ގާނޫނީ ރަދީފު
"އަމިއްލަ މަސައްކަތްކުރާ ފަރާތް" ކަމަށް ބުނެފައި އެވަނީީ،އެފަރާތެއްގެ ވަޒީފާގައެ މުވައްޒަފުން ގެންގުޅުނުކަމުގައި ވިޔަސް ނުވަތަ ނުގެންގުޅުނުކަމުގައި ވިޔަސް، އެއްބަސްވުމެއްގެ ދަށުން ނޫންގޮތަކަށް މަންފާއެއް ހާސިލުކުރުމަށް މަސައްކަތްކުރާ ފަރާތްތަކަށެވެ.
"އަމިއްލަ ފަރާތްތަކުގެ ރުއްގަސް" ކަމަށް ބުނެފައި އެވަނީ، އަމިއްލަ މީސްމީހުންގެ ބިންބިމުގައި ހުންނަ ރުއްގަހާއި ބަންޑާރަ ބިންބިމުގައި ހުންނަ އަމިއްލަ މީހުންގެ ރުއްގަހަށެވެ. އެހެންނަމަވެސް، ދިގު މުއްދަތަށް ކުއްޔަށް ހިފާ ބިންބިމުގައި ހުންނަ ރުއްގަހާއި ހައްދާ ރުއްގަސް މީގެ ތެރެޔަކު ނުހިމެނެއެވެ.
"އަމިއްލަ ތަންތަން" ކަމަށް ބުނުފައި އެވަނީ، މީހެއްގެ ނަމުގައި ރަޖިސްޓަރީކުރެވިގެންވާ ގޯއްޗާއި، ގެއާއި، ބިމާއި، އިމާރާތާއި، މީހުން ދިރިއުޅުމަށް ބޭނުންކުރާ ގޭގެއަށާއި ގޭބިސީއަށާއި އޮފީހަށާއި، ވަކި އިދާރާއަކުން ވަކި އުސޫލަކުން ވަކި ބައެއް ބޭނުންކުރަން ދޫކޮށްފައިވާ ގޯއްޗާއި އިމާރާތާއި ހޯލާއި މައިދާންތަކަށެވެ.