ގާނޫނީ ރަދީފު
"ކާކުކަން އަންގައިދޭ ރަސްމީ ލިޔުން" ކަމުގައި ބުނެފައި އެ ވަނީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑާއި، ޕާސްޕޯޓު ކާޑާއި، ދިވެހި ޕާސްޕޯޓާއި، ދިވެހި ސަރުކާރުން ދޫކޮށްފައިވާ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ކާޑަށެވެ.
"ކާކުކަން އަންގައިދޭ ރަސްމީ ލިޔުން" ކަމުގައި ބުނެފައި އެވަނީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި، ދިވެހި ޕާސްޕޯޓާއި، އަދި ދިވެހިރާއްޖެއިން ދޫކޮށްފައިވާ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ކާޑުގެ ތެރެއިން އެ ލިޔުމެއްގެ މުއްދަތު ހަމަވެފައިނުވާ ލިޔުންތަކަށެވެ.
"ކާވެނީގެ މުއްދަތުގައި ދެމަފިރިން އެކުގައި ހާސިލުކޮށްފައިވާ މުދަލާއި ފައިސާ" ކަމަށް ބުނެފައި އެވަނީ، ކާވެނީގެ މުއްދަތުގައި ދެމަފިރިން އެކުގައި ނުވަތަ ވަކިވަކިން ހޯދާފައިވާ އުފުލޭ މުދަލާއި ނުއުފުލޭ މުދަލާއި ނަގުދު ފައިސާއާއި އަދި ގާނޫނު ނަންބަރު 4/2000 (އާއިލާއާބެހޭ ގާނޫނު) އާއި އަދި އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ މުދަލާއި ފައިސާއަށެވެ.
"ކާވެންޏަށް ހާޒިރުވާންޖެހޭ މީހުން" ކަމަށް ބުނެފައި އެވަނީ އާންމު އުސޫލުން އެބަޔަކާއި ނުލައި އެ ކާވެންޏެއް ނުކުރެވޭނެ މީހުންނަށެވެ. އެއީ، ކާވެނި ކުރާ ދެމީޙުންނާއި، ހެކިވެރިންނާއި، ވަލީ ވެރިޔާއެވެ.
"ކާފީ ހެކި" ކަމަށް ބުނެފައި އެވަނީ، ކަމެއް ސާބިތުކުރުމަށް ހެކި ބޭނުންވާ މިންގަނޑަށް ފުދޭ ނިސްބަތަށް ލިބިފައިވާ ހެއްކަށެވެ ނުވަތަ އެ މިންވަރަށް ހެކި ލިބުމަށެވެ.
"ކާގޯ މެނިފެސްޓް" ކަމަށް ބުނެފައި އެވަނީ، އުޅަނދަކަށް ބަރުކޮށްފައިވާ އެންމެހައި މުދަލާ ގުޅޭގޮތުން، ތެދު އަދި ފުރިހަމަ މައުލޫމާތުގެ މައްޗަށް ބިނާކޮށް އުޅަނދުގެ ވެރިފަރާތް ނުވަތަ މާސްޓަރު ނުވަތަ ޕައިލެޓް ހުށަހަޅާ ބަޔާނަށެވެ.
"ކާޓަނެއް" ކަމަށް ބުނެފައި އެވަނީ، ސިނގިރޭޓު ނަމަ، 20 (ވިހި) ޔުނިޓުގެ 10 (ދިހައެއް) ފޮށި އެކުގައި ބަންދުކޮށްފައިވާ ކޮންމެ ޕެކޭޖަށެވެ. އަދި ސިނގިރޭޓު ނޫން ދުންފަތުގެ އެހެން ބާވަތެއް ނަމަ، އެ އުފެއްދުމެއްގެ މަދުވެގެން 5 (ފަހެއް) ޔުނިޓް އެކުގައި ބަންދުކޮށްފައިވާ ކޮންމެ ޕެކެޓަކަށެވެ.
"ކިތާބީ ހެކި" ކަމަށް ބުނެފައި އެވަނީ، ހުސޫމާތެއް އުފެދިފައިވާ ވާގިއާއެއް ސާބިތުކޮށްދިނުމަށް ށަރީއަތަށް ހުށަހެޅޭ ލިޔުމަށެވެ.
"ކިތާބީ ހެކި" ކަމަށް ބުނެފައި އެވަނީ، ހުސޫމާތެއް އުފެދިފައިވާ ވާގިއާއެއް ސާބިތުކޮށްދިނުމަށް ށަރީއަތަށް ހުށަހެޅޭ ލިޔުމަށެވެ
"ކިޔަވައިދިނުމުގެ ވަގުތީ ލައިސަންސް" ކަމަށް ބުނެފައި އެވަނީ، ކިޔަވައިދިނުމުގެ ލައިސަންސުގެ ގިންތިއަކަށް ށަރުތު ހަމަނުވި ނަމަވެސް، މުދައްރިސުންގެ ގޮތުގައި ވަގުތީގޮތުން މަސައްކަތްކުރަން ބޭނުންވާ ފަރާތްތަކަށް ދޫކުރާ ލައިސަންސަށެވެ.
"ކިޔަވައިދިނުމުގެ ދާއިރާގެ ސަނަދުތައް" ކަމަށް ބުނެފައި އެވަނީ، މަދުރަސީ ތައުލީމު ފޯރުކޮށްދިނުމަށް ބޭނުންވާ މީހުން ހާސިލުކުރަންޖެހޭ ސަނަދުތަކަށެވެ.