ގާނޫނީ ރަދީފު
"މަސައްކަތާ ގުޅުންހުރި ބަލި" ކަމަށް ބުނެފައި އެވަނީީ، މަސައްކަތުގެ ތިރީގައި ހުށަހެޅުުނު ނުރައްކަލެއްގެ ސަބަބުން ޖެހުނު ނުވަތަ ފެތުރުނުބައްޔަށެވެ.
"މަސައްކަތުގައި" ކަމަށް ބުނެފައި އެވަނީ:
- މުވައްޒަފަކާ ގުޅޭގޮތުންނަމަ، ކޮންމެ ތަނެއްގައި މަސައްކަތްކުރި ނަމަވެސް، ވަޒީފާދޭ ފަރާތުގެ ވިޔަފާރި ނުވަތަ މަސައްކަތާ ގުޅޭގޮތުން މަސައްކަތުގައި ހޭދަކުރާ ކޮންމެ ވަގުތެއް؛
- އަމިއްލަ މަސައްކަތްކުރާ ފަރާތަކާ ގުޅޭގޮތުންނަމަ، ކޮންމެ ތަނެއްގައި މަސައްކަތްކުރ ނަމަވެސް، އަމިއްލަ މަސައްކަތްކުރާ ފަރާތެއްގެ ހައިސިއްޔަތުން މަސައްކަތުގައި ހޭދަކުރާ ކޮންމެ ވަގުތެއް؛
- ބުނެވިދިޔަ ފަރާތްތައް ނޫން ފަރާތްނަމަ، ކޮންމެ ތަނެއްގައި މަސައްކަތްކުރ ނަމަވެސް، އެފަރާތާ އެ މަސައްކަތް ހަވާލުކުރި ފަރާތުގެ އިރުށާދުގެ ދަށުން މަސައްކަތުގައި ހޭދަކުރާ ކޮންމެ ވަގުތެއް.
"މަސައްކަތުގެ ފަންނީ އަހުލާގު" ކަމަށް ބުނެފައި އެވަނީ، އުނގެނުމާއި އުނގަންނައިދިނުމާ ގުޅޭގޮތުންނާއި ދަރިވަރުންނާގުޅޭ އެކިއެކި ކަންކަން ކުރުމުގައި މުދައްރިސެއްގެ ކިބައިގައި ހުންނަންޖެހޭ މައުލޫމާތާއި، ސިފަތަކާއި، ހުނަރުތަކާއި، އާދަތަކާއި، ދަރިވަރުންނާމެދު މުދައްރިސެއްގެ އަމަލުތައް ބަހައްޓަންވީ ގޮތާއި މުއާމަލާތު ކުރަންވީ ގޮތަށެވެ.
"މަސައްކަތުގެ ދާއިރާ" ކަމަށް ބުނެފައި އެވަނީ، އާމްދަނީ ހޯދުމަށް ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ މަސައްކަތުގެ ދާއިރާ ނުވަތަ އޮކިއުޕޭށަނަށެވެ.
"މަސައްކަތުގެ ދާއިރާ" ކަމަށް ބުނެފައި އެވަނީ، ކުޑަކުދިންގެ ހައްގުތައް ރައްކައުތެރިކޮށްދިނުމުގައި ހަރަކާތްތެރިވާ މުވައްޒަފަކު، އޭނާގެ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން ކުރަންޖެހޭ ކަންކަމަށެވެ
"މަސައްކަތް" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ ބަޖެޓުގައި ޕީ.އެސް.އައި.ޕީ.އެއްގެ ގޮތުގައި ކަނޑައަޅައިފައިވާ ވަކިވަކި މަސައްކަތްތަކަށެވެ. ނަމަވެސް، އެއް މަށްރޫއެއްގެ ގޮތުގައި އެއް އިއުލާނަކުން ވަކި ރަށެއްގައި ގާއިމުކުރާ މަސައްކަތްތައް ބަލާނީ، އެއް މަސައްކަތެއްގެ ގޮތުގައެވެ.
"މަސައްކަތް ކުރާ ފަރާތް" ކަމަށް ބުނެފައި އެވަނީ މަސައްކަތެއް ކޮންޓްރެކްޓެއްގެ ދަށުން އަމަލީގޮތުން މަސައްކަތް ތަންފީޒުކުރުމަށް ހަވާލުވެފައިވާ ފަރާތެވެ.
"މަސައްކަތްކުރާ ފަރާތް" ކަމަށް ބުނެފައި އެވަނީ، އެއްވެސް ފަރާތެއްގެ މުވައްޒަފެއް ނުވަތަ އެއްވެސް ފަރާތެއްގެ ވަޒީފާއެއްގައ ހޯދުމަށް މަސައްކަތްކުރާ ފަރާތްތަކަށެވެ.
"މަސައްކަތްކުރާ ތަން" ކަމަށް ބުނެފައި އެވަނީ، ވަރކްޕްލޭސް ބަރގެއިނިންގގައި ބައިވެރިވާ ނުވަތަ ތަމްސީލުކުރާ ނުވަތަ އެނޫންވެސް މަސައްކަތްތެރިން އާންމުކޮށް ވަޒީފާ އަދާކުރާ ތަނަށެވެ.