ގާނޫނީ ރަދީފު
"ބިލް އޮފް އެކްސްޗޭންޖް" ކަމަށް ބުނެފައި އެވަނީ އެއްފަރާތުން އަނެއް ފަރާތަށް އެޑްރެސްކޮށް، އެ ލިޔުން ރައްދުވާހިނދު، ނުވަތަ ކަނޑައެޅިފައިވާ ދުވަހެއްގައި، ނުވަތަ ވަކި މުއްދަތެއްގެ ތެރޭގައި އެލިޔުމުގައި ފައިސާ ލިބެންވީ ފަރާތެއްގެ ނަން ކަނޑައެޅި ލިޔެވިފައި، އެފަރާތަކަށް ނުވަތަ އެފަރާތުގެ އަމުރަށް، ނުވަތަ ލިޔުން ހުށަހަޅާ ކޮންމެ ފަރާތަކަށް އެލިޔުމުގައިވާ އަދަދެއް ށަރުތަކާ ނުލައި ފައިސާއިން އަދާކުރުމަށް ލިޔެ ފޮނުވާ ލިޔުމަށެވެ.
"ބިލްޑިންގ ކޯޑު" ކަމަށް ބުނެފައި އެވަނީ، އިމާރާތްކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ކުރެހުންތަކާއި ތަފްސީލުތަކާއި، ގާނޫނުގެ ދަށުން ކުރާ އިމާރާތްތަކުގެ މަސައްކަތްތަކާއި، އިމާރަތްތަކުގައި ހުންނަންވީ މިންގަނޑު ހިމަނާ އެކުލަވާލައި ގަވާއިދަށެވެ.
"ބިލްޑިންގ ކޯޑު" ކަމަށް ބުނެފައި އެވަނީ، އިމާރާތްކުރުމުގައި ގެންގުޅެންވީ މިންގަނޑުތައް ބަޔާންކޮށް އެކުލަވަ އިލެވޭ ގަވާއިދަށެވެ.
"ބިލްޑިންގ އިންސްޕެކްޓަރ" ކަމަށް ބުނެފައި އެވަނީ، އިމާރާތްކުރުމުގެ ދާއިރާގައިމަސައްކަތްކުރާ ފަންނުވެރިންގެ ގަވާއިދުގެ ދަށުން، އިމާރާތްކުރުމުގެ މަސައްކަތްތަކުގެ ތެރެއިން ވަކި މަސައްކަތްތަކެއް ކޮށްފައިވަނީ ފާސްކޮށްފައިވާ ކުރެހުމާއި އެއްގޮތަށްތޯ ބެލުމުގެ މަސައްކަތް ކުރެވޭ ކެޓެގަރީއެއްގައި ރެޖިސްޓަރ ވެފައިވާ ފަރާތަކަށެވެ.
"ބިލްޑިންގ ޑިޒައިނަރޒް ރަޖިސްޓަރީ" ކަމަށް ބުނެފައި އެވަނީ، ތިރީގައިވާ ފަންނުވެރިންގެ މައުލޫމާތުތައް އާންމުކުރުމަށް އެކުލަވައިލައި އާންމުކޮށްފައިވާ ދަފުތަރަށެވެ.
- ލައިސަންސްޑް އާކިޓެކްޓުން؛
- ލައިސަންސްޑް އިންޖިނިއަރުން؛
"ބިޒްނަސް އެކްޓިވިޓީ" ކަމަށް ބުނެފައި އެވަނީ، މަސައްކަތުގެ ބާވަތަށެވެ.
"ބިޔަ މަށްރޫއު (މެގަ ޕްރޮޖެކްޓް)" ކަމަށް ބުނެފައި އެވަނީ، ވަޒީރުންގެ މަޖިލިސް ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއެއްގެ މަށްވަރާގެ މަތިން އެ މަށްރޫޢަކީ ބިޔަ މަށްރޫޢެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މަށްރޫއުތަކަށެވެ.
"ބެނިފިށަރީ" ކަމަށް ބުނެފައިއެވަނީ، މި ގާނޫނުގެ ދަށުން ސްކީމްގައި ބައިވެރިވެފައިވާ މީހަކަށް ލިބިފައިވާ ހައްގުގެ ދަށުން ސްކީމްގެ ފައިސާ ލިބުން ހައްގުވާ އަދި ވާރުތަ މުދަލާއި ބެހޭ ގާނޫނުގެ ދަށުން އެފަރާތެއްގެ ވާރުތަވެރިންނަށެވެ.