ގާނޫނީ ރަދީފު
އެއްމެ ފަހުގެ
މާލިއްޔަތު ކޮމިޓީ
"މާލިއްޔަތު ކޮމިޓީ" ކަމަށް ބުނެފައި އެވަނީ، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށެވެ.

މާލީ ހިދުމަތްތެރިއެއް
"މާލީ ހިދުމަތްތެރިއެއް" ކަމަށް ބުނެފައި އެވަނީ، ކަމުގެ ފަންނީ ތައުލީމު ލިބިގެން ތިބެ، ފައިސާއާއި ފައިސާގެ ގޮތުގައި ބެލެވޭ ލިޔެކިޔުން ބެލެހެއްޓުމަށާއި، އޮޑިޓްކުރުމަށާއި، އޭގެ މުއާމަލާތްކުރުމުގެ މަސްއޫލިއްޔަތު އުފުލުމަށް ހަވާލުކުރެވިފައިވާ މީހުންނަށެވެ.
މާލީ ހިސާބުތައް
"މާލީ ހިސާބުތައް" ކަމަށް ބުނެފައި އެވަނީ، އެ ފަރާތްތަކުން ހިސާބުތައް ތައްޔާރުކުރުމުގައި ބޭނުންކުރަމުންގެންދާ އެކައުންޓިންގ ސްޓޭންޑަޑުގެ ދަށުން ތައްޔާރުކުރަންޖެހޭ އާމްދަނީއާއި ހަރަދުގެ ބަޔާނާއި، ބެލަންސް ށީޓާއި، ހިއްސާގެ ރައުސްމާލަށް އައި ބަދަލުތަކުގެ ބަޔާނާއި، ފައިސާ ލިބުނު ގޮތާއި ހޭދަވި ގޮތުގެ ބަޔާނާއި، އެ ބަޔާންތަކާގުޅޭ ނޯޓްސް ހިމެނޭ ގޮތުންނެވެ.
މާލީ ކަންކަމަށް ޒިންމާވާ ވަޒީރު
"މާލީ ކަންކަމަށް ޒިންމާވާ ވަޒީރު" ކަމަށް ބުނެފައިއެވަނީ، ދައުލަތުގެ މާލިއްޔަތުގެ ޒިންމާ މަތިކުރެވިފައިވާ ވަޒީރަށެވެ.
މާލީ ކަންކަމާބެހޭ މުރާސިލުން
"މާލީ ކަންކަމާބެހޭ މުރާސިލުން" ކަމަށް ބުނެފައިއެވަނީ، ސެކިއުރިޓީޒްއާބެހޭ ލަފާ، ނުވަތަ ދިރާސާ ނުވަތަ ރިޕޯޓުތައް ށާއިއު ކުރުމަށް ހުށަހަޅާ ފަރާތް، ނުވަތަ ފަރާތްތަކަށެވެ.
މާލީ އަހަރު
"މާލީ އަހަރު" ކަމަށް ބުނެފައި އެވަނީ، ކޮންމެ މީލާދީ އަހަރެއްގެ ޖަނަވަރީމަހުގެ 1 އިން ފެށިގެން ޑިސެމްބަރމަހުގެ 31 ގެ ނިޔަލަށް ހިނގާ މުއްދަށެވެ. މި މުއްދަތު ގުނުމުގައި، އެ މުއްދަތު ފެށޭ ދުވަހާއި ނިމޭދުވަސް ހިމެނެއެވެ.
މާލީ އަހަރު
"މާލީ އަހަރު" ކަމަށް ބުނެފައި އެވަނީ، 1 ޖަނަވަރީން ފެށިގެން 31 ޑިސެމްބަރުގެ ނިޔަލަށް ހިނގާ މުއްދަތަށެވެ. މި މުއްދަތު ގުނުމުގައި، އެ މުއްދަތުގެ ފެށޭ ދުވަހާއި ނިމޭ ދުވަސް ހިމެނެއެވެ.
މާލީ އަހަރު
"މާލީ އަހަރު" ކަމަށް ބުނެފައި އެވަނީ، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން އެ އަހަރުގެ 31 ޑިސެމްބަރުގެ ނިޔަލަށް ފުރަތަމަ އެކައުންޓިންގ މުއްދަތަށް، އަދި އޭގެ ފަހުން އަންނަ ކޮންމެ އަހަރެއްގެ 31 ޑިސެންބަރުގެ ނިޔަލަށް އަންނަ 12 (ބާރަ) މަސްދުވަހުގެ މުއްދަތަށެވެ.
މާލީ އަހަރުގެ އާމްދަނީ
"މާލީ އަހަރުގެ އާމްދަނީ" ކަމަށް ބުނެފައިއެވަނީ، ކޮންމެ މާލީ އަހަރެއްގެ ތެރޭގައި ދައުލަތަށް ލިބޭ ޖުމްލަ އާމްދަނީގެ ތެރެއިން، ބޭރުގެ ފަރާތްތަކުން ދޭ އެހީއާއި ހަމައެކަނި އެއް ފަހަރު ލިބޭ އާމްދަނީ ނުހިމެނޭ ގޮތުން ދައުލަތަށް ލިބޭ އާމްދަނީއަށެވެ.
މާލީ އިދާރާ
"މާލީ އިދާރާ" ކަމަށް ބުނެފައި އެވަނީ، ބޭންކަށާއި، އިންށުއުރަންސް ކުންފުނިތަކަށާއި، ކްރެޑިޓް ޔޫނިއަންތަކަށާއި، އިމާރާތްކުރުމާއި ލޯނުދިނުމުގެ ޖަމާއަތްތަކަށާއި، އިންވެސްޓްމެންޓް ޓްރަސްޓުތަކަށާއި، ފަހަށް ރައްކާކުރަން މީހުން ބޭނުންވާ ފައިސާ ޖަމާކުރެވިދާނެ ތަންތަންކަމުގައި ނުވަތަ ގިނަ ބަޔަކު ގުޅިގެން ފައިސާ އިންވެސްޓުކުރެވިދާނެ ތަންތަންކަމުގައި އާންމުންނަށް އަންގައިދީފައިވާ ތަންތަނަށާއި، މީހުންގެ ފައިސާ ޖަމާކޮށްދޭ ތަންތަނަށެވެ.
މާލީ އިދާރާ
"މާލީ އިދާރާ" ކަމަށް ބުނެފައި އެވަނީ ބޭންކު ވިޔަފާރި ނުވަތަ، ސެކިއުރިޓީސްގެ ވިޔަފާރި ނުވަތަ އިންށުއަރެންސް ގެ ވިޔަފާރި ނުވަތަ އިންވެސްޓްމަންޓް ލަފާދޭ ވިޔަފާރި، ނުވަތަ ފައިނޭންސް ލީސިންގްގެ ވިޔަފާރި ނުވަތަ އެސެޓް މެނޭޖްމަންޓްގެ ވިޔަފާރި ނުވަތަ ރާއްޖޭގެ ފައިނޭންށަލް ސިސްޓަމް ހިމާޔަތްކުރުމަށްޓަކައި ހިނގާގޮތް ބަލަހައްޓައި ރެގިއުލޭޓްކުރަން ޖެހޭކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް ފެންނަ، އެހެންވެސް މިފަދަ މާލީ ހަރަކާތްތައް ހިންގާ މީހެއް ނުވަތަ ތަނެއް ނުވަތަ ކުންފުންޏެއް ނުވަތަ އެނޫންވެސް ފަރާތަށެވެ.
މާލީ އިދާރާ
"މާލީ އިދާރާ" ކަމަށް ބުނެފައި އެވަނީ، ބޭންކިންގ ވިޔަފާރި ނުވަތަ އިންވެސްޓްމަންޓް ބޭންކިންގ ވިޔަފާރި ނުވަތަ މާރޗަންޓް ބޭންކިންގ ވިޔަފާރި ނުވަތަ ޑިވެލޮޕްމަންޓް ބޭންކިންގ ވިޔަފާރި ނުވަތަ އިންށުއަރެންސްގެ ވިޔަފާރި ނުވަތަ ފައިނޭންސް ލީސިންގގެ ވިޔަފާރި ނުވަތަ ކޮންސިއުމަރ ފައިނޭންސްގެ ވިޔަފާރި ނުވަތަ ހައުސިންގ ފައިނޭންސްގެ ވިޔަފާރި ނުވަތަ ރެމިޓެންސްގެ ވިޔަފާރި ނުވަތަ މަނީ ޗޭންޖިންގ ވިޔަފާރި ނުވަތަ ކާޑު އިށޫކޮށް އެކްވަޔަރކުރުމުގެ ވިޔަފާރި ނުވަތަ އެއްވެސް ބާވަތެއްގެ ޕޭމަންޓް އަދި ސެޓްލްމަންޓް އިންސްޓްރުމަންޓެއް ނުވަތަ ޕޭމަންޓް އަދި ސެޓްލްމަންޓް ސިސްޓަމެއް ހިންގުމުގެ ވިޔަފާރި ނުވަތަ ދިވެހިރާއްޖޭގެ މާލީ ދާއިރާގެ ހަމަޖެހުން ދެމެހެއްޓުމަށްޓަކައި، އެ ވިޔަފާރިއެއް ނުވަތަ މާލީ ހަރަކާތެއް ރެގިއުލޭޓްކޮށް ސުޕަވައިޒްކުރަންޖެހޭ ކަމަށް އޮތޯރިޓީއަށް ފެންނަ، ގާނޫނު ނަންބަރު 2/2006 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނު) ގެ ދަށުން ލައިސަންސް ދޭ، ސެކިއުރިޓީޒްއާބެހޭ ވިޔަފާރިއާއި ހިދުމަތްތައް ފިޔަވައި، ވިޔަފާރިއާއި މާލީ ހަރަކާތްތައް ހިންގާ ކޮންމެ ފަރާތަކަށެވެ.
މާލީ އިދާރާ
"މާލީ އިދާރާ" ކަމަށް ބުނެފައިއެވަނީ، ބޭންކުތަކާއި، ބޭންކިންގގެ ވިޔަފާރިކުރާ ފަރާތްތަކާއި، އޮތޯރިޓީން ހުއްދަކޮށްފައިވާ މާލީ ވިޔަފާރީގައި އާންމުކޮށް ހަރަކާތްތެރިވާ ނުވަތަ އާންމުކޮށް ހަރަކާތްތެރިވުމަށް ގަސްތުކުރާ، ނުވަތަ އެފަރާތެއްގެ މައިގަނޑު މަގްސަދުތަކުގެ ތެރޭގައި މިފަދަ ވިޔަފާރީގައި އާންމުކޮށް ހަރަކާތްތެރިވުމަށް ކަނޑައަޅާފައިވާ ފަރާތްތަކަށެވެ.
މާލީ އިދާރާ
"މާލީ އިދާރާ" ކަމަށް ބުނެފައިއެވަނީ، މާލީ ސެކިއުރިޓީޒްއާ ބެހޭ ގާނޫނުގެ ދަށުން ލައިސަންސްދޭ އިންސްޓިޓިއުށަންތަކާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގާނޫނުގައި މާލީ އިދާރާއަށް ދެވިފައިވާ މާނަކުރުމަށެވެ.