gaanoon_logo
-
ޕޮލިސް ރެކޯޑު
"ޕޮލިސް ރެކޯޑު" ކަމަށް ބުނެފައިއެވަނީ، މީހެއްގެ މައްޗަށް ސާބިތުވެފައިވާ ކުށާގުޅޭގޮތުން ނުވަތަ އުފުލިފައިވާ ދައުވާއާ ގުޅޭގޮތުން ނުވަތަ ކުރަމުންދާ ނުވަތަ ކުރެވިފައިވާ ތަހްގީގާ ގުޅޭގޮތުން ފުލުހުން ބަލަހައްޓަމުންދާ މައުލޫމާތަށެވެ.
ޕޮލިސް ކޮންސޯލް

"ޕޮލިސް ކޮންސޯލް" ކަމުގައި ބުނެފައި އެވަނީ، ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މާއްދީހެކި ވައިގެމަގުން އެއްތަނުން އަނެއްތަނަށް ގެންދިޔުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 106/2020) ގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާގޮތަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތަހުގީގުކުރާ، މައްސަލަތަކުގައި ހިމެނޭ މާއްދީހެކި، ލިޔެކިޔުން އަދި އެހެނިހެން ތަކެތީގެ ތެރެއިން ހެކީގެގޮތުގައި ބެލެވޭ އެންމެހައި ތަކެއްޗާއި، އެއާގުޅޭ އެންމެހައި ލިޔެކިޔުންތަކެވެ.

ޕޮލިސް އެކަޑަމީ

"ޕޮލިސް އެކަޑަމީ" ކަމަށް ބުނެފައިއެވަނީ ފުލުހުންނަށް ދޭ ތަމްރީން ރާވާހިންގާ ބަލަހައްޓާ ފަރާތަށެވެ.

ޕޮލިސް ލައިންއަޕް
"ޕޮލިސް ލައިންއަޕް" ކަމަށް ބުނެފައިއެވަނީ، ކުށުގެ ތުހުމަތުކުރެވޭ ފަރާތް ދެނެގަތުމަށާއި ވަކި ކުށެއްކުރީ ވަކިމީހަކުކަމަށް ހެކިބަސްދޭ މީހުންގެ ހެކިބަހުން ފާހަގަކުރާ ފަރާތް ދެނެގަތުމަށްޓަކައި އެ ހެކިބަސްދޭ މީހާ ފާހަގަކުރާ ސިފަތައް ހުރި ނުވަތަ އެ ސިފަތަކާ ގާތްކުރާ ސިފަތަކެއް ހުރި ބަޔަކު ވަކި ތަރުތީބަކުން އަތުރައި، އެގޮތަށް އަތުރާފައި ތިބޭ ބައެއްގެ ތެރެއިން ހެކިބަސްދޭ މީހާ ކުށުގެ ތުހުމަތުކުރާ ފަރާތް ފާހަގަކޮށްދިނުމަށެވެ.
ޕޮލިޓިކަލީ އެކްސްޕޯސްޑް ޕަރސަން
"ޕޮލިޓިކަލީ އެކްސްޕޯސްޑް ޕަރސަން" ކަމަށް ބުނެފައިއެވަނީ، ދައުލަތުގެ މުހިންމު ޒިންމާއެއް ދިވެހިރާއްޖޭގައި ނުވަތަ ބޭރު ގައުމެއްގައި އަދާކުރުމަށް އައްޔަންކުރެވިފައިވާ ކޮންމެ ފަރާތަކަށެވެ. އަދި އެފަދަ ފަރާތެއްގެ އާއިލާގެ މެންބަރުން ނުވަތަ އެފަދަ ފަރާތަކާ ގާތް ގުޅުމެއްވާ ފަރާތްތައްވެސް ހިމެނެއެވެ.
ޕޯސްޓިންގ

"ޕޯސްޓިންގ" ކަމަށް ބުނެފައި އެވަނީ، ޑިޕްލޮމެޓިކް މިށަންތަކަށާއި، ކޮންސިއުލާ ޕޯސްޓުތަކުގެ ވަޒީފާއަދާކުރުމަށް ދާ ދިއުމަށެވެ.

