ގާނޫނީ ރަދީފު
"ބޮޑު ގަހެއް" ކަމުގައި ބުނެފައި އެވަނީ، ކަމާބެހޭ އިދާރާއިން ރުއްގަސް ކެނޑުމާއި އުފުރުމާއި، ކޮނެގެން ނެގުން އަދި އެއްރަށުން އަނެއް ރަށަށް ގެންދިޔުމާބެހޭ ގޮތުން އެކުލަވައިލައިފައިވާ ގަވާއިދުގައި "ބޮޑު ގަހެއް" ކަމުގައި ބަލާ މިންގަނޑަށް ފެތޭ ގަސްގަހަށެވެ.
"ބޮޑު ގަހެއް" ކަމުގައި ބުނެފައި އެވަނީ، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓ،ް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީން 4 ޖޫން 2022 ގައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކޮށްފައިވާ ގަވާއިދު ނަންބަރު 2022-92 (ދިވެހިރާއްޖޭގެ ރަށްތަކުގެ ފެހިކަމާއި ގަސްކަރަ ހިމާޔަތްކޮށް ބެލެހެއްޓުމާބެހޭ ގަވާއިދު) ގައި "ބޮޑު ގަހެއް" ކަމުގައި ބަލާ މިންގަނޑަށް ފެތޭ ގަސްގަހަށެވެ.
"ބޮޑެތި މައްސަލަތަކުގެ ޓްރެކް" ކަމަށް ބުނެފައި އެވަނީ، އާންމު އުސޫލުން 1،00،000 (އެއްމިލިއަން) ރުފިޔާއަށްވުރެ މަތީ އަދަދެއްގެ ފައިސާ ހިމެނޭ ، ކުދި މައްސަލަތަކުގެ ޓްރެކާއި އަވަސްނިޔާ މައްސަލަތަކުގެ ޓްރެކުން ނުބެލ ނެ އެންމެހައި މައްސަލަތައް ބަލާ ޓްރެކަށެވެ.
"ބޮޓެނިކަލް ޕެސްޓިސައިޑް" ކަމަށް ބުނެފައި އެވަނީ، ގަސްގަހާގެހީގެ އަސްލުން ތައްޔާރުކުރާ ގުދުރަތީ ޕެސްޓިސައިޑަށެވެ.
"ބޯހިޔާވަހިކަން" ކަމަށް ބުނެފައި އެ ވަނީ، އެ ފަރާތުގެ ނަމުގައި ރަޖިސްޓަރީވެފައިވާ ބަންޑާރަ ގޯއްޗެއްގައި، ނުވަތަ އަމިއްލަ ގޯއްޗެއްގައި، ނުވަތަ ބަންޑާރަ ގޯއްޗެއްގައި ނުވަތަ އަމިއްލަ ގޯއްޗެއްގައި ހިމެނޭ އިމާރާތެއް، ނުވަތަ އެއްމެދު އިމާރާތެއްގެ ފްލެޓެއް ހިމެނޭގޮތުންނެވެ.
"ބޯންމެރޯ" ކަމަށް ބުނެފައި އެވަނީ، އިންސާނާގެ ކަށީގެ ކެވިޓީގެ ތެރޭގައި ހުންނަ މަޑު މެޓީރިއަލަށެވެ.
"ބޯރުދޫ" ކަމަށް ބުނެފައި އެވަނީ، މައިތައްޓުން މައްޗަށް އުސްކޮށް ޖަހައިފައި ހުންނަ ފަށްގަނޑަށެވެ.
"ބޯވެލް" ކަމަށް ބުނެފައި އެވަނީ، ބިމުން ފެން ނެގުމަށްޓަކައި ބިމުގެ ފެން ފަށަލަ ތޮރުފައިގެން އަޅާ ލޯވަޅަށެވެ.
"ބޯޑިންގ ހައުސް" ކަމަށް ބުނެފައި އެވަނީ، ކަނޑައެޅިފައިވާ ވަކި އަގަކަށް، ކަނޑައެޅިފައިވާ މުއްދަތަކަށް، ގޭގެއާންމު ތަންތަން ބޭނުންކުރެވޭގޮތަށް، ހުރުމާއި، ކެއިންބުއިމާއި ދިރިއުޅުމަށް ބޭނުންވާ އެހެނިހެން އަސާސީ ހިދުމަތް ފޯރުކޮށްދޭ ގެއަކަށެވެ.
"ބޯޑިންގ ހައުސް" ކަމަށް ބުނެފައި އެވަނީ، ކަނޑައެޅިފައިވާ ވަކި އަގަކަށް، އަދި ކަނޑައެޅިފައިވާ ވަކި މުއްދަތަކަށް، ގޭގެ އާންމު ތަންތަން ބޭނުންކުރެވޭ ގޮތަށްހުރުމާއި، ކެއިންބުއިމާއި ދިރިއުޅުމަށް ބޭނުންވާ އަސާސީ އެހެނިހެން ހިދުމަތް ފޯރުކޮށްދޭ ގެއަކަށެވެ.