަން، ސްޓޮކްޕައިލިންގ އެންޑް ޔޫސް އޮފް ކެމިކަލް ވެޕަންސް އެންޑް އޮން ދެއަރ ޑިސްޓްރަކްށަން 1993 "އަށެވެ.
"މުއާހަދާގެ ސެކްރެޓޭރިއަޓް" ކަމަށް ބުނެފައި އެވަނީ، 1 ޖުލައި 1975 ގައި އަމަލުކުރަން ފަށާފައިވާ "ކޮންވެންށަން އޮން އިންޓަރނޭށަނަލް ޓްރޭޑް އިން އެންޑޭންޖަރޑް ސްޕީށީޒް އޮފް ވައިލްޑް ފައުނާ އެންޑް ފްލޯރާ" ގެ 12 ވަނަ ބައިގައި ބަޔާންކުރާ މުއާހަދާގެ ކަންކަން ކުރުމަށް ހަވާލުކުރެވިފައިވާ ސެކްރެޓޭރިއަޓްއަށެވެ.
"މުއާމަލާތުގެ ބައިވެރިން ގާއިމުވެހުރި ތަން" ކަމަށް ބުނެފައި އެވަނީ، މުދަލެއް ނުވަތަ ހިދުމަތެއް ވަގުތީގޮތުން ވަކި ސަރަހައްދަކުން ފޯރުކޮށްދިނުން ނުހިމެނޭ ގޮތަށް، އިގްތިސާދީ ހަރަކާތެއް ހިންގުމަށްޓަކައި، އާންމުގޮތެއްގައި ގާއިމުވެ ހުންނަ ތަނަކަށެވެ.