ގާނޫނީ ރަދީފު
"ބްރީޗް އޮފް އެކެޑަކިމް އިންޓެގްރިޓީ" ނުވަތަ "އިލްމީ ނަޒާހަތްތެރިކަމާ ހިލާފުވުން" ކަމަށް ބުނެފައި އެވަނީ، ތައުލީމީ މަސައްކަތްތައް ހުށަހެޅުމުގައި އެހެން ފަރާތެއްގެ މަސައްކަތަކީ ތިމާގެ އަމިއްލަ މަސައްކަތް ކަމުގައި ދެއްކުން، ނުވަތަ މަކަރުހެދުން، ނުވަތަ އެނޫންވެސް ދޮގުވެރި އަމަލެއް ކުރުމަށް ނުވަތަ ސުލޫކާ ހިލާފު އަމަލެއް ކުރުމަށެވެ.
"ބްރޯޑްކާސްޓް ކުރުން" ކަމަށް ބުނެފައި އެވަނީ، އެއްވެސް ވަސީލަތެއް ބޭނުންކޮށްގެން، އާންމުކޮށް ނުވަތަ ވަކި ބަޔަކަށް އަމާޒުކޮށް، އަޑާއި މަންޒަރު ނުވަތަ އަޑު ނުވަތަ މަންޒަރު ދުރަށް ފެތުރުމަށެވެ. ނަމަވެސް، އާންމު ތަނެއްގައި ބަޔަކަށް ދައްކައިލުމުގެ ބޭނުމުގައި ނުވަތަ އިއްވުމުގެ ބޭނުމުގައި އަޑާއި މަންޒަރު ހުށަހެޅުން މި މާނައިން އިސްތިސްނާވެގެންވެއެވެ.
"ބްރޯޑްކާސްޓްކުރާ ސްޓޭށަން" ނުވަތަ "ސްޓޭށަން" ކަމަށް ބުނެފައި އެވަނީ،މި ގަވާއިދުގެ ދަށުން ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް ދޫކޮށްފައިވާ ފަރާތުން ގާއިމުކޮށްފައިވާ ބްރޯޑްކާސްޓް ކުރުމުގެ މަސައްކަތް ހިންގާ މަރުކަޒަށެވެ.
"ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގައި ބްރޯޑްކާސްޓްކުރުމަށް ކޮމިށަނުން ދޫކުރާ ލައިސަންސަށެވެ.