ގާނޫނީ ރަދީފު
"އަވަސްނިޔާގެ މައްސަލަތަކުގެ ޓްރެކް" ކަމަށް ބުނެފައި އެވަނީ، އާންމު އުސޫލުން 300،000 (ތިންލައްކަ) ރުފިޔާއާއި 1،000،000 (އެއްމިލިއަން) ރުފިޔާއާ ދެމެދުގެ އަދަދެއްގެ ފައިސާ ހިމެނޭ ، ށަރީއަތުގެ މަރުހަލާތައް ފުރިހަމަކުރާނެ ވަގުތު ކަނޑައެޅިގެން، އަދި އެ މަރުހަލާތައް އަވަހަށް ނިންމުމަށް ބާރުއަޅައިދޭއިޖުރާއަތުތަކެއް ކަނޑައެޅިގެން މައްސަލަތައް ކުރިއަށްގެންދެވ ޓްރެކަށެވެ.
"އަމަލީ ގޮތުން ޔަފީންކުރެވޭ މިންވަރަށް" ކުށް ސާބިތުވުން ކަމަށް ބުނެފައި އެވަނީ، ހެކީގެ މިންގަނޑުތަކުގެ އެންމެ މަތީ ދަރަޖައިގެ ހެކިބަހުން ސާބިތުވާ ސާބިތުވުމަށެވެ. އަދި އެ މިންގަނޑުން ކޮށްދޭ ކަމަކީ ސާބިތުކުރުމަށް ބޭނުންވާކަމުގެ ތެދުކަމާމެދު އެކަށީގެން ނުވާ ގޮތުގައި އެއްވެސް ށައްކެއް އުފެދޭނެ ފުރުސަތެއް ނުދިނުމެވެ
"އަމިއްލަ ނުވަތަ ގޭބިސީގައި ބޭނުންކުރާ އެއްޗެހި" ކަމަށް ބުނެފައި އެވަނީ، އަމިއްލަ ފަރުދެއްގެ މިލްކިއްޔާތުގައިވާ، އާންމު ދިރިއުޅުމުގައި ބޭނުންކުރާ ދިރޭއެއްޗެހި ނުވަތަ އެއިން އެއްޗެއްގެ ބައެއް ނުވަތަ، އެއިން އެއްޗެއްގެ އުފެއްދުމަށެވެ.
"އަމިއްލަ ބިން" ކަމަށް ބުނެފައި އެވަނީ، ބިން އަމިއްލަކުރާ ފަރާތަކުން ދައުލަތަށް އެ ބިމުގެ އަގު ދައްކައި އަމިއްލަކޮށްފައިވާ ބިންތަކަށެވެ.
"އަމިއްލަ ބޭނުމަށް" ކަމަށް ބުނެފައި އެވަނ،ީ ސިޓީއެއްގައި ނުވަތަ ރަށެއްގައި ފެނުގެ ނިޒާމެއް ނުވަތަ ނަރުދަމާގެ ނިޒާމެއް ގާއިމްކޮށް ހިދުމަތްދޭ ފަރާތުން އެ ނިޒާމަކުން އިތުރު ބޭނުންތަކަށް ހިދުމަތް ނުދެވޭ ހާލަތުގައި ނުވަތަ ފެނުގެ ނިޒާމު ނުވަތަ ނަރުދަމާގެ ނިޒާމު ގާއިމްކޮށްފައިނުވާ ހާލަތުގައި ފެން އުފެއްދުމަށާއި ނަޖިހާއި ނަޖިސްފެން ނައްތައިލާ ނިޒާމު ގާއިމްކުރުމަށެވެ.
(ތ) "އަމިއްލަ ބޭނުމަށް" ކަމަށް ބުނެފައި އެވަނީ، ގޭބީސީތަކުގެ ޒަރޫރީ ބޭނުންތަކަށް ފެން ބޭނުންކުރުމަށެވެ.