ޕޯސްޓު
"ޕޯސްޓު" ކަމަށް ބުނެފައި އެވަނީ، އެއް ތަނުން އަނެއް ތަނަށް ފޮނުވޭ ސިޓީ، ޕޯސްޓް ކާޑު، ޕާރުސަލް އަދި އެނޫންވެސް އެފަދަ ތަކެތި ފޮނުވުމަށް ބޭނުންކުރާ އަސާސީ ޕޯސްޓާއި އެނޫންވެސް ކޫރިއަރގެ ހިދުމަތްތަކަށެވެ.
ޕޯސްޓު

"ޕޯސްޓު" ކަމަށް  ބުނެފައި އެވަނީ، އެއް ތަނުން އަނެއް ތަނަށް ފޮނުވޭ ސިޓީއާއި، ޕޯސްޓު ކާޑާއި، ޕާރުސަލާއި، އެނޫންވެސް އެފަދަ ތަކެތި ފޮނުވުމަށް ބޭނުންކުރާ އަސާސީ ޕޯސްޓާއި އެނޫންވެސް ކޫރިއަރގެ ހިިދުމަތްތަކަށެވެ.

ޕޯސްޓުގެ ހިދްމަތް
"ޕޯސްޓުގެ ހިދްމަތް" ކަމަށް ބުނެފައި އެވަނީ، ޕޯސްޓާއި ކުރިއަރ ހިދްމަތްވެސް ހިމެނޭ ގޮތަށެވެ.
ޕޯސްޓުގެ ހިދްމަތް

"ޕޯސްޓުގެ ހިދްމަތް" ކަމަށް ބުނެފައި އެވަނީ، ޕޯސްޓާއި ކުރިއަރ ހިދްމަތްވެސް ހިމެނޭ ގޮތަށެވެ.

ޕޯސްޓުގެ ހިދްމަތް ދޭ ފަރާތް
"ޕޯސްޓުގެ ހިދްމަތް ދޭ ފަރާތް" ކަމަށް ބުނެފައި އެވަނީ، ޕޯސްޓާއި ކުރިއަރ ހިދްމަތް ދޭ ސަރުކާރުގެ ފަރާތްތަކާއި އަމިއްލަ ފަރާތްތައްވެސް ހިމެނޭގޮތަށެވެ.
ޕޯސްޓުގެ ހިދްމަތް ދޭ ފަރާތް

"ޕޯސްޓުގެ ހިދްމަތް ދޭ ފަރާތް" ކަމަށް ބުނެފައި އެވަނީ، ޕޯސްޓާއި ކުރިއަރ ހިދްމަތް ދޭ ސަރުކާރުގެ ފަރާތްތަކާއި އަމިއްލަ ފަރާތްތައްވެސް ހިމެނޭގޮތަށެވެ.

ޕޯސްޓުގެ ހިދްމަތް ދޭ ފަރާތް

"ޕޯސްޓުގެ ހިދްމަތް ދޭ ފަރާތް" ކަމަށް ބުނެފައި އެވަނީ، ޕޯސްޓާއި ކުރިއަރ ހިދްމަތް ދޭ ސަރުކާރުގެ ފަރާތްތަކާއި އަމިއްލަ ފަރާތްތައްވެސް ހިމެނޭގޮތަށެވެ.

ޕޯޓް އޮޕަރޭޓަރ

"ޕޯޓް އޮޕަރޭޓަރ" ކަމަށް ބުނެފައި އެވަނީ، މުދާ ބަލައި ފާސްކޮށް ކްލިއަރކުރުމުގެ އިންތިޒާމު ހަމަޖެހިފައިވ،ާ ކަނޑުގެ ރަސްމީ ބަނދަރުތަކަށާއި ވައިގެ ރަސްމީ ބަނދަރުތަކަށެވެ.

ޕޯޓް ސްޓޭޓް
"ޕޯޓް ސްޓޭޓް" ކަމަށް ބުނެފައި އެވަނީ، ކަނޑުގައި ދުއްވާ އުޅަނދުފަހަރަށް ބަނދަރުގެ ހިދުމަތް ފޯރުކޮށްދޭ ނުވަތަ އެ އުޅަނދެއްގެ އެ ވަގުތަކު ބަނދަރުވެފައިވާ ގައުމަށެވެ