ގާނޫނީ ރަދީފު
"ވިލަރެސް ކޮމިޓީ" ކަމުގައި ބުނެފައި ވަނީ، ރެކްރޫޓްމަންޓުގެ މަސައްކަތްތައް ހިނގާ ނުހިނގާ ގޮތް ބަލައި ވިލަރެސްކުރުމަށް މި އުސޫލުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކޮމިޓީއަށެވެ.
"ވިލަރެސް ކޮމެޓީ" ކަމުގައި ބުނެފައި އެވަނީ، ރެކްރޫޓްމަންޓުގެ މަސައްކަތްތައް ހިނގާނުހިނގާގޮތް ބަލައި ވިލަރެސްކުރުމަށް “ފަންނީ ބިދޭސީ މުވައްޒަފުން ރެކްރޫޓްކުރުމުގެ މަސައްކަތް ވިލަރެސްކުރާ ކޮމިޓީ” ނަމުގައި އުފައްދައިފައިވާ ކޮމެޓީއަށެވެ.
"ވިސްލްބްލޯކުރުން" ކަމަށް ބުނެފައި އެވަނީ، ކާކުކަން ނޭނގޭގޮތަށް މައްސަލަ ހުށަހެޅުމަށެވެ.
"ވިޒިޓަރ ސެންޓަރ" ކަމަށް ބުނެފައި އެވަނީ، ހިމާޔަތްކޮށްފައިވާ ސަރަހައްދަށް ޒިޔާރާތްކުރާ ފަރާތްތަކާ ގުޅޭގޮތުން ރަސްމީގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް މި ގަވާއިދުގެ ދަށުން މި ސަރަހައްދުގައި ގާއިމުކޮށްފައިވާ މަރުކަޒަށެވެ. އަދި މި ގަވާއިދުގެ ބޭނުމަށްޓަކައި ހިމާޔަތްކޮށްފައިވާ ސަރަހައްދުގައި ހަދާފައިވާ ވިއުޕޮއިންޓްތަކާއި ބޯޑްވޯކްތަކާއި، ރޭންޖަރ ހަޓުތަކަކީ ވިޒިޓަރ ސެންޓަރުގެ ބައެކެވެ.
"ވިޒުއަލް" ކަމަށް ބުނެފައި އެވަނީ، އިލެކްޓްރޯނިކް ވަސީލަތެއް ބޭނުންކޮށްގެން ނުވަތަ މެދުވެރިކޮށްގެން ދައްކާ މަންޒަރަށެވެ.
"ވިޔަ މޮޑިއުލް" ކަމަށް ބުނެފައި އެވަނީ، ކައުންސިލްތަކުގެ ފައިސާއާއި ބަޖެޓާއި ހަރަދުތަކާ ގުޅޭ ކަންކަން ބެލެހެއްޓުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީން އެކުލަލައިފައިފައިވާ ނިޒާމަށެވެ.
"ވިޔަ މޮޑިއުލް" ކަމަށް ބުނެފައި އެވަނީ، ކައުންސިލުތަކުގެ މާލީ ކަންކަން ބެލެހެއްޓުމަށް އެކުލަވައިލައި ފައިވާ ޕޯޓަލްއަށެވެ.