ގާނޫނީ ރަދީފު
"ރިފަރަލް ލެބޯޓަރީ" ކަމަށް ބުނެފައި އެވަނީ، ނޭށަނަލް ހެލްތު ލެބޯޓަރީން ލިބެން ނެތް ހިދުމަތްތައް ހޯދުމަށް ގާނޫނު ނަންބަރު 2024-06 (ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނު) ގެ 21 ވަނަ މާއްދާގެ ދަށުން ކަނޑައަޅާ ދިވެހިރާއްޖޭގެ ނުވަތަ ދިވެހިރާއްޖެއިން ބޭރުގެ ލެބޯޓަރީ ތަކަށެވެ.
"ރިލަޔަންސް" ކަމަށް ބުނެފައި އެވަނީ، ބޭސް ރަޖިސްޓަރީ ކުރުމުގައި ދުނިޔޭގެ ސިއްހީަތު ޖަމުއިއްޔާއިން އިތުބާރު ހޯދައިފައިވާ ވަރުގަދަ ރެގިއުލޭޓަރީ އޮތޯރިޓީ ތަކުން އިވަލޭޓްކޮށް ރަޖިސްޓަރީ ކޮށްފައިވާ އުފެއްދުންތައް ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކުރުމުގައި ފުރިހަމަ އިވެލުއޭށަން ތަކުރާރުކުރުމުގެ ބަދަލުގައި، އިތުބާރުކުރެވޭ ގައުމުތަކުގެ ގޮތުގައި ބަލައިގަންނަ ރެގިއުލޭޓަރީ އޮތޯރިޓީ ތަކަށް ބަރޯސާވުމަށެވެ.
"ރިލޭށަން ހެދުން" ކަމަށް ބުނެފައި އެވަނީ، ވަޒީފާދޭ ފަރާތާއި އެ ފަރާތުން ކަނޑައަޅާ ރެޕްރެޒެންޓޭޓިވްއަކަށް އެ ފަރާތުން ވަޒީފާދޭ ފަރާތް ތަމްސީލުކުރުމުގެ ބާރު ދިނުމަށެވެ.
"ރިސިޕްޓް ނޯޓިސް" ކަމަށް ބުނެފައި އެވަނީ، ސްޓޭޓްމަންޓް އޮފް ޕެންށަން ކޮންޓްރިބިއުށަންސް ހުށަހެޅުމުން ވަޒީފާދޭ ފަރާތަށް، ޕެންށަން އޮފީހުންދޭ ނޯޓިހަށެވެ. މި ނޯޓިހުގައި، އެ ހުށަހެޅުން ގަބޫލު ކުރިކަން ނުވަތަ ނޫންކަމާއި، ވަޒީފާ ދޭފަރާތުގެ މަޢުލޫމާތާއި ވަޒީފާ އަދާކުރާ ފަރާތްތަކުގެ މަޢުލޫމާތާއި، (ވަޒީފާ ދޭފަރާތުން ބަޔާންކޮށްފައިވާ ގޮތަށް)، އަދި އެ ހުށަހެޅުމާގުޅިގެން ސްކީމަށް ފައިސާ ދައްކަން ޖެހޭނަމަ ޕޭމަންޓް ވައުޗަރެއް ހިމެނޭނެއެވެ.
"ރިސީވަރު" ކަމަށް ބުނެފައި އެވަނީ، އަރަންޏަށްވުރެ ދަރަނި ގިނަވެފައިވާ އިންށުއަރެންސް ކުންފުންޏެއްގެ އެސެޓްތައް ވިއްކުމަށާއި، ވިއްކައިގެން ލިބޭ ފައިސާއިން، މި ގާނޫނުގައި އިސްކަންދީފައިވާ ތަރުތީބުން ދަރަނިތައް ހަލާސްކުރުމުގެ މަސައްކަތްކުރުމަށް އޮތޯރިޓީން އައްޔަންކުރާ ފަރާތަކަށެވެ.
"ރިސެޕްށަން" ކަމަށް ބުނެފައިއެވަނީ، ގެސްޓުންނަށް މައުލޫމާތު ދިނުމަށް ބޭނުންކުރެވޭ ކައުންޓަރ ނުވަތަ މޭޒުލާފައި ހުންނަ ތަނަށެވެ.
"ރިސެޕްށަން" ކަމަށް ބުނެފައި އެވަނީ، ގެސްޓުންނަށް މައުލޫމާތު ދިނުމަށް ބޭނުންކުރެވޭ ކައުންޓަރ ނުވަތަ މޭޒު ލާފައި ހުންނަ ތަނަށެވެ.
"ރިސްކް އެނަލިސިސް" ކަމަށް ބުނެފައި އެވަނީ، ޓެކުހާ ގުޅޭ އިލްތިޒާމްތައް ފުރިހަމަކުރުމުގައި އެއްވެސް ފަރާތަކުން ނުރަނގަޅު ކަންތައްތަކެއް ކޮށްފައިވާކަމަށް ނުވަތަ ކުރަމުންދާކަމަށް މީރާއަށް ލިބޭ މަޢުލޫމާތަށް ބިނާކޮށް،އެ ކަމެއް އިތުރަށް ބަލައި ވަޒަންކުރުމުގެގޮތުން ކުރާ ތަހުލީލަށެވެ.
"ރިސްކް އެސެސްމަންޓް" ކަމަށް ބުނެފައިއެވަނީ، މީހެއްގެ ފަރާތުން ކުރިމަތިވެދާނެ ނުރައްކަލާއި ގެއްލުން ދެނެގަތުމަށްޓަކައި ބަލާ ބެލުންތަކެއްގެ ތެރެއިން، އެ މީހަކީ ކިހާ ނުރައްކައުތެރި މީހެއްކަން ނުވަތަ ގެއްލުމެއް ދީފާނެ މީހެއްކަން ކަނޑައެޅުމަށް ކުރެވޭ މަސައްކަތަށެވެ.
"ރިސްކް އެސެސްމަންޓް" ކަމަށް ބުނެފައި އެވަނީ، ދިމާވާ ސިއްހީ ކުއްލި ނުރައްކަލެއް ނުވަތަ ނުރައްކާތެރި ބައްޔެއް ފެތުރުމުގެ ހާލަތުން، ކުރިމަތިވާނެ ނުރައްކާތެރިކަމާއި ލޮޅުންތަކާއި ހުރި ގޮންޖެހުންތައް ދެނެގަތުމަށް ކުރެވޭ ދިރާސާއަށެވެ.