ގާނޫނީ ރަދީފު
"ވީޑިއޯ ރެކޯޑިންގ" ކަމަށް ބުނެފައި އެވަނީ، އަޑު ހިމަނައިގެން ނުވަތަ އަޑު ނުހިމަނާ އުފައްދާ، ހަރަކާތްކުރާ ނުވަތަ ހަރަކާތްނުކުރާ މަންޒަރު ހިމެނޭ ހުރިހާ ބާވަތެއްގެ އުފެއްދުންތަކަށެވެ.
"ވީޑިއޯ ގޭމް ނުވަތަ އިލެކްޓްރޯނިކް ގޭމް" ކަމަށް ބުނެފައި އެވަނީ، ކޮމްޕިއުޓަރ ގޭމްތަކާއި، ސީޑީތައް ނުވަތަ އެހެންވެސް އިލެކްޓްރޯނިކް ވަސީލަތެއް ބޭނުންކޮށްގެން ކުޅޭ ތަފާތު ގޭމްތަކަށެވެ.
"ވެހިކަލް ކެޕޭސިޓީ" ކަމަށް ބުނެފައި އެވަނީ، ރަށެއްގެ ޖުމުލަ ލޭން މީޓަރަށާއި ލިބެންހުރި ޕާކިންގ އޭރިއާއަށް ބަލައި، އެ ރަށެއްގައި ގިނަވެގެން ބޭނުންކުރެވޭނެ އުޅަނދުތަކުގެ އަދަދުކަމަށް ކަނޑައަޅާ އަދަދަށެވެ.
"ވެށްޓަށް އަންނަމުންދާ ބަދަލުތައް ދެނެގަތުން" ކަމަށް ބުނެފައި އެވަނީ، މަށްރޫއާ ގުޅިގެން ގުދުރަތީ ވެށްޓަށް އަންނަމުންދާ ބަދަލުތައް ސައިންޓިފިކް އުސޫލުތަކުގެ މަތިން ބަލައި، ވަޒަންކޮށް ދެނެގަނެ ރިކޯޑުތައް ބެލެހެއްޓުމަށެވެ.
"ވެންޓިލޭށަން ށެޑިއުލް" ކަމަށް ބުނެފައި އެވަނީ އިމާރާތެއްގައި ވައިދައުރުކުރަންޖެހޭނެކަމަށް ޕްލޭނިންގ ގަވާއިދަކުން ނުވަތަ ބިލްޑިންގ ކޯޑުން ކަނޑައަޅާފައިވާ ޖާގަތަކާއި އެ ޖާގަތަކުގެ ބޮޑުމިން (އަކަމީޓަރުން) އާއި އެ ޖާގަތަކުގައި ވައިދައުރުކުރުމަށްޓަކައި ހިމަނާފައިވާ ހުޅުވުންތަކުގެ ނަންބަރުތަކާއި އެ ހުޅުވުންތަކުގެ ބޮޑު މިނާއި އެ ހުޅުވުންތަކުން ވައިދައުރުވާ އިން ސައްތަ އަންގައިދޭ ތާވަލަކަށެވެ.
"ވެރިފަރާތް" ކަމަށް ބުނެފައި އެވަނ،ީ ވެރިފަރާތުގެ ވާޖިބުތަކާއި ޒިންމާތައް އަދާކުރާ ނުވަތަ ވެރިފަރާތުގެ ހައްގު ލިބިގެންވާކަމަށް ބުނ،ާ ނުވަތަ އެ މީހެއްގެ އަމިއްލަ ހައިސިއްޔަތުން ނުވަތަ އެހެން މީހެއްގެ ފަރާތުން ކަމުގައި ވިޔަސް، ވެރިފަރާތުގެ ބާރުތަކާއި ވާޖިބުތައް އަދާކުރުމުގެ އިލްތިޒާމުތައް ގަބޫލުކުރާ ފަރާތާއ،ި ވެރިފަރާތާ އެހެން ފަރާތަކާ ގުޅިފައިވާ ފަރާތް ނުވަތަ ފަރާތްތައް، ނުވަތަ ގާނޫނީ ށަހްސެއްގެ މެނޭޖަރަށް، ނުވަތަ ޑިރެކްޓަރަށ،ް ނުވަތަ ސެކްރެޓަރީއަށެވެ.
"ވެރިފަރާތް" ކަމަށް ބުނެފައި އެވަނީ، ދިރިއުޅޭ ތަނެއްކަމުގައި ބެލޭ ތަނެއް، އެ މީހާގެ ބެލުމުގެ ދަށުގައިވާ މީހާއާއި، އެ ތަނެއްގައި ދިރިއުޅޭ މީހާއާއި، އެ ތަނަކަށް ޒިންމާ އުފުލަންޖެހޭ މީހާއާއި، އެތަނެއް ކޮންޓްރޯލުކުރުމުގެ ބާރު ލިބިގެންވާ މީހާއާއި، އެ ތަނެއްގައި ހިނގާ ހަރަކާތްތަކާއި އެ ތަނެއްގެ ހާލަތު ކޮންޓްރޯލު ުކރުމުގެ ބާރު ލިބިގެންވާ މީހާއާއި، އެ ތަނަށް ވަދެ އެ ތަނެއްގައި ތިބުމުގެ ހުއްދަ ލިބިގެންވާ މީހުންނަށެވެ